ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެގްރޯނެޓްގެ ބޯޑަށް ޝަޒުހަތު ލަތީފް އައްޔަންކޮށްފި

STO_Ads
TTH_Ads
Advertisement

އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑަށް ޝަޒުހަތު ލަތީފް އައްޔަންކޮށްފިއެވެ. އޭނާ މަޤާމަށް އައްޔަންކޮށްފައިވަނީ މިއަދުއެވެ.

އެގްރޯނެޓް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ޝަޒުހަތު އައްޔަންކޮށްފައިވަނީ އެކައުންޓިންގ އެންޑް ފައިނޭންސް މެންބަރުކަމުގެ މަޤާމަށް ކަމަށް ޕީސީބީން ވިދާޅުވިއެވެ.

ޝަޒްހަތު ލަތީފަކީ 2017 ވަނަ އަހަރުން ފެށިގެން މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާއި ބެހޭ ވުޒާރާގެ ބަޖެޓް އެނަލިސްޓެއްގެ މަގާމު އަދާކުރައްވަމުން ގެންދަވާ ފަރާތެކެވެ. ޝަޒްހަތުގެ މަސައްކަތުގެ ތަޖުރިބާގެ ތެރޭގައި އަހަރީ ބަޖެޓް އެކުލަވާލުމާއި، ބޭސްލައިން ބަޖެޓް ވަޒަންކުރުމާއި، ޚަރަދުތައް ދިރާސާކުރުމާއި، ބަޖެޓް ކޮންޓްރޯލް ކުރުމުގެ އިތުރުން ފިސްކަލް ރިސްކް އެސެސްމަންޓް ހެދުން ހިމެނެއެވެ.

HajjCop_ads
Advertisement

މީގެ އިތުރުން، ސަރުކާރުގެ އެކި އިދާރާތަކަށް ބަޖެޓާ ގުޅޭ އިރުޝާދު ދެއްވުމާއި، “ބަޖެޓް ސްޓެޓިސްޓިކްސް ބުކް” އަދި “ފިސްކަލް ރިސްކް ސްޓޭޓްމަންޓް” ފަދަ މުހިންމު ލިޔުންތައް ތައްޔާރުކުރުމުގައި ޝަޒްހަތު އިސް ދައުރެއް އަދާކުރައްވައެވެ.

ޝަޒްހަތު ވަނީ ޔުނިވަރސިޓީ އޮފް ބެޑްފޯޑްޝަޔަރއިން ފައިނޭންސްގެ ދާއިރާއިން މާސްޓަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައެވެ. އަދި ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑުން އެކައުންޓިންގ އެންޑް ފައިނޭންސް ދާއިރާއިން ބެޗްލަރ އޮފް އާޓްސް (އޮނަރސް) ވެސް އޭނާ ވަނީ ފުރިހަމަކުރައްވާފައިވެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު