ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފުލުހުންގެ އިންސްޕެކްޓަރ ކޯސް 6 ފަށައިފި

TTH_Ads
STO_Ads
Advertisement

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ކުރިއަށް ގެންދާ އިންސްޕެކްޓަރ ކޯހުގެ ހަ ވަނަ ބުރު ފަށައިފިއެވެ. މި ކޯހަކީ ފަންނީ އަދި ނަޒާހާތްތެރިކަމާއެކު ހިދުމަތް ފޯރުކޮށްދޭނެ ފުލުހުންތަކެއް ބިނާކުރުމަށް ކުރިއަށްގެންދާ ކޯހެކެވެ.

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ އައްޑޫ ސިޓީ ކެމްޕަހުގައި މިއަދު މި ކޯސް ފަށާފައިވަނީ 35 ފުލުހުންނާ އެކުގައެވެ. އެއީ 31 ފިރިހެން ފުލުހުންނާއި ހަތަރު އަންހެން ފުލުހުންނެވެ.

ނުވަ ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޯހުގައި ފުލުހުންގެ ގާނޫނާއި ފުލުހުންނާ ގުޅުންހުރި އެހެނިހެން ގާނޫނުތަކާއި، ޑިވެލޮޕިންގ ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ސްކިލްސް، ސެކިއުރިޓީ އެންޑް އޮޕަރޭޝަނަލް ސްޓަޑީޒް އަދި ޕޮލިސިންގ އެންޑް އިންވެސްޓިގޭޝަން ސްޓަޑީޒް ފަދަ މޮޑިއުލްތައް ކިޔަވައިދޭނެއެވެ.

HajjCop_ads
Advertisement

އިންސްޕެކްޓަރ ކޯހަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ކޮމިޝަންޑު ރޭންކުތަކުގެ އޮފިސަރުންގެ ގިންތިއަށް ކުރިއެރުން ހޯދުމުގެ ގޮތުން ކުރިއަށް ގެންދާ ކޯހެކެވެ. މި ކޯހުގެ ސަބަބުން އޮފިސަރުންގެ ކިބައިގައި، ރަނގަޅު ނިންމުންތައް ނިންމުމުގެ ގާބިލުކަމާއި، އަހުލާގީ މިންގަނޑުތަކުގެ މައްޗަށް ބިނާވެފައިވާ ލީޑަރޝިޕް ސިފަތަކާއި، ޒަމާނީ ފުލުހުންގެ ހިދުމަތުގައި ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލުމަށް ބޭނުންވާ އައު އުކުޅުތައް ތަރައްގީކުރެވޭނެއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

IMG 20260810 WA 0030 0edda24903

ކޮމިޝަނަރ އޮފް ޕޮލިސް، ނިއުޒީލަންޑް ހައިކޮމިޝަންގެ ކައުންސެލަރާ ބައްދަލުކުރައްވައިފި

Scam

ސްކޭމްގެ 3000 ވަނަ މައްސަލަ: މިއީ ހަމައެކަނި އަދަދެއް ނޫން، ސީރިއަސް އިންޒާރެއް!

988

ޑައިމޯފިން ޓްރެފިކް ކުރި މީހަކު 25 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި

Resorts

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމަށް ހުޅުމާލޭގައި ފުލުހުން “ރޯޑްޝޯ” އެއް ބާއްވައިފި