ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޓީޑީސީގެ އެމްޑީކަމުގެ މަގާމަށް ޙާރިޘް އައްޔަނުކޮށްފި

MTDC MD
TTH_Ads
STO_Ads
Advertisement

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަޤާމަށް އެމްއެމްޕީއާރުސީ އަދި އެނޫންވެސް ކުންފުނިތަކުގެ އިސް މަގާމުތައް ފުރުއްވި ޙާރިޘް މުޙައްމަދު އައްޔަނުކޮށްފިއެވެ.

ސަރުކާރު ކުންފުނިތަކުގެ ބަލަދުވެރިފަރާތް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) އިން ވަނީ އެމްޓީޑީސީގެ އެމްޑީގެ މަގާމަށް ޙާރިޘް އައްޔަނުކުރެއްވިކަން ރަސްމީކޮށް އާއްމުކޮށްފައެވެ. ޕީސީބީން މިރޭ ބުނީ އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގެ އިތުރުން އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް، ދަފްތަރު ނަންބަރު ރސ 4289، އަލްފާޟިލް ޙާރިޘް މުޙައްމަދު މިއަދު އައްޔަނުކުރައްވާފައިވާކަމަށެވެ.

އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް ޙާރިޘް އައްޔަނުކުރައްވާފައިމިވަނީ، އެ މަގާމުގައި ހުންނެވި އަހުމަދު ނިޔާޒް މަގާމުން ވަކިކުރުމާ ގުޅިގެންނެވެ. އޭނާ މަގާމުން ވަކިކުރީ މިމަހުގެ 23 ވަނަ ދުވަހުއެވެ.

HajjCop_ads
Advertisement

ޙާރިޘް މުޙައްމަދަކީ ޓޫރިޒަމްގެ އިތުރުން ވައިގެ ދަތުރުފަތުރާއި، ފަތުރުވެރިކަމާއި، މާކެޓިންގ، ޕަބްލިކް ރިލޭޝަންސް އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާތަކުން 30 އަހަރަށްވުރެ ދިގު މުއްދަތެއްގެ ފަންނީ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އަދި އޭނާ އަކީ މެނޭޖްމަންޓް ކޮންސަލްޓަންޓެކެވެ. ޙާރިޘް އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ) ގެ އެކްޓިންގ މެނޭޖިންގ ޑައިރެކްޓަރުކަމާއި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) ގެ ޖެނެރަލް މެނޭޖަރުކަން ހިމެނެއެވެ.

ތަޢުލީމީ ގޮތުން ބަލާއިރު، ޙާރިޘް ވަނީ އޮސްޓްރޭލިއަން އިންސްޓިޓިއުޓް އޮފް ބިޒްނަސްއިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައެވެ. މީގެ އިތުރުން، އޭނާއަކީ ޗާޓަރޑް އިންސްޓިޓިއުޓް އޮފް މާކެޓިންގ (CIM) އަދި ޗާޓަރޑް މެނޭޖްމަންޓް އިންސްޓިޓިއުޓް (CMI) ގެ ފެލޯޝިޕް ލިބިވަޑައިގެންފައިވާ ފަރާތެކެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
HajjCop_ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

445gf

އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ނިޔާޒު ވަކިކޮށްފި

އެމްޓީޑީސީ އޮފީސް އިމާރާތް: މުޅި މަޝްރޫޢުގެ %98 މަސައްކަތް ނިންމާލައިފި

އެމްޓީޑީސީގެ އައު އޮފީސް އިމާރާތް އެޕްރީލް މަހު ހުޅުވަނީ

Ii

ނާގޯށީގައި ރިސޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ފަށަން ވަޒީފާތަކަށް މީހުން ހޯދަން އިއުލާންކޮށްފި