މިމަހުގެ 9 ވަނަ ދުވަހު ކަނޑުމަތީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައ ފިލި ދޯނި އަދިވެސް ހޮދިފައިނުވާކަމަށް ފުލުހުން ބުނެފިއެވެ.

އެކްސިޑެންޓަށްފަހު ދޯނި ވަނީ މަޑުނުކޮށް ފިލާފައެވެ. އިއްޒުއްދީން ފާލަމާ ދިމާ ބޭރުން "ލީޖަން 1" ނަމަކަށް ކިޔާ ލޯންޗަކާއި އެހެން އުޅަނދެއް ޖެހި އެކްސިޑެންޓުވީ އެރޭ 10:30 ހާއިރުކަމަށް ފުލުހުން ބުންޏެވެ. އަދި މި އެކްސިޑެންޓުގައި ބިދޭސީ ހަތަރު ފިރިހެނަކާއި ދިވެހި ފިރިހެނަކަށް އަނިޔާވެގެން އައިޖީއެމްއެޗުގައި ވަނީ ފަރުވާދީފައެވެ.

ފުލުހުން ބުނީ ލޯންޗު އެކްސިޑެންޓުވީ ދޯންޏަކާ ޖެހިގެންކަމަށާއި، އެ ދޯނި މަޑުނުކޮށް ދިއުމުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި މަޑުނުކޮށް ދިޔަ ދޯންޏާ ބެހޭ އެއްވެސް މަޢުލޫމާތެއް އެނގޭނެމަ 9926094 ނަންބަރަށް ގުޅުމަށް ފުލުހުން ވަނީ އެދިފައެވެ.

އިޝްތިހާރު އިޝްތިހާރު

މި އެކްސިޑެންޓުގައި ލޯންޗަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.