ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޖޫނިއާ ޤައުމީ ޓޭބަލްޓެނިސް ޓީމު ކަޒަކިސްތާނަށް

Main 20260728
TTH_Ads
STO_Ads
Advertisement

އައިޓީޓީއެފް އޭޝިއާ ހޯޕްސް ވީކް އެންޑް ޗެލެންޖް 2026 ގައި ބައިވެރިވުމަށްޓަކައި ރާއްޖޭގެ ޖޫނިއާ ޓޭބަލްޓެނިސް (ޓީޓީ) ޓީމު ކަޒަކިސްތާނަށް ފުރައިފިއެވެ. މިއީ ޒުވާން ކުޅުންތެރިންގެ ހުނަރު އިތުރުކުރުމަށް ބާއްވާ ވަރަށް މުހިންމު ތަމްރީން ޕްރޮގްރާމެކެވެ.

މި ދަތުރުގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ ޓީމުގައި ހިމެނެނީ އިބްރާހިމް އަޝްޢަލް އާސިފް، ޢާއިޝަތު އެލީން ޝަފަޚް، ފާޒް އިމްޔާޒް ލަޠީފް އަދި ޢާއިޝަތު ސާރާ އުނައިސް އެވެ. މި ޓީމުގެ ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވަނީ ފާތިމަތު ޖުމާނާ ނިމާލެވެ.

ޓީޓީ އެސޯސިއޭޝަނުން މައުލޫމާތު ދޭ ގޮތުގައި، ކަޒަކިސްތާނުގެ އަލްމާތީގައި ކުރިއަށްދާ މި ކޭމްޕަކީ ވަރަށް އިންޓެންސިވް ނުވަތަ ވަރުގަދަ ތަމްރީންތަކެއް ހިމެނޭ ޕްރޮގްރާމެކެވެ. އެއް ހަފްތާގެ މުއްދަތަށް ކުރިއަށްދާ މި ތަމްރީންތަކުގައި ކުދިންނަށް އިރުޝާދު ދިނުމަށް ތިބޭނީ ދުނިޔޭގެ ފެންވަރުގެ ތަޖުރިބާކާރު މޮޅެތި ކޯޗުންނެވެ. މި ކޭމްޕްގެ ތެރެއިން ކުޅުންތެރިންގެ ޓެކްނިކަލް ގިނަ ކަންތައްތަކެއް ރަނގަޅުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެވޭނެއެވެ.

HajjCop_ads
Advertisement

މި ސަރަހައްދުގެ ގިނަ ޤައުމުތަކަކުން ބައިވެރިވާ މި ޓްރޭނިންގައި ރާއްޖޭގެ އިތުރުން ތައިލޭންޑް، ޖަޕާން، ސިންގަޕޫރު، ފިލިޕީންސް، މެލޭޝިއާ، އިންޑިއާ އަދި ސްރީލަންކާ ފަދަ ޓޭބަލްޓެނިސްގައި ކުރިއަރާފައިވާ ޤައުމުތަކުގެ ކުޅުންތެރިން ބައިވެރިވެއެވެ. މީގެ ސަބަބުން އެކި ޤައުމުތަކުގެ ކުޅުންތެރިންނާއެކު މެޗުތައް ކުޅެ، ތަޖުރިބާ ހޯދުމުގެ ފުރުސަތު ދިވެހި ކުޅުންތެރިންނަށް ލިބިގެންދާނެއެވެ.

މި މަހުގެ 29 އިން ފެށިގެން އަންނަ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ކޭމްޕަކީ ރާއްޖޭގެ ޓީޓީގެ މުސްތަޤުބަލަށް ބަލާއިރު، ޒުވާން ކުޅުންތެރިން ބައިނަލްއަޤުވާމީ ފެންވަރަށް ތައްޔާރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ޓީޓީ އެސޯސިއޭޝަނުން ދެކެއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
HajjCop_ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު