ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިދިޔަ ހަފްތާގައި 44 ހާހަށްވުރެ ގިނަ ކޮންޓެއިނަރުގެ މުދާ ކްލިއާކޮށްފި

Mpl
STO_Ads
TTH_Ads
Advertisement

މިދިޔަ ހަފްތާގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ޖުމްލަ 44,170 އަށް ވުރެ ގިނަ ކޮންޓެއިނަރުގެ މުދާ ކްލިއާކޮށްފިއެވެ.

މިދިޔަ ހަފްތާގައި އެމްޕީއެލް އިން ކްލިއާ ކޮށްފައިވަނީ 41،929 އަކީ ކޮންޓެއިނަރު އުފުލުމަށް ހާއްސަ އުޅަނދާއި 2،241 އާއްމު އެކި ބާވަތްތަކުގެ މުދާ އުފުލާ އުޅަނދެވެ. އެގޮތުން މިދިޔަ ހަފްތާގައި ކްލިއަރެންސް ދީފައިވަނީ 1450 ކޮންޓެއިނަރު އުފުލުމަށް ހާއްސަ އުޅަނދުންނާއި، 418 ޖެނެރަލް ކާގޯއިން ކަމަށް އެމްޕީއެލްއިން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އެމްޕީއެލްއިން އާއްމުކޮށްފައިވާ ތަފާތުހިސާބުތަކަށް ބަލާއިރު، މީގެ ތެރޭގައި އާންމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ ގިނަ ބާވަތްތަކެއް ހިމެނެއެވެ. އެގޮތުން މިދިޔަ ހަފްތާގައި އެންމެ ގިނައިން ކްލިއާކޮށްފައިވަނީ ބިހެވެ.

HajjCop_ads
Advertisement

ތަފްސީލީ ގޮތެއްގައި ކްލިއާކުރި ބައެއް މުދަލުގެ އަދަދުތަކަކީ:

  • 14,315 ޕެކޭޖު ބިސް
  • 9,562 ޕެކޭޖު ފިޔާ
  • 8,648 ޕެކޭޖު ކަރާ
  • 6,414 ޕެކޭޖު އަލުވި
  • 5,004 ޕެކޭޖު ޓޮމާޓޯ
  • 3,552 ޕެކޭޖު ކެބެޖް
  • 2,962 ޕެކޭޖު ދޮންކެޔޮ

މީގެ އިތުރުން އަލަނާސި، ބަރަބޯ އަދި ސްވީޓް މެލަން ފަދަ ބާވަތްތައް ވެސް ވަނީ ކްލިއާކޮށްފައެވެ. މުދާ އުފުލާ އުޅަނދުތަކުގެ ތަފާސްހިސާބަށް ބަލާއިރު، މިދިޔަ ހަފްތާގައި ދެ ކޮންޓެއިނަރު އުޅަނދާއި ހަތަރު ޖެނެރަލް ކާގޯ އުޅަނދަކުން މުދާ ބާލާފައިވެއެވެ.

ކާބޯތަކެތީގެ ބާވަތްތައް، ވަކިން ހާއްސަކޮށް އަވަހަށް ހަލާކުވާ ޒާތުގެ ތަކެތި ވީހާވެސް އަވަހަށް ވިޔަފާރިވެރިންނާ ހަމައަށް ފޯރުކޮށްދިނުމަށް އެމްޕީއެލްގެ އޮޕަރޭޝަންސް ޓީމުން އަންނަނީ ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންނެވެ. މިގޮތުން މިފަދަ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުމަށްޓަކައި 3,000 އަކަފޫޓުގެ ހިޔާކުރެވިފައިވާ ޝެޑެއް ވެސް މިހާރު ގާއިމުކޮށްފައިވެއެވެ.

އިގްތިސާދު ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، މިދިޔަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވީ، މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ ބަނދަރަށް ދިމާވެފައިވާ ދަތިތަކަށް އޮތް ދާއިމީ ހައްލު ކަމަށެވެ. މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު އިތުރަށް ފުޅާވެ، މުދާ ކްލިއާކުރުމުގެ ނިޒާމު މިހާރަށްވުރެ ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MPL

އެމްޕީއެލްއިން މިދިޔަ ހަފުތާގައި 1،800 ކޮންޓެއިނާ ކްލިއާކޮށްފި

Large thumb

މާލޭ ނޯތު ހާބަރުގެ ކިއު މެނޭޖްކުރުމުގެ އުސޫލަށް މުހިންމު އިސްލާހުތަކެއް ގެންނަން ނިންމައިފި

Main 20260717

އަތޮޅު ތެރޭގެ 17 ރަށަކަށް އެމްބިއުލާންސް ހަވާލުކޮށްފި

MPL

އެމްޕީއެލްއިން 3 ރިކްރޫމެންޓް އޭޖެންސީ ހޯދަން އިއުލާނު ކޮށްފި