ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތިލަފުށީގައި ބިދޭސީއަކު މަރުވި މައްސަލާގައި ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ނުކުރަން ނިންމައިފި

445gf
TTH_Ads
STO_Ads
Advertisement

ކ. ތިލަފުށީގެ ކުނިގޮނޑު ސަރަހައްދުގައި ބަންގްލަދޭޝްގެ ރައްޔިތަކު މަރުވެފައި އޮއްވައި ފެނުނު މައްސަލާގައި ހައްޔަރުކުރި ސްރީ ލަންކާގެ އެކްސްކަވޭޓަރު ޑްރައިވަރުގެ މައްޗަށް ޖިނާއީ ދައުވާއެއް ނުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ސްރީ ލަންކާއަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ ހެޝަން މަދުރަންގަ ޑިސަނަޔަކަ މެނިކައެވެ. މި ހާދިސާގައި މަރުވެފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 24 އަހަރުގެ އަމީން މިއާއެވެ. އޭނާ މަރުވެފައި އޮއްވައި ފެނުނީ ތިލަފުށީގައި ހުރި ކުނި ފުންޏެއްގެ ތެރެއިންނެވެ. ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި އަމީން މަރުވީ ލަންކާ މީހާ އޮޕަރޭޓްކުރި އެކްސްކަވޭޓަރުގެ ދަތްގަނޑުން ޖެހި ވެއްޓި، ކުނިތަކާ އެކު އޭނާގެ ހަށިގަނޑު އެހެން ދިމާލަކަށް ބަދަލުކުރެވިގެންނެވެ.

ފުލުހުން މި މައްސަލަ ތަހުގީގު ކުރުމަށްފަހު، ހެޝަން މަދުރަންގަގެ މައްޗަށް ގަސްދަކާނުލައި މީހަކު މެރުމުގެ ދައުވާ އުފުލުމަށް ޕީޖީ އޮފީހަށް ފޮނުވިއެވެ. ނަމަވެސް، ޕީޖީ އޮފީހުން ނިންމީ އޭނާގެ މައްޗަށް ދައުވާ ކުރެވޭނެ މިންވަރަށް ހެކި ނެތް ކަމަށެވެ. މިދިޔަ އޭޕްރީލް މަހު އެ އޮފީހުން ނިންމި ނިންމުމުގައި ބަޔާންކޮށްފައިވާ ގޮތުން، އަމީން މިއާ މަރުވުމުގައި ޑްރައިވަރުގެ ޖިނާއީ އިހުމާލެއް އޮތް ކަމަކަށް ނުފެނެއެވެ.

HajjCop_ads
Advertisement

ޕީޖީ އޮފީހުން ފާހަގަކޮށްފައިވާ ގޮތުގައި، ހާދިސާ ހިނގި ވަގުތު އަމީން މިއާއަކީ އޭނާގެ ޑިއުޓީގެ ގޮތުން އެ ސަރަހައްދުގައި ހުންނަން ޖެހޭ މީހެއް ނޫނެވެ. އަދި ކުނިގޮނޑަށް އަރައިގެން އުޅުމަކީ ނުރައްކާތެރި ކަމަކަށްވާތީ ވެމްކޯއިން އެކަން މަނާކޮށްފައި އޮތްކަން ވެސް އެ އޮފީހުން ފާހަގަކުރިއެވެ. ހާދިސާ ހިނގިއިރު އަމީން ހުރީ އެކްސްކަވޭޓަރާ ގާތްގަނޑަކަށް 10 ފޫޓު ދުރުގައެވެ.

މީގެ އިތުރުން، ފުލުހުން ހާދިސާ ހިނގި ގޮތް އަލުން ކުޅުނުއިރު، އެ ސަރަހައްދުގައި ހުރި އަލިކަން ކުޑަކަމުން އެތަނުގައި މީހަކު ހުރިކަން ޑްރައިވަރަށް ނޭނގޭނެކަން ވަނީ ކަށަވަރުވެފައެވެ. އަދި މަރުވި މީހާއާއި ޑްރައިވަރާ ދެމެދު އެއްވެސް އަދާވަތްތެރިކަމެއް އޮތްކަން ތަހުގީގަށް އެނގިފައި ނުވާކަމަށްވެސް ކަމާބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Screenshot 20260720 001140 WhatsApp

ތިލަފުށީ ވެމްކޯ ސައިޓުގައި ރޯވި އަލިފާންގަނޑު 10 ގަޑިއިރު ފަހުން ކޮންޓްރޯލްކޮށްފި

Igmh

ޕީޖީ އޮފީހުން އަންގާ ކޮރަޕްޝަންގެ މައްސަލަތައް އަވަހަށް ނިންމުމަށް އޭސީސީގެ ގަވާއިދަށް ބަދަލުގެނެސްފި

PG Office

ޕީޖީގެ މުވައްޒަފުން ކޮންމެ އަންގާރަ ދުވަހެއްގައި މަސައްކަތްކުރާނީ ގޭގައި

Mussss

އައްޑުއަށް ގަވާއިދާ ހިލާފަށް ސިނގިރޭޓް ތެރެކުރުން: މަނީ ލޯންޑަރިންގެ ތުހުމަތުކޮށް މައްސަލަ ތަހުގީގުކުރަނީ