ހޮރްމޫޒު ކަނޑުއޮޅީގައި އީރާނުން ހަމަލާދޭ ކޮންމެ އުޅަނދަކަށް އީރާނުގެ ބްރިޖެއް ނުވަތަ އިންޖީނުގެއެއް ގޮއްވާލާނޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރި އިންޒާރަށް އީރާނުން ވަރުގަދަ ރައްދެއް ދީފިއެވެ.
އެމެރިކާގެ ރައީސްގެ އިންޒާރުގައި ބުނެފައިވަނީ، އެމެރިކާއިން ހަމަލާދޭ ތަންތަނުގެ ތެރޭގައި ވެރިރަށް ތެހެރާނުގެ ބްރިޖްތަކާއި އިންޖީނުގެތައްވެސް ހިމެނޭނޭ ކަމަށެވެ.
އެމެރިކާގެ ރައީސް މިފަދައިން އިންޒާރު ކޮށްފައިވަނީ އޭނާގެ އަމިއްލަ ޓުރުތު ސޯޝަލްގައި ޕޯސްޓްކުރި މެސެޖެއްގައެވެ.

ޓްރަމްޕަށް ސީދާ ރައްދުދީ އީރާނު އަސްކަރިއްޔާއިން ބުނެފައިވަނީ، އީރާނުގެ ބްރިޖްތަކާއި އިންޖީނުގެތަކަށް އެމެރިކާއިން ހަމަލާ ދީފިނަމަ ރައްދުގައި ސަރަހައްދުގެ ގައުމުތަކުގެ ބްރިޖްތަކާއި، އިންފްރާސްޓްރަކްޗަރއަށް ވަރުގަދަ ހަމަލާތަކެއް ދޭނޭ ކަމަށެވެ.
އީރާނުގެ ރައްދު ހަމަލާތައް އަމާޒުކުރާ ތަންތަނުގެ ތެރޭގައި އެމެރިކާގެ މަސްލަހަތު ހިމެނޭ ހަކަތައިގެ ތަންތަންވެސް ހިމެނޭނޭ ކަމަށް އިންޒާރުކޮށްފައި ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ގަލްފްގެ ގައުމުތަކުގައި ހުރި ޓްރަމްޕްގެ އާއިލާގެ ވިޔަފާރީގެ ތަންތަނެވެ.
އެމެރިކާގެ ރައީސް އިންޒާރު ކޮށްފައިވާ ގޮތަށް އީރާނުގެ އިންފްރާސްޓްރަކްޗަރއަށް ހަމަލާ ދީފިނަމަ ސައުދީ އަރަބިއްޔާއަށާއި، ޔޫއޭއީއަށް ރައްދު ހަމަލާތައްދޭންވެސް އީރާނު ތައްޔާރުވަމުން އަންނަ ކަމަށް، އީރާނު ސަރުކާރުގެ މަސްދަރުތަކުން ބުނެއެވެ.
އީރާނުގެ ހަމަލާދޭން ބޭނުންވާ ކޮންމެ އަމާޒަކަށް ހަމަލާދޭނޭ ކަމާއި، ބޭނުންވާ ކޮންމެ ތަނެއް ހަލާކުކޮށްލާނޭކަން ފާއިތުވީ ދިހަދުވަހުގެ ރައްދު ހަމަލާތަކުން އެމެރިކާއަށް ވަރަށް ސާފުކޮށް އެނގޭނޭ ކަމަށްވެސް، އީރާނު އަސްކަރިއްޔާއިން ބުނެފައި ވެއެވެ.
އެމެރިކާގެ ރައީސް ޓްރަމްޕަށް އީރާނުގެ ކުރިމަތީގައި ކުރި ނުލިބޭނޭކަން ވަރަށް ސާފުކޮށް މިހާރު އެނގޭނޭ ކަމަށްވެސް ބުނެފައި ވެއެވެ.
އީރާނުން މިއަދު ބުނެފައިވަނީ، ހޮރްމޫޒާ ގުޅޭގޮތުން އެމެރިކާއަށް އެއްވެސް ވަރަކަށް ދޫދޭން އީރާނު ބޭނުން ނުވެއެވެ.









ކިޔުންތެރިންގެ ހިޔާލު