ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބީއެމްއެލް އިން ރަހުނަކާ ނުލައި ޑޮލަރުން ކިޔަވާ ލޯނެއް ތަޢާރަފުކޮށްފި

Igmh
STO_Ads
Maldivian_Ads
TTH_Ads
Advertisement

ބޭންކް އޮފް މޯލްޑިވްސް އިން ރާއްޖޭން ބޭރުގައި މަތީ ތަޢުލީމާއި ޕްރޮފެޝަނަލް ކޯސްތައް ފުރިހަމަކުރާ ދަރިވަރުންނަށް އަމާޒުކޮށް، އެއްވެސް ރަހުނަކާ ނުލައި ސީދާ ޑޮލަރުން ފައިނޭންސް ދޫކުރާ އައު ކިޔަވާ ލޯނެއް މިއަދު ތަޢާރަފުކޮށްފިއެވެ.

މިއީ ބީއެމްއެލް އިން ދޫކުރަމުން އަންނަ ކިޔަވާ ލޯނާއި އެޑިއުކޭޝަން ފައިނޭންސިންއަށް ގެނައި މުހިންމު ބަދަލެކެވެ. މި ބަދަލާއެކު، ބޭރު ގައުމުތަކުގައި ޕްރޮފެޝަނަލް ކޯސްތައް ފުރިހަމަކުރުމަށާއި، އެފަދަ ކޯސްތަކާ ގުޅުންހުރި ސެޓްފިކެޓް ފީ ދެއްކުމަށް ސީދާ ޑޮލަރުން ފައިނޭންސް ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ. ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ޕްރޮފެޝަނަލް ތަމްރީނުތަކާއި ސަނަދުތައް ހާސިލުކުރަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ތަޢާރަފުކުރި މި ފައިނޭންސްގެ ދަށުން، ކޯސް ފީތައް ބޭންކުން ސީދާ ތަޢުލީމީ މަރުކަޒަކަށް ނުވަތަ ކަމާބެހޭ އިދާރާއަކަށް ޓެލެގްރަފިކް ޓްރާންސްފާ މެދުވެރިކޮށް ފޮނުވައިދޭނެއެވެ.

މީގެ އިތުރުން، ދަރިވަރުންނަށް ދޫކުރާ އެލަވަންސް ނުވަތަ ސްޓައިޕެންޑް ސީދާ ކަސްޓަމަރުގެ އެކައުންޓަށް ޖަމާކޮށްދޭނެ ކަމަށްވެސް އެ ބޭންކުން ބުނެފައިވެއެވެ. މި އިންތިޒާމުގެ ސަބަބުން ބޭރު ފައިސާގެ މުޢާމަލާތްތައް ކުރުމަށް ދަރިވަރުންނަށް ބޮޑު ފަސޭހައެއް ލިބި، މަސައްކަތްތައް ވަރަށް ބޮޑަށް އަވަސްވެގެންދާނެއެވެ.

HajjCop_ads
Advertisement

ޑޮލަރުން ފައިސާ ދޭ ލޯނެއް ތަޢާރަފުކުރުމަކީ، ތަޢުލީމީ ބޭނުންތަކަށް ކަޅު ބާޒާރުން ޑޮލަރު ގަންނަން ޖެހުމުގެ ސަބަބުން އާންމުންނަށް ކުރިމަތިވެފައި އޮތް ބޮޑު މާލީ ގޮންޖެހުމަށް ލިބުނު ވަރަށް ބޮޑު ލުޔެކެވެ. ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ހައިސިއްޔަތުން ބީއެމްއެލް އިން އަންނަނީ ދަރިވަރުންގެ ތަޢުލީމީ އުންމީދުތައް ހަގީގަތަކަށް ހެދުމަށް އީޖާދީ އަދި ފަސޭހައިން ލިބޭނެ މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މިކަމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓާ މުޙައްމަދު ޝަރީފް ވިދާޅުވެފައިވަނީ، ބޭންކުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކިޔަވާ ލޯނަށް މި ގެނައި ބަދަލަކީ ކަސްޓަމަރުންގެ ބޭނުންތަކަށް ރިއާޔަތްކޮށް ގެނައި ބަދަލެއް ކަމަށެވެ. އަދި ރަހުނަކާ ނުލައި ޑޮލަރުން ލިބޭ މި ފުރުސަތަކީ މަތީ ތަޢުލީމާއި ޕްރޮފެޝަނަލް ސަނަދުތައް ހާސިލުކުރަން ބޭނުންވާ ފަރާތްތަކަށް ލިބިގެންދާނެ ބޮޑު ލުޔެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް މި ލޯނު ދޫކުރާނެ އެންމެ މަތީ އަދަދާއި އިންޓްރެސްޓް ރޭޓްގެ ތަފުސީލުތައް ބޭންކުން އަދި ހާމަކޮށްފައެއް ނުވެއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ލޯނުތައް އިސްލާމިކް ފައިނޭންސިން ފެސިލިޓީއަށް ބަދަލުކުރުމަށް ޚާއްސަ އޯޕަން ޑޭއެއް ބާއްވަނީ

bml

ކަސްޓަމަރުންނަށް ކޮންމެ މަހަކު 81 މިލިޔަން ޑޮލަރު ވިއްކާފައިވޭ: ބީއެމްއެލް

bml

އާންމު ފަރުދުން އަލަށް ހުޅުވާ އެކައުންޓްތަކާއި ލޯނުތައް އިސްލާމިކް ބޭންކިންގ އުސޫލުން ފޯރުކޮށްދިނުމަށް ބީއެމްއެލް އިން ނިންމައިފި

bml

އީ-ކޮމާސް މުއާމަލާތްތަކަށް މަހަކަށް 16 މިލިއަން ޑޮލަރު ބީއެމްއެލްއިން ކަނޑައަޅައިފި