ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހިރިމަރަދޫ ރައްޔިތުން ހޯރަފުއްޓަށް ބަދަލުވުމަށް ޝައުގުވެރިކަން ފާޅުކޮށްފައެއް ނުވޭ: ހަނިމާދޫ ކައުންސިލް

Io
TTH_Ads
Maldivian_Ads
STO_Ads
Advertisement

ހދ. ހިރިމަރަދޫން ހއ. ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ މީހުން ނަންނޯޓުކުރުމުގެ ފުރުސަތު ހަމަވާން ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު، އެ ރަށުގެ ގިނަ ރައްޔިތުން އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފައި ނުވާ ކަމަށް ހަނިމާދޫ ކައުންސިލުން ބުނެފިއެވެ.

އާބާދީގައި 589 މީހުން ހިމެނޭ ނަމަވެސް މިހާރު 200 އެއްހާ މީހުން ދިރިއުޅޭ ހިރިމަރަދޫ، މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓުން އުނިކޮށް އެ ރަށުގެ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރަން ނިންމަވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ގަރާރެއް ނެރުއްވާފައެވެ. މިއާއެކު ހަނިމާދޫ ކައުންސިލުގެ އިދާރީ ހިންގުމުގެ ދަށަށް ހިރިމަރަދޫ ބަދަލުކުރީ މިދިޔަ މެއި މަހުގެ 17ވަނަ ދުވަހުއެވެ.

ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށް ހޯރަފުށީ ކައުންސިލުން ދީފައިވާ ދައުވަތާ ގުޅިގެން ނަންނޯޓުކުރަން ހަނިމާދޫ ކައުންސިލުން 30 ދުވަހުގެ މުއްދަތެއް ދިނީ ޖޫން މަހުގެ 24ވަނަ ދުވަހުއެވެ. ނަމަވެސް ހަނިމާދޫ ކައުންސިލުގެ ނައިބު ރައީސް ފިރާޤް މުޙައްމަދު ވިދާޅުވި ގޮތުގައި، ސަރުކާރުން ހަނިމާދޫގައި ހިލޭ ގެ އަޅައިދޭ ގޮތަށް ހަމަޖެހިފައިވާއިރު، ހޯރަފުށިން އެފަދަ ޔަގީންކަމެއް ނެތި އެ ރަށަށް ބަދަލުވާން ހިރިމަރަދޫ ރައްޔިތުން ބޭނުމެއް ނުވެއެވެ. އަދި ހޯރަފުށިން ހައުސިން ޔުނިޓު ލިބޭނެތޯ ބައެއް ރައްޔިތުން ކައުންސިލާ ސުވާލުކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

HajjCop_ads
Advertisement

މި މައްސަލައިގައި ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު ދާދިފަހުން ވިދާޅުވެފައިވަނީ ހަނިމާދޫގައި ހިރިމަރަދޫ ރައްޔިތުންނަށް ގެދޮރު އިމާރާތްކުރަން ހަނިމާދޫ ކައުންސިލުން އެއްބާރުލުން ނުދޭ ކަމަށެވެ. އެހެންނަމަވެސް ކައުންސިލުން ވަނީ އެކަން ދޮގުކޮށް، ހިރިމަރަދޫ ރައްޔިތުންނާ ބައްދަލުކުރުމަށް އެދި އެޗްޑީސީއަށް ސިޓީއެއް ފޮނުވާފައެވެ. ސަރުކާރުން ވަނީ ހިރިމަރަދޫގެ ކޮންމެ ގޯއްޗަކަށް ހަނިމާދޫން ގެއެއް އަޅައިދެއްވާނެ ކަމަށާއި، ގިނަވެގެން އަށާރަ މަސްދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމައި ހަވާލުކުރާނެ ކަމަށް ވައުދުވެފައެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Io

ހަނިމާދޫގެ ހުރިހާ ގެއެއްގައި ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް ކައުންސިލުން ފަށަނީ