ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހަނިމާދޫގެ ހުރިހާ ގެއެއްގައި ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް ކައުންސިލުން ފަށަނީ

Io
Maldivian_Ads
TTH_Ads
STO_Ads
Advertisement

ހދ. ހަނިމާދޫގެ ހުރިހާ ގޭބިސީއެއްގައި ސޯލާ ޕެނަލް ހަރުކޮށްދިނުމުގެ މަޝްރޫއެއް އެ ރަށު ކައުންސިލުން އިއުލާނުކޮށްފިއެވެ. މިއީ ރައްޔިތުންގެ ކަރަންޓު ބިލުތައް ކުޑަކޮށް، އިއާދަކުރަނިވި ހަކަތަ ބޭނުންކުރުން އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ މަޝްރޫއެކެވެ.

ހަނިމާދޫގެ ހުރިހާ ގެއެއްގައި ސޯލާ ޕެނަލް ހަރުކުރުމަކީ ކައުންސިލްގެ ކެމްޕެއިން ވައުދެކެވެ. އިދިކޮޅު އެމްޑީޕީގެ މެމްބަރުން މުޅިންވެސް ތިއްބަވާ މި ކައުންސިލްގެ ނައިބު ރައީސް ފިރާޤް މުޙައްމަދު ވިދާޅުވި ގޮތުގައި، މި މަސައްކަތް ފެށުމުގެ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް މި އަހަރުގެ ތެރޭގައި ޚާއްޞަ ސާވޭއެއް ކުރިއަށް ގެންދާނެއެވެ. މުޅި ރަށަށް އަމާޒުކޮށްގެން ހިންގާ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހަތަރު ނުވަތަ ފަސް ފިޔަވައްސަކަށް ބަހާލައިގެންނެވެ.

މި މަޝްރޫއަށް ގާތްގަނޑަކަށް 10 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ކައުންސިލުން އަންދާޒާކުރެއެވެ. ނަމަވެސް، މަޝްރޫއުގެ ސީދާ އަގު އެނގޭނީ ސާވޭ ނިމުމުން ކަމަށް ފިރާޤް ވިދާޅުވިއެވެ. ކައުންސިލުން މިކަން ކުރަން ބޭނުންވި ނަމަވެސް، ބައެއް ގޭބިސީތަކުން މިކަމަށް އެއްބަސްނުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ސަބަބަކީ، ކައުންސިލުން 50 އިންސައްތަ ހަރަދުކުރި ނަމަވެސް، ބާކީ 50 އިންސައްތަ ދައްކަންޖެހޭނީ ގޭގެ ވެރިފަރާތުން ކަމަށް ވެދާނެތީއެވެ. މި މަސައްކަތަށް މިހާރުވެސް ބައެއް ކުންފުނިތަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.

HajjCop_ads
Advertisement

މި މަޝްރޫއު ނިމުމުން، ހަނިމާދޫގެ އާދައިގެ ގޭބިސީތަކުގެ ކަރަންޓު ބިލުތައް އެއްކޮށް ކުޑަވެ، ސުމަކާ ގާތްކުރާނެ ކަމަށް ކައުންސިލުން ލަފާކުރެއެވެ. އަދި ބޮޑެތި ގޭބިސީތަކުން ކަރަންޓަށް ކުރާ ހޭދައިންވެސް ބޮޑު އިންސައްތައެއް ސަލާމަތްކުރެވޭނެ ކަމަށް ފިރާޤް ވިދާޅުވިއެވެ. މިއީ ތިމާވެއްޓާ ރައްޓެހި ހަކަތަ ބޭނުންކުރުން އިތުރުކޮށް، ރައްޔިތުންގެ ޖީބަށް ލުއިކޮށްދިނުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްކަމަށް ކައުންސިލުން ދެކެއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް: ހދ.ގެ ޗެމްޕިއަންކަން ހަނިމާދުއަށް

Io

ހިރިމަރަދޫ ރައްޔިތުން ހޯރަފުއްޓަށް ބަދަލުވުމަށް ޝައުގުވެރިކަން ފާޅުކޮށްފައެއް ނުވޭ: ހަނިމާދޫ ކައުންސިލް