ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އޭޝިއާ ޔޫތް ޗެސް ޗެމްޕިއަންޝިޕުގައި ރާއްޖޭން ވާދަކުރަނީ

STO_Ads
TTH_Ads
Advertisement

މިމަހުގެ 15 އިން 25 އަށް ޗައިނާގައި ބޭއްވުމަށް ހަމަޖެހިފައިވާ 2 ވަނަ އޭޝިއާ ޔޫތް ޗެސް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ގައުމީ ރާޒުވާ ޓީމް ވާދަކުރަން ތައްޔާރުވެއްޖެއެވެ.

މިމުބާރާތުގައި ރާއްޖެއިން ވާދަކުރަނީ ޖުމްލަ ހަތް ކުޅުންތެރިންނެވެ. އޭގެ ތެރޭގައި ހިމެނެނީ ހަ އަންހެން އެތްލީޓުންނާއި ފިރިހެން އެތްލީޓެކެވެ. ރާއްޖެއިން މިމުބާރާތުގައި ވާދަކުރާ އުމުރުފުރާތަކަކީ 10 އަހަރުންދަށް، 12 އަހަރުންދަށް، 14 އަހަރުންދަށުގެ އިތުރުން 16 އަހަރުންދަށުގެ އުމުރުފުރާއެވެ.

ޝެންޒެން އޮފީސް އޮފް ދަ އިންޓަނޭޝަނަލް ޗެސް ފެޑެރޭޝަންއިން އިންތިޒާމުކުރާ މިމުބާރާތުގެ މަގްސަދަކީ ރާޒުވާގެ ޒަރީއާއިން ދޭދޭ ގައުމުތައް ގުޅުވާލާ ކުޅިވަރުގެ ރޫހު އަށަގެންނެވުމެވެ. އަދި އެކި ގައުމުތަކުގެ ޘަޤާފަތާއި އެކު ރާޒުވާ ޕްރޮމޯޓްކުރުމަށް މި މުބާރާތް ބާއްވާއިރު، ބައިނަލްއަގްވާމީ ގުޅުންތައް ވާދަވެރި މާހައުލެއްގައި މިފަދަ މުބާރާތްތަކުގެ ސަބަބުން އާލާވެގެންދާނެކަމަށް ޝެންޒެން އޮފީސް އޮފް ދަ އިންޓަނޭޝަނަލް ޗެސް ފެޑެރޭޝަންއިން ދެކެއެވެ.

HajjCop_ads
Advertisement

އޭޝިއާ ޔޫތް ޗެސް ޗެމްޕިއަންޝިޕުގައި ވާދަކުރާ ގައުމީ ރާޒުވާ ޓީމު މިދަތުރުގެ ތެރެއިން އިތުރު މުބާރާތެއްގައިވެސް ވާދަކުރާނެކަމަށް ރާޒުވާ އެސޯސިއޭޝަނުންވަނީ ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދީފައެވެ. އެގޮތުން ޒުވާން ޓީމު ދެން ކުޅުމަށް ހަމަޖެހިފައިވާ މުބާރާތަކީ 25 އިން 28 އަށް އޮންނަ އޭޕެކް ރެޕިޑް ޓޯމަންޓެވެ.

މި ދެމުބާރާތުގައި ވާދަކުރާ ޒުވާން ރާޒުވާ ޓީމު 15 ވަނަ ދުވަހު ފުރުމަށް ހަމަޖެހިފައިވާއިރު، ޓީމަށް ހޮވުނު ކުޅުންތެރިންނާއި ޖާރޒީ ހަވާލުކުރުން ބާއްވާފައިވަނީ އާދިއްތަދުވަހު ހުޅުމާލޭގައި ހުންނަ ޗެސް އާކޭޑްގައެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު