ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އައްސޭރި ޖަލު ބަލައި ފާސްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފި

90
STO_Ads
TTH_Ads
Advertisement

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން ކުއްލި ގޮތަކަށް އައްސޭރި ޖަލު ބަލައި ފާސްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް މިއަދު ފަށައިފިއެވެ.

ކަރެކްޝަންސްއިން އެކްސްގައި އާންމުކުރި މައުލޫމާތާ ހަވާލާދީ މި އޮޕަރޭޝަން ފަށައިގެން ކުރިއަށްދާކަން އިއުލާނުކުރި ނަމަވެސް، ޖަލު ފާސްކުރަން ޖެހުނު ވަކި ހާއްސަ ސަބަބެއް ނުވަތަ މިހާތަނަށް ފެނުނު އެއްޗެއްގެ އެއްވެސް ތަފްސީލެއް އިދާރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ. މިއަދު އައްސޭރި ޖަލުގައި މި އޮޕަރޭޝަން ފަށާފައިމިވަނީ، ދާދިފަހުން މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހު މާފުށީ ޖަލުގައި ވެސް ބަލައި ފާސްކުރުމުގެ ބޮޑު އޮޕަރޭޝަނެއް ހިންގާފައި ވަނިކޮށެވެ.

ސައުވީސް ގަޑިއިރު ސެކިއުރިޓީ ބަލަހައްޓަމުންދާ ޖަލުތަކަށް ސިއްރުން ފޯނާއި މަސްތުވާތަކެތި ފަދަ މަނާ ތަކެތި ވެއްދުމަކީ ރާއްޖޭގައި ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ. މި މައްސަލައާ ގުޅިގެން 2024 ވަނަ އަހަރު ފުލުހުން ހިންގި ބޮޑު ތަހުގީގަކުން ވަނީ ޖަލަށް މަސްތުވާތަކެތި ވެއްދުމުގައި ކަރެކްޝަންސްގެ 18 މުވައްޒަފަކު ބައިވެރިވެ، އެމީހުންގެ ބޭންކް އެކައުންޓުތަކަށް ދައުރުކުރި 73 މިލިއަން ރުފިޔާގެ މައްސަލައެއް ފަޅާއަރުވާލާފައެވެ. އެ ފަހަރު ކުށުގެ ތުހުމަތުވި އޮފިސަރުންގެ ވަނަވަރު އާންމުކޮށް، އެފަރާތްތަކުގެ މައްޗަށް ގާނޫނީ ގޮތުން ދައުވާ ވެސް ވަނީ އުފުލާފައެވެ.

HajjCop_ads
Advertisement

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Io

އައްސޭރި ޖަލުގެ އާ އޮފީސް އިމާރާތް ހުޅުވައިފި

112

އައްސޭރި ޖަލުގައި ބިނާކުރި ޖުވެނައިލް ލޯންގްޓަރމް ސެކިއޯ ފެސިލިޓީ ހުޅުވައިފި