ޣައްޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެތީގެ އެހީގެ ގޮތުގައި 500،000 ރުފިޔާ، ރާއްޖެއިން ހަދިޔާކޮށްފިއެވެ.
މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފައިވާ ގޮތުގައި މިއަހަރު ފިތުރު ޒަކާތުގެ ގޮތުގައި 15 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވެ އެވެ.
އެ މުއައްސަސާއިން ބުނީ ޖުމްލަ 15،009،749 ރުފިޔާ ޒަކާތުގެ ގޮތުގައި ލިބިފައިވާ ކަމަށެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ފިތުރު ޒަކާތުގެ 10.6 ޕަސެންޓް އިތުރު އަދަދެކެވެ.

އަދި ޣައްޒާގައި ތިބި މީހުންނަށް ކާބޯތަކެތީގެ އެހީ ފޯރުކޮށްދިނުމުގެ ގޮތުން އިސްރާ އެސޯސިއޭޝަނަށް 500،000 ހުކުރު ދުވަހުގެ ރޭ ހަދިޔާކުރި ކަމަށް ވެސް ޒަކާތު ހައުސްއިން ބުނެފައިވެ އެވެ.
ޒަކާތު ހައުސްއިން ބުނެފައިވާ ގޮތުގައި ގައްޒާ މީހުންނަށް އެހީތެރިވުމުގެ ގޮތުން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ ޓްރަސްޓް ފަންޑަށް އެހީގެ ގޮތުގައި އެރޭ 423،749 ރުފިޔާ ވެސް ދީފައިވެ އެވެ.
މިއަހަރު ރާއްޖޭގައި ފިތުރު ޒަކާތުގެ ގޮތުގައި ފަގީރުންނާއި ހާލުގައި ޖެހިފައިވާ ކޮންމެ މީހަކަށް 6،000 ރުފިޔާ ދީފައިވެ އެވެ. ފަގީރުންނާއި ހާލުގައި ޖެހިފައިވާ މީހުންނަށް ޖުމްލަ 13،896،000 ރުފިޔާ ވެސް ޒަކާތުން ދީފައިވެ އެވެ.
. ފިތުރު ޒަކާތް ލިބުނު މީހުންގެ ތެރެއިން 62 މީހުންނަކީ ނިކަމެތި އަދި ޔަތީމު ކުދިން ކަމަށް ޒަކާތު ހައުސް އިން ހާމަކޮށްފައިވެ އެވެ.









ކިޔުންތެރިންގެ ހިޔާލު