ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނަލަހިޔާ ރެޒިޑެންސްއިން 3.9 މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައިގައި ފަސް މީހަކަށް ދައުވާކޮށްފި

Ew
STO_Ads
TTH_Ads
Advertisement

ނަލަހިޔާ ރެޒިޑެންސްގެ އެޕާޓްމަންޓަކުން ހަތަރު މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައިގައި ތުހުމަތުކުރެވޭ ފަސް މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

މިއަހަރުގެ މާރިޗު މަހުގެ 16 ވަނަ ދުވަހު މަޖީދީމަގުގައި ހުންނަ ނަލަހިޔާ ރެޒިޑެންސްގެ އެޕާޓްމަންޓަކުން ވައްކަން ކޮށްފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އެ ދުވަހުގެ ހަވީރު 17:49 ހާއިރުއެވެ. މި ވައްކަމުގައި ޖުމުލަ ހަތަރު މިލިއަން ދިވެހި ރުފިޔާ ވަގަށް ނަގާފައިވާއިރު، އޭގެ ތެރެއިން ފުލުހުންނަށް ހޯދިފައިވަނީ ފަންސާސް ހާސް ރުފިޔާއެވެ.

މި މައްސަލައިގައި ދައުވާކުރުމަށް މިދިޔަ މަހުގެ 25 ވަނަ ދުވަހު ކޯޓަށް ފޮނުވާފައިވަނީ މ. އޭސިޔާ އަޙްމަދު ފާރިސް އާއި، ހދ. ނޮޅިވަރަންފަރު ޖަޒީލާމަންޒިލް ޖަޒީލު މުޙައްމަދު އާއި، ސ. މީދޫ މޫންލައިޓްވިލާ މުޙައްމަދު އަފްރާޙް އާއި، ރ. މަޑުއްވަރި ދާރުލް އައްވަލް އިސްމާޢީލް ޢާޞިފްގެ އިތުރުން ޅ. ނައިފަރު ކަސްތޫރިމާގެ މުޙައްމަދު ނޫރު އަޙްމަދުގެ މައްޗަށެވެ. މި ފަސް މީހުންގެ މައްޗަށް ވެސް އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ އުފުލާފައިވާއިރު، މި ކުށުގެ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހާއި ބާރަ ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ.

HajjCop_ads
Advertisement

މީގެ އިތުރުން، އަޙްމަދު ފާރިސާއި ޖަޒީލު މުޙައްމަދާއި މުޙައްމަދު ނޫރު އަޙްމަދުގެ މައްޗަށް މުދަލަށް ގެއްލުން ދިނުމުގެ ދައުވާއާއި އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ދައުވާ ވެސް ވަނީ އުފުލާފައެވެ. މި ދެ ދައުވާގެ އަސާސީ އަދަބަކީ ހަތަރު މަހާއި ސައުވީސް ދުވަހަށް ޖަލަށްލުމެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ވަގަށް ނަގާފައިވާ ފައިސާގެ ތެރެއިން ނުލިބިވާ ފައިސާ، ދައުވާ ލިބޭ މީހުންގެ އަތުން ނަގައިދިނުމަށް ކޯޓުގައި އެދިފައެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

ޝިއާއު މަރާލި މައްސަލައިގައި ޝާހިލްގެ މައްޗަށް އުފުލި ދައުވާތަކުގެ އަޑުއެހުންތައް ނިންމާލައިފި

Qw

އަލަށް އައްޔަންކުރި ފަނޑިޔާރުންނާއެކު ސިވިލް އާއި ކްރިމިނަލް ކޯޓުގެ މަސައްކަތްތައް ހަލުއިވެގެންދާނެ: ޖޭއެސްސީގެ ރައީސް

8u

ކްރިމިނަލް ކޯޓުގެ ގާޒީކަމަށް ތިން ބޭފުޅަކު އައްޔަންކުރަން ޖޭއެސްސީން ނިންމައިފި

88887

8 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހިމެނޭ އިންޑިއާގެ ދެ މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި