ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ފަށައިފި

FB IMG
Maldivian_Ads
STO_Ads
TTH_Ads
Advertisement

ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ފަށައިފިއެވެ.
މި އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ މިއަދު ހެނދުނު 09:00 އިން ފެށިގެން ހަވީރު 16:00 އާ ހަމައަށެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ގިނަ ރަށްތަކެއް ހިމެނޭހެން ޖުމްލަ 131 ރަށު ދާއިރާއެއްގައި ވޯޓުލުން ކުރިއަށްދާނެ ކަމަށް އެ ޕާޓީން މައުލޫމާތު ދެއެވެ. ޕީއެންސީން ހާމަކޮށްފައިވާ ގޮތުގައި، މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި އެ ޕާޓީގެ މެންބަރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

މި އިންތިހާބުގައި ދާއިރާތަކުގެ ރައީސުން ހޮވުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީ ތަމްސީލުކުރާ މެންބަރަކު ނެތް ދާއިރާތަކުގައެވެ. ޕާޓީގެ އުސޫލުތައް ހަމަޖެހިފައިވާ ގޮތުން، މަޖިލިސް މެންބަރުން ތިއްބަވާ ދާއިރާތަކުގެ ރައީސުންގެ މަގާމު އިއްތިފާޤުން ލިބިވަޑައިގަންނަވާނީ އެ ދާއިރާއެއް ތަމްސީލުކުރައްވާ މަޖިލިސް މެންބަރަށެވެ.

ހަމައެހެންމެ، ދާއިރާތަކުގެ ނައިބު ރައީސުންނާއި، އަންހެނުންގެ ގޮފި އަދި ޒުވާނުންގެ ގޮފީގެ މަގާމުތަކަށް މެންބަރުން އިންތިހާބު ކުރުން މިއަދު ކުރިއަށްދާނެއެވެ. ޕީއެންސީން ބުނެފައިވާ ގޮތުގައި، މިއަދު ބާއްވާ މި އިންތިހާބަށްފަހު އެ ޕާޓީގެ އިންތިހާބީ އެކި އެކި މަގާމުތަކުގައި 2,500 އަށްވުރެ ގިނަ މެންބަރުން ހަރަކާތްތެރިވާނެއެވެ.

HajjCop_ads
Advertisement

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

PNC

އެންމެ މެމްބަރުން ގިނަ ސިޔާސީ ޕާޓީ ޕީއެންސީ 70،000އަށް އަރައިފި

BeFunky collage (1)

ޕީއެންސީގެ ނައިބު ރައީސްގެ މަޤާމަށް ސަޢީދާއި ޝުޖާޢު ވާދަކުރައްވަނީ

police

ޕީއެންސީގެ އިންތިޚާބު ކުރިއަށްދަނިކޮށް ބަޔަކު މާރާމާރީ ހިންގި މައްސަލަ ބަލަނީ

FB IMG

ޕީއެންސީގެ އެތެރޭގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ 85 އިންސައްތަ ވޯޓުލި