ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ހިތުގެ ބަލިތަކަށް ފަރުވާދޭ ކްލިނިކެއް ހުޅުވައިފި

Igmh
STO_Ads
Maldivian_Ads
TTH_Ads
Advertisement

ނޭޝަނަލް ސެންޓަރު ފޯ ކާޑިއޯވަސްކިއުލާ ސައިންސަސްއާ ގުޅިގެން އައްޑޫގައި ހުޅުވި މި ކްލިނިކުގެ ސަބަބުން ދެކުނުގެ ރައްޔިތުންނަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ކާޑިއަކް އިމްޕްލާންޓެބަލް އިލެކްޓްރޯނިކް ޑިވައިސް ފޮލޯއަޕް ކްލިނިކެއް ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފިއެވެ. މިއީ ނޭޝަނަލް ސެންޓަރު ފޯ ކާޑިއޯވަސްކިއުލާ ސައިންސަސްގެ އެހީތެރިކަމާއެކު ފެށި ވަރަށް މުހިންމު ޚިދުމަތެކެވެ.

މި ކްލިނިކުގެ ޚިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި އެންސީސީއެސްގެ ޚާއްސަ ޓީމެއް ވަނީ އައްޑޫއަށް ޒިޔާރަތްކޮށްފައެވެ. އެ ހޮސްޕިޓަލުގެ ޑޮކްޓަރުންނާ ގުޅިގެން ހަ ކޮރޮނަރީ އެންޖިއޯގްރާމާއި ދެ ކޮރޮނަރީ އެންޖިއޯޕްލާސްޓީ ހިމެނޭހެން ހަތް މީހަކަށް ވަނީ ކާމިޔާބުކަމާއެކު ފަރުވާދީފައެވެ. މީގެ ތެރޭގައި ފުވައްމުލަކު ސިޓީއަށް ނިސްބަތްވާ ތިން މީހަކުވެސް ހިމެނެއެވެ.

HajjCop_ads
Advertisement

މި ޚިދުމަތް އައްޑޫގައި ފެށުމަކީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގައި ދިރިއުޅޭ ހިތުގެ ބަލިމީހުންނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. މީގެ ކުރިން މާލެއަށް ދަތުރުކޮށްގެން ހޯދަންޖެހުނު ފަރުވާ ރަށާ ކައިރިން ލިބެން ހުރުމުން، ދަތުރުފަތުރަށް ކުރަންޖެހޭ ބޮޑު ހޭދައާއި ވަގުތު ސަލާމަތްކުރެވޭނެއެވެ. އައްޑޫ ހޮސްޕިޓަލުން ބުނެފައިވާ ގޮތުގައި މިއީ ހިތުގެ ބަލިތަކަށް ފަރުވާދިނުމުގެ ދާއިރާއިން އެ ސަރަހައްދަށް ގެނެވުނު ތާރީޚީ ބަދަލެކެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Addu Equatorial Hospital (AEH)

ފޭދޫ ސްކޫލް ކޭމްޕުގައި ކާނާ ވިހަވި ކުދިންގެ ތެރެއިން ހޮސްޕިޓަލުގައި މިހާރު ތިބީ ދެ ދަރިވަރުން

Main 20260804

އިކުއެޓޯރިއަލް ހޮސްޕިޓަލުގައި މެޑިކޭޝަން ސޭފްޓީ ޖެކެޓު ތައާރަފްކޮށްފި