ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފީފާއިން ބޭނުންވީ އާޖެންޓީނާ މުބާރާތުގައި ބާއްވަން: މިސްރު ކޯޗު

C75859e73bf96c868d6f769387b0a5fa
TTH_Ads
Maldivian_Ads
STO_Ads
Advertisement

މުބާރާތުގެ ފަހު 16 ޓީމުގެ ބުރުގައި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާގެ އަތުން މިޞްރު ބަލިވި މެޗުގައި ފެނުނީ ރެފްރީގެ ނާއިންސާފުކަމަށް މިސްރުގެ ކޯޗު ހޮސާމް ހަސަން ބުނެފިއެވެ.

މިސްރުން 80 ވަނަ މިނިޓާ ހަމައަށް 2-0 އިން ލީޑުކުރި މި މެޗުގައި، އާޖެންޓީނާ އިން ވަނީ ފަހަތުން އަރައި، 3-2 އިން މޮޅުވެފަ އެވެ.

މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ކޯޗު ބުނީ  މިމެޗުގައި ފީފާ އިން ބުނާ ފެއަރ ޕްލޭގެ ކުޑަވެސް މިންވަރެއް ނެތް ކަމަށެވެ. މިމެޗުގައި މިޞްރަށް އެއްވެސް އިހުތިރާމެއް އަދި ފެއަރ ޕްލޭއެއް ނެތް ކަމަށް އޭނާ ބުންޏެވެ. އާޖެންޓީނާއާ ދެކޮޅަށް މިސްރު ފެނުނީ މާ ރަނގަޅަށް ކަމަށާއި،  ނަމަވެސް މި މެޗުގެ ނަތީޖާ އަށް އަސަރުކުރީ ދަނޑު މަތިންނާއި ދަނޑު ބޭރުން ވަކި ކަންތައްތަކެއް ބޭނުންވާތީ ކަމަށް ކޯޗު ބުންޏެވެ. މިމެޗުގައި މިޞްރަށް ޕެނަލްޓީއެއް ލިބެން ޖެހޭ ކަމަށާއި ނަމަވެސް ރެފްރީ އާއި ވީއޭއާރުން އެހާދިސާ ބަލާފައިވެސް ނުވާކަމަށް އޭނާ ބުންޏެވެ. އަދި އެޓީމުން ކާމިޔާބު ކުރި ދެވަނަ ލަނޑު ވީއޭއާރުން ބެލުމަށްފަހު ލަނޑެއް ނޫންކަމަށް ބެލިއިރު އެޓީމަށް ލިބެން ޖެހޭ ޕެނަލްޓީ ބަލާފައިނުވާކަމަށެވެ. އަދި މިއީ އާޖެންޓީނާއަށް ހައްގު މޮޅެއް ނޫންކަމަށްވެސް މިޞްރުގެ ކޯޗު ނުންޏެވެ.

HajjCop_ads
Advertisement

ހޮސާމް ހަސަން ބުނީ އޭނާ އެނބުރި ޤައުމަށް ދިއުމަށްފަހު މިފަހަރުގެ ވޯލްޑް ކަޕްގެ ބާކީ އެއްވެސް މެޗެއް ނުބަލާނެ ކަމަށެވެ. އަދި މިއީ އެއްވެސް އިންސާފެއް އޮތް މުބާރާތެއް ނޫންކަމަށް އޭނާ ތުހުމަތު ކުރިއެވެ. އެހެން ކަމުން މިމުބާރާތުގެ ބާކީ އެއްވެސް މެޗެއް އޭނާ ނުބަލާނެ ކަމަށެވެ.

މިމެޗުގައި މިޞްރުގެ ދެވަނަ ލަނޑު ޖަހައިދިން މުސްތަފާ ޒީކޯ ބުނީ މިޞްރު ޓީމާއި ސަޕޯޓަރުންނާއި މެދު އޭނާ ފަހުރުވެރިވާކަމަށެވެ. އަދި މެޗުގެ ރެފްރީންގެ ނިންމުންތަކާމެދު އޭނާވެސް ސުވާލު އުފެއްދިއެވެ. މިމެޗުގައި ޒީކޯ ކާމިޔާބު ކޮށްދިން އެއް ލަނޑު ވަނީ ލަނޑު ޖެހުމުގެ ކުރިން މިޞްރުގެ ކުޅުންތެރިޔަކު ފައުލެއް ކޮށްފައިވުމުގެ ސަބަބުން އެލަނޑު ބަލައިނުގެންފައެވެ.

ފަހަރުގައި އެ މީހުން ބޭނުންވީ އެންމެ ފަހުގެ ޗެމްޕިއަން (އާޖެންޓީނާ) މުބާރާތުގައި ބާއްވަން.

މިސްރުގެ ކޯޗު ބުންޏެވެ.

މެޗުގެ ރެފްރީ ފްރަންކޮއާ ލަޓެކްސިއޭގެ ނިންމުންތަކަށް މިސްރުގެ ބެންޗުން ވަރަށް ބޮޑަށް ހިތްހަަމަނުޖެހުން ފާޅުކުރިއެވެ. މިސްރުގެ ކޯޗު ހިމެނޭހެން ކުޅުންތެރިންނާއި އޮފިޝަލުންނަށް ރީނދޫ ކާޑު ދެއްކިއެވެ. މިސްރުން ވަނީ ދެ ޕެނަލްޓީއެއް ހޯދުމަށް އެޕީލްކޮށްފައެވެ. މިސްރުން ޖެހި ދެ ވަނަ ގޯލު ވީއޭއާރުން ބަލައިނުގަތީ ގޯސްކޮށް ނިންމި ނިންމުމަކުން ކަަމަށްވެސް ިސްރުގެ ކޯޗު ބުންޏެވެ.

 

MPL_Ads
Ads_MTCC
MWSC_ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

6a892d02a3106bc5df926f9e (1)

ޕަރޭޑޭސް 10 މެޗަށް، އަޔާލާ 3 މެޗަށް ސަސްޕެންޑުކޮށް، އާޖެންޓީނާ 321،000 ޑޮލަރުން ޖޫރިމަނާކޮށްފި

172882787cb5b5fc4723e9a8ed737981

ފީފާގެ ވިޔަފާރި ކުންފުންޏަށް އިންވެސްޓްކުރަނީ ޓްރަމްގެ އާއިލާ ކުންފުންޏަކުން!

QQE6U73G7VLQFAQV6RS5CL324U

އިންފަންޓީނޯގެ ޕްލޭނަށް ތާޢީދުކުރާ ކޮންމެ ޤައުމަކަށް 40 މިލިޔަން ޑޮލަރު ދެނީ!

Screenshot 2026 07 23 at 20.05.52

ފީފާގެ ޑްރީމް ޓީމުގައި އެމްބާޕޭ، މެސީ، ރޮޑްރީ، އަދި ކާބޯވޭޑޭގެ ކީޕަރު