މުހައްމަދު ސަލާހު ޖެހި ގޯލާ އެކު، މިސްރުން ފަހަތުން އަރައި 3-1 އިން ނިއުޒިލޭންޑުގެ މައްޗަށް ކުރި ހޯދައިފިއެވެ. މިއާއެކު މިސްރު ވަނީ ގްރޫޕް ޖީގެ އެއްވަނައަށް ޖެހިލާފައެވެ.
ނިއު ޒިލެންޑާއި މިސްރުން ބައްދަލުކުރި މި މެޗަށް ނުކުތްއިރު ގްރޫޕް ޖީގައި ފުރަތަމަ ކުޅުނު ތިން މެޗުވެސް ވަނީ އެއްވަރުވެފައެވެ.
ޞްރުން މެޗު ކާމިޔާބުކުރީ ނިއު ޒީލެންޑުން ފުރަތަމަ ހާފްގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައިވަނިކޮށް، ދެވަނަ ހާފްގައި ތިން ލަނޑު ޖަހައިގެންނެވެ. ބީސީ ޕްލޭސް ވެންކޫވާ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ 15 ވަނަ މިނިޓްގައި ނިއު ޒީލެންޑުން ކުރިހޯދީ ފިން ސާމަންގެ ލަނޑުންނެވެ. އޭނާ ލަނޑު ޖެހީ ކޯނަރަކުން ތަނަވަސްވި ފުރުޞަތެއްގައެވެ. މިޞްރުން ނަތީޖާ ހަމަހަމަކުރީ ދެވަނަ ހާފް ފަށައިގެން 13 ވަނަ މިނިޓްގައި މުސްތަފާ ޒީކޯގެ ލަނޑުންނެވެ. އޭނާ ލަނޑު ޖެހީ މުހައްމަދު ހާނީ ނަގައިދިން ހުރަސް ބޮލުން ގޯލަށް ފޮނުވާލައިގެންނެވެ. މިޞްރަށް ލީޑް ނަގައިދިނީ 67 ވަނަ މިނިޓްގައި ސަލާހު އެވެ. އެއީ ފުރަތަމަ ލަނޑު ޖެހި މުސްތަފާ ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ. ތިންވަނަ ލަނޑު 82 ވަނަ މިނިޓްގައި ޓްރެޒެގޭ ޖެހީ ސަލާހު ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ.
މިއާއެކު ގްރޫޕް ސްޓޭޖުގައި ބާކީ އޮތް މެޗު، އިރާން އަތުން ޕޮއިންޓެއް ހޯދައިގެން ވެސް ގްރޫޕް ސްޓޭޖުން މިސްރަށް ކުރިއަށް ދެވޭނެއެވެ.










ކިޔުންތެރިންގެ ހިޔާލު