ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތުރުކީ-އެމެރިކާގެ ގުޅުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތައުރީފް ކުރައްވައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންކާރާއަށް ވަޑައިގަތުމުން، ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން، އެއަރޕޯޓުން ޓްރަމްޕަށް މަރްހަބާ ވިދާޅުވަނީ:
TTH_Ads
STO_Ads
Advertisement

ތުރުކީ-އެމެރިކާގެ ގުޅުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތައުރީފް ކުރައްވައިފިއެވެ.

އެމެރިކާގެ ރައީސް މިކަމަށް ތައުރީފް ކުރެއްވީ، ނޭޓޯ ސަމިޓްގައި ބައިވެރިވެވަޑައި ގަތުމަށް އަންކާރާއަށް ވަޑައިގެން ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ދެބޭފުޅުން އެކަގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، ތުރުކީއާއި އެމެރިކާއާ ދެމެދު އޮތީ ވަރަށް ގާތް އެކުވެރި ގުޅުމެއް ކަމަށާއި، ތުރުކީއަކީ އެމެރިކާއަށް “ވަފާތެރި” ބައިވެރިއެއް ކަމަށެވެ.

HajjCop_ads
Advertisement

ގިނަ ގައުމުތަކާ އެމެރިކާއާ ދެމެދު ވިޔަފާރީގެ ގުޅުންތައް އޮންނަ ކަމަށާއި، އޭގެ ތެރެއިން އެއް ބައިވެރިޔަކީ ތުރުކީ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ނޭޓޯ ސަމިޓްގައި ބައިވެރިވެވަޑައި ގަތުމަށް ނިންމެވީވެސް ތުރުކީގައި ބާއްވާތީ ކަމަށް އެމެރިކާގެ ރައީސް ވިދާޅުވިއެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާންއަށް ތައުރީފް ކުރައްވަމުން އެމެރިކާގެ ރައީސް ވިދާޅުވީ، ތުރުކީގެ ރައީސަކީ މުޅި ދުނިޔޭގެ އިހްތިރާމް ލިބިވަޑައިގެން ހުންނެވި ލީޑަރެއް ކަމަށާއި، އުރުދުޣާންގެ ލީޑަރޝިޕްގެ ދަށުން ތުރުކީއަކީ އަސްކަރީގޮތުންވެސް ވަރުގަދަ ބާރަކަށް ހައްދަވާފައިވާ ކަމަށެވެ.

އެމެރިގައި އުފައްދާ އެފް-35 ގެ ޖެޓުތަށް ތުރުކީއަށް ވިއްކުމާ ގުޅޭގޮތުން ނޫސްވެރިޔަކު ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ، އެކަމަށް ގޮތެއް ނިންމަވާނެ ކަމަށެވެ.

ތުރުކީއަށް އެފް-35 ޖެޓު ވިއްކުމަކީ އިސްރާއީލު ވަރަށް ދެކޮޅު ހަދަމުން އަންނަ ކަމެކެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ވިދާޅުވީ، ޖެޓުތައް ވިއްކުމާ ގުޅޭގޮތުން އެމެރިކާއިން ރަނގަޅު ނިންމުމެއް ނިންމާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އެކަމަށް އެމެރިކާގެ ރައީސް ވައުދުވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އީރާން-އެމެރިކާގެ މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމަށާއި، ޣައްޒާ މައްސަލަ ހައްލު ކުރުމަށްވެސް ތުރުކީން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށް ތުރުކީގެ ރައީސް ވިދާޅުވިއެވެ.

ނޭޓޯ ސަމިޓުންވެސް ރަނގަޅު  ނިންމުންތަކެއް ނިންމިގެންދާނެ ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ވިދާޅުވިއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
HajjCop_ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

10 ދުވަހަށް ހަމަލާތައް ހުއްޓާލަން އެމެރިކާއިން ހުށަހެޅި ހުށަހެޅުމަށް އީރާނުން ނޫނެކޭ ބުނެފި

އެމްއޯޔޫގެ ކަންތައް ނިމުނީ، އެމެރިކާއާ މަޝްވަރާކުރުމެއްވެސް ދެން ނޯންނާނެ: އީރާނު

އީރާނުގެ 6 ބްރިޖަކަށް އެމެރިކާއިން ހަމަލާދިނުމާ ގުޅިގެން އީރާނުން ވަރުގަދައަށް ބަދަލުހިފަނީ

އީރާނާއެކު އެއްބަސްވުމެއް ހެދިޔަނުދޭން، ވާހަކަތަކަށް ހުރަސްއަޅަން އިސްރާއީލުން ފަންޑުކުރި: އެމެރިކާގެ ނައިބް ރައީސް