ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފަހުވަގުތު ސްޕެއިންގެ އަތްދަށުވެ ރޮނާލްޑޯގެ ޕޯޗުގަލް ކަޓައިފި

Images (4)
Maldivian_Ads
STO_Ads
TTH_Ads
Advertisement

އިތުރު ވަގުތުގެ ފުރަތަމަ މިނިޓް ތެރޭގައި ޖެހި ގޯލުން 1-0 އިން ޕޯޗުގަލް ކަޓުވާލުމަށް ފަހު، ސްޕެއިނުން ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުުރުކޮށްފިއެވެ.

މިއީ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ، 41، އޭނާގެ ކެރިއަރުގައި ކުޅުނު ފަހު ވޯލްޑް ކަޕް މެޗެވެ. އޭނާ ވަނީ މިއީ އޭނާ ކުޅޭނެ އެންމެ ފަހު ވޯލްޑް ކަޕް މުބާރާތް ކަން މެޗުގެ ކުރިން ހާމަކޮށްފައެވެ. ދުނިޔެ ދުށް އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާ ޕޯޗްގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ވަރލްޑްކަޕް އުއްމީދަށް ނިމުން އައީ 90 މިނިޓް ލަނޑެއް ނުޖެހި އެއްވަރުވެފައި ވަނިކޮށް ދެއްކި އިތުރު ވަގުތުގެ ހަ މިނިޓްގެ ތެރެއިން ފުރަތަމަ މިނިޓްގަގައި ސްޕެއިންގެ މެރިނޯ ޖެހި ގޯލުންނެވެ. މެރިނޯ ކުޅެން ނިކުތީ 85 ވަނަ މިނިޓްގައި ޑެނީ އޮލްމޯގެ ބަދަލުގައެވެ.

ސްޕެއިން އިން ލީޑް ނެގި ފަހުން ބެނާޑޯ ސިލްވާ އަށް ނަތީޖާ ހަމަހަމަ ކުރަން ފުރުޞަތެއް ލިބުނެވެ. އެކަމަކު ބަދަލަކަށް ނިކުއިން ބެނާޑޯ ސިލްވާ އޭރިޔާ ތެރެއިން ބޮލުން ފޮނުވާލި ބޯޅަ ކުޑަތަންކޮޅެއް މަތިވީއެވެ.

HajjCop_ads
Advertisement

މިމެޗުގެ ކުރިން 41 އަހަރުގެ ރޮނާލްޑޯ ވަނީ މިއީ އޭނާގެ ފަހު ވަރލްޑްކަޕް ކަން އިއުލާނުކޮށްފައެވެ. އެހެންކަމުން ކުޅުންތެރިއެއްގެ ގޮތުގައި ވަރލްޑްކަޕް އުފުލާލުމުގެ ފުރުޞަތަށް ނިމުން އައީއެވެ. އެކަމަކު ގައުމީ ޓީމަށް ކުޅުން ހުއްޓާލާކަށް އަދި ރޮނާލްޑޯ ނުނިންމައެވެ.

ކުއާޓާ ފައިނަލްގައި ސްޕެއިން ނިކުންނާނީ ބެލްޖިއަމާ ދެކޮޅަށެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Skysports ronaldo portugal

ވޯލްޑު ކަޕަށްފަހު ރޮނާލްޑޯ ރިޓަޔަރކުރާނެކަމަށް ބުނެފި

Public

ކްރޮއޭޝިއާ ރޮއްވާލައި ރޮނާލްޑޯގެ ޕޯޗުގަލް ގަދަ 16އަށް، ނިކުންނާނީ ސްޕެއިނާ ދެކޮޅަށް

1782511738035 now hallie world cup security 260626 S3 1920x1080 hchrpo

ޕޯޗުގަލް އަތުން ހޯދި އެއް ޕޮއިންޓާއެކު ކޮލޮމްބިއާ އެއްވަނައަށް، ކޮންގޯވެސް ދެވަނަ ބުރަށް

Images (3)

ހަ ވޯލްޑު ކަޕްގައި ލަނޑުޖެހި ހަމައެކަނި ކުޅުންތެރިޔާގެ ޝަރަފާއެކު ރޮނާލްޑޯއަށް ރެކޯޑެއް