ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިއީ އަހަރެންގެ އެންމެ ފަހު ވޯލްޑު ކަޕް: ރޮނާލްޑޯ

Images (3)
TTH_Ads
Maldivian_Ads
STO_Ads
Advertisement

މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕަކީ އޭނާގެ ކެރިއަރުގައި ކުޅޭނެ އެންމެ ފަހު ވޯލްޑް ކަޕްކަމަށް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

ރައުންޑް އޮފް 16 މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޯޗުގަލްގެ ތަރި ރޮނާލްޑޯ ބުނީ ޔަގީނުންވެސް މިއީ އޭނާގެ ފަހު ވޯލްޑް ކަޕް ކަމަށެވެ. އެހެންނަމަވެސް ގައުމީ ޓީމުން ރިޓަޔާކުރަން ނިންމާ ނިންމުމަކީ އަމިއްލައަށް ނިންމާނެ ނިންމުމެއް ކަމަށާއި އެއީ ވަކި ބަޔަކު ބުނެގެން ކުރާނެކަމެއް ނޫންކަމަށްވެސް އޭނާ ބުންޏެވެ.

މިހާރު އުމުރުން 41 އަހަރުގެ ރޮނާލްޑޯ އޭނާއަކީ މީގެ އަހަރުތަކެއް ކުރިން ހުރި ފެންވަރުގައި ހުރި ކުޅުންތެރިއެއް ނޫން ކަމަށް އެއްބަސްވާންޖެހޭ ކަމަށާއި އެހެންނަމަވެސް އޭނާ އަކީ އެހާ ދަށް ކުޅުމެއް ކުޅެމުން އަންނަ ކުޅުންތެރިއެއް ވެސް ނޫން ކަމަށެވެ.

HajjCop_ads
Advertisement

މިފަހަރުގެ ވޯލްޑް ކަޕްގައި މިރޭ ގަދަ 16 ބުރުގައި ޕޯޗުގަލް އިން ސްޕެއިނާ ދެކޮޅަށް ނުކުންނާނެއެވެ. ގައުމީ ޓީމަށް ކުޅެން ފެށިތާ 18 ވަރަކަށް އަހަރު ވެފައިވާއިރު، މި މުއްދަތުގެ ތެރޭގައި އަބަދުވެސް މަސައްކަތްކުރީ ޓީމުގެ ހައްގުގައި ކަމަށް ރޮނާލްޑޯ ބުންޏެވެ. އަދި، މެޗުތަކުގައި ކުުޅުނަސް އަދި ނުުކުޅުނަސް އޭނާގެ ބައިވެރިވުން ޕޯޗުގަލް ޓީމަށް ބޭނުންވާނެ ކަމަށް ރޮނާލްޑޯގެ ވާހަކައިގައި ފާހަގަކޮށްފައިވެއެވެ.

އުމުރުން 41 އަހަރު ފުރިފައިވާއިރުވެސް އޭނާ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅޭތީ ފާޑުކިޔަމުން އަންނަ ފަރާތްތަކުން، މިދިޔަ 23 އަހަރު ތެރޭގައި ވެސް މަސައްކަތްކުރީ އެކި ގޮތްގޮތަށް ވާހަކަ ދައްކައިގެން އޭނާގެ ހިތްމަރާލުމަށް ކަމަށް ރޮނާލްޑޯ ވަނީ ބުނެފައެވެ.

ފުޓްބޯޅަ ކެރިއަރާ މެދު ހުރިހާ ގޮތެއް ކަނޑައެޅޭނީ އޭނާ ފީފާ ވޯލްޑް ކަޕް ކާމިޔާބު ކުރުމުންކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ، އެއްވެސް ތާކުންތާކު ޖެހޭ ވާހަކައެއް ނޫންކަމަށް ރޮނާލްޑޯ ބުންޏެވެ.

ޕޯޗުގަލްގެ ޖާޒީގައި ރޮނާލްޑޯ ކުޅުނު ފުރަތަމަ ވޯލްޑް ކަޕަކީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕެވެ. އެފަހުން 2010، 2014 އަދި 2018 އާއި 2022 ވަނަ އަހަރުގައި ވެސް ކުޅެފައިވާ ރޮނާލްޑޯ ވަނީ، މިފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ޖެހި ލަނޑުތަކާއެކު، ފީފާ ވޯލްޑް ކަޕުގެ ހަ މުބާރާތެއްގައި ލަނޑުޖެހި ހަމައެކަނި ކުޅުންތެރިޔާގެ ޝަރަފުވެސް ހޯދާފައެވެ. ރޮނާލްޑޯ އެންމެފުރަތަމަ ޤައުމީ ޓީމަށް މެޗެއް ކުޅެދިނީ 2003 ވަނަ އަހަރުއެވެ. ވޯލްޑް ކަޕުގައި ރޮނާލްޑޯގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ 2006 ވަނަ އަހަރުގެ މުބާރާތުގައި އީރާނާ ދެކޮޅަށް ކުޅެ 0-2 އިން ޕޯޗުގަލް މޮޅުވި މެޗުގައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

6a892d02a3106bc5df926f9e (1)

ޕަރޭޑޭސް 10 މެޗަށް، އަޔާލާ 3 މެޗަށް ސަސްޕެންޑުކޮށް، އާޖެންޓީނާ 321،000 ޑޮލަރުން ޖޫރިމަނާކޮށްފި

172882787cb5b5fc4723e9a8ed737981

ފީފާގެ ވިޔަފާރި ކުންފުންޏަށް އިންވެސްޓްކުރަނީ ޓްރަމްގެ އާއިލާ ކުންފުންޏަކުން!

QQE6U73G7VLQFAQV6RS5CL324U

އިންފަންޓީނޯގެ ޕްލޭނަށް ތާޢީދުކުރާ ކޮންމެ ޤައުމަކަށް 40 މިލިޔަން ޑޮލަރު ދެނީ!

Screenshot 2026 07 23 at 20.05.52

ފީފާގެ ޑްރީމް ޓީމުގައި އެމްބާޕޭ، މެސީ، ރޮޑްރީ، އަދި ކާބޯވޭޑޭގެ ކީޕަރު