ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފަށާތައުލީމު މަރުހަލާގެ ފޮތް ސެޓް ނެރެފި

Igmh
STO_Ads
TTH_Ads
Advertisement

ފަށާތައުލީމު މަރުހަލާގެ ފޮތް ސެޓް ނެރެފިއެވެ.

މިފޮތް ސެޓް ނެރެދެއްވީ އިސްލާމީ ކަންތައްތަކާ އައުޤާފާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. ޑރ ޝަހީމް އަކީ މިމަޝްރޫގެ މަސްޢޫލުވެރިޔާވެސް މެއެވެ.

ފޮތް ނެރެދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ މިއީ ވަރަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދީގެން ކުރިއަށް ގެންދިޔަ ތައުލީމީ ތަރުބަވީ އިސްލާމީ މުހިންމު މަޝްރޫޢެއް ކަމަށެވެ. އަދި މިއީ 2021 ގައި ފެށި މަޝްރޫޢެއްކަމަށާއި 65 ފޮތް ހިމެނޭ މި މަޝްރޫޢުގައި ބޭބީ ނާސަރީ، ނާސަރީ، އެލްޖޭޖީ، ޔޫކޭޖީ މަރުޙަލާގެ ފޮތް ހިމެނޭ ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ “މި މަރުޙަލާތަކުގައި ޤައުމީ މަންހަޖުގައި ހިމެނޭ ހުރިގައި މާއްދާތަކެއްގެ ފޮތްތަކުގެ އިތުރުން، އިސްލާމީ އަދަބު އަޚްލާޤައި ޢަރަބި މާއްދާއެއް ވެސް ހިމެނޭނެ ކަމަށެވެ.

MMA_Ads
HajjCop_ads
Advertisement

އިސްލާމީ ތަރުބަވީ ފަލްސަފާގެ އަލީގައި ތައްޔާރުކުރެވުނު މި ފޮތް ސެޓް، އަޅުގަނޑުގެ ބެލުމުގެ ދަށުން ލިޔެ އެކުލަވައިލެއްވީ ނޭޝަނަލް އިންސްޓިޓިއުޓް ފޯ އެޑިއުކޭޝަންގެ ކުރީގެ ކަރިކިއުލަމް ޑިވެލޮޕަރ މަރިޔަމް ޝަޒްނާއެވެ. ޤުރްއާން މާއްދާގެ ފޮތް ތައްޔާރުކުރެެއްވުމުގައި ޢާބިދާ މިސް ބައިވެލެއްވިއެވެ. ބޭބީ ނާސަރީގެ ޢަރަބި މާއްދާގެ ފޮތް ތައްޔާރު ކުރެއްވީ ނީނާ މިސްއެވެ. ފޮތްތަކުގެ ކުރެހުންތައް ތައްޔާރުކޮށް ޑިޒައިން ކުރީ ޚަދީޖާ ޢަބްދުﷲ އެވެ.

މި ފޮތްތައް މުރާޖިޢާކުރެވުނީ އެކި މަރުޙަލާތަކުގައި، އެކި މާއްދާތައް އެކި ބޭފުޅުންނެވެ. އެއިގެ ތެރޭގައި އަލްއުސްތާޒު އިމްތިތާއު އައްބާސް، އުސްތާޒު މުޙައްމަދު ފިރުޒުލް އަދި ޝިފާޔަތު އަލީ ހިމެނެއެވެ.

މި މަޝްރޫޢު އެކުލަވައިލުމުގެ މަޤްސަދަކީ އިސްލާމީ ފަލްސަފާގެ މައްޗަށް ފައުންޑޭޝަން ސްޓަޑީސް މަރުޙަލާގެ ފޮތްތަކެއް ނެރުމެވެ. މިއަދު މިނެރެވިގެންދަނީ ބޭބީ ނާސަރީގެ 16 ފޮތެވެ. ބާކީ 49 ފޮތް ނެރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. ހުރިހައި ފޮތެއްވެސް ވަނީ ލިޔެ ނިމިފައެވެ. މި މަޝްރޫޢަށް މާލީ އެހީތެރިކަން ދެއްވަން ޝައުޤުވެރިފާ ފަރާތްތަކަށް އެފުރުޞަތު އެބަ އޮތެވެ. މިއީ މިފަދަ ގޮތަކަށް ރާއްޖޭގައި ނެރެވޭ ފުރަތަމަ ފޮތް ސެޓެވެ.

މި ފޮތްތައް އެކުލަވައިލެވިފައިވަނީ ބެލެނިވެރިންނަށް ވެސް ގޭގައި ދަރީންނަށް ކިޔަވައި ދެވޭ ގޮތަށާއި ފައުންޑޭޝަން މަރުހަލާގައި ޕްރީ ސްކޫލުތަކުގައި ވެސް ބޭނުން ކުރެވޭ ގޮތަށެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
HajjCop_ads
MPL_Ads
MMA_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

90

ޒުވާން ޚަތީބުން ތަމްރީންކުރުމުގެ މަސައްކަތް ހުއްޓާލައިފިނަމަ އިސްލާމީ ދާއިރާއިން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ: މިނިސްޓަރު ޝަހީމް

Sstv FORM FOR EC

މ. އަތޮޅުގެ ފުރަތަމަ ޙާފިޒާއާ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ބައްދަލުކުރައްވައިފި

dr shaheem

ނަމާދު ގަޑީގައި މިސްކިތްތަކުން ބޭރަށް އަޑު ނުއިވޭ ގޮތައް އަޑު ކަނޑާލަން އަންގާފައެއް ނުވާނެ: ޑރ. ޝަހީމް

ޙައްޖު މިޝަންއާ ވަޒީރު ޑރ.ޝަހީމް ބައްދަލުކުރައްވައިފި