ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާވެޔޮމަގުގައި ފްރިޖެއް ބެހެއްޓި މީހަކު ހޯދަނީ

Io
STO_Ads
TTH_Ads
Advertisement

މާވެޔޮމަގު އިރުފުހޭގެ ކައިރީ ބަހައްޓާފައި ހުރި ފްރިޖެއްގެ ވެރިފަރާތް ހޯދަން މާލޭ ސިޓީ ކައުންސިލުން އިއުލާނުކޮށްފިއެވެ.

ސިޓީ ކައުންސިލުން ކުރި ޕޯސްޓެއްގައި ވަނީ, މިފަދައިން މާލޭ މަގުތަކަށް ކުނި އަޅާ މީހުން ފާހަގަކުރެވޭނަމަ, ކައުންސިލްގެ ހޮޓްލައިން 9341144އަށް ފޮޓޯ އަދި ވީޑިއޯ ފޮނުވަން އެދިފައެވެ.

“މާލެ ސިޓީ ސާފުކޮށް ބޭއްވުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވޭ,” ސިޓީ ކައުންސިލުން ކުރި ޕޯސްޓުގައި ވެއެވެ.

HajjCop_ads
Advertisement

މާލޭ މަގުތަކަށް ކުނިއަޅާ މައްސަލަ ބޮޑުވެފައިވާއިރު, ފަހަކަށް އައިސް ކައުންސިލުން ދަނީ ކުނި އަޅާ މީހުން ހޯދުމަށް އިއުލާނު ކުރަމުންނެވެ. އެގޮތުން, ހިތަށްފިނިވާމަގާއި ކަރަންކާމަގު ގުޅޭ ކަންމަތީ ބަހައްޓާފައި ހުރި ގޮދަޑިއެއްގެ ވެރިފަރާތް ހޯދަން މިދިޔަ މަހުގެ 30ވަނަ ދުވަހު ވަނީ އިއުލާނުކޮށްފައެވެ. އަދި ފަނޑިޔާރުމަގުގައި ބަހައްޓާފައި ހުރި ކުނިތަކަކާއި ގޮދަޑިއެއްގެ ވަރިފަރާތް ހޯދަން ވެސް މިދިޔަ މަހުގެ 29ވަނަ ދުވަހު އިއުލާނުކުރިއެވެ.

މާލޭ ސިޓީ ކައުންސިލްގެ ޖަލްސާގައި ވެސް ވަނީ ކުނިއަޅާ މައްސަލަ ހައްލުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. ނަމަވެސް އެކަމުގައި އަޅާނެ ފިޔަވަޅުތަކެއް އަދި ނުނިންމައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
HajjCop_ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Io

މާލޭގައި އަލަތު ކައިވެނީގެ ވަލީމާއަށް ހިލޭ ޖާގަ ދޫކުރަން ސިޓީ ކައުންސިލުން ނިންމައިފި

Igmh

ވިލިމާލެއިން 37.7 ޓަނުގެ ކުނި ނަގައި، ސާފުކުރުމުގެ ބޮޑު ހަރަކާތެއް ކުރިއަށް ގެންގޮސްފި

Igmh

މާލެ ސިޓީގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް “އާބަން މޮބިލިޓީ ސާވޭ” ފަށައިފި

Sstv FORM FOR EC

މާލޭގެ މަގުތައް ސާފުކޮށް ބޭއްވުމަށް ރައްޔިތުންގެ އެއްބާރުލުމަށް ސިޓީ ކައުންސިލުން އެދިއްޖެ