ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެކްސިޑެންޓްވުމުން ސައިކަލް ދޫކޮށް ފިލި މީހަކު ހޯދަނީ

police
Maldivian_Ads
STO_Ads
TTH_Ads
Advertisement

ދުއްވާފައި ދިޔަ ސައިކަލެއް، ޕާކުކޮށްފައި އޮތް ހަތަރު ކާރުގައި ޖެހި އެކްސިޑެންޓު ވުމުން، ސައިކަލު ދޫކޮށް ފިލި ޑްރައިވަރު ފުލުހުން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ މި ހާދިސާ ހިނގީ ހުޅުމާލެ ފޭސް ދޭއްގެ ބެރެންބެދިމާ ހިނގުމުގެ އެއްވަނަ ގޯޅިން، ދެކުނުން އުތުރަށް ދުއްވާފައިދިޔަ ސައިކަލެއް އެ މަގުގައި ޕާކުކޮށްފައި ހުރި ކާރުތަކެއްގައި ޖެހުމުން ކަމަށެވެ. އަދި ސައިކަލު ދުއްވަން އިން ޑްރައިވަރު މަޑުނުކޮށް ސައިކަލު ދޫކޮށް ފިލާފައިވާ މައްސަލަ މިއަދުގެ ހެނދުނު 06:27 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ސައިކަލު ދުއްވަން އިން މީހާ އެކްސިޑެންޓަށް ފަހު މަޑުނުކޮށް ފިލި ނަމަވެސް ސައިކަލުގެ ފަހަތުގައި އިން މީހާ ސީން ގައި ހުރި ކަމަށެވެ. އަދި އޭނާއާ ސުވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

HajjCop_ads
Advertisement

ސައިކުލައިގެ ފަހަތުގައި އިނީ 21 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާގެ ތުންފަތް ފަޅައިގެން ގޮސް ގައިގެ އެކި ތަންތަން މަށައިގެން ދިއުން ފަދަ އަނިޔާތައް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި މި އެކްސިޑެންޓްގައި ޕާކުކޮށްފައި އޮތް ހަތަރު ކާރަކަށާއި އެކްސިޑެންޓްވި ސައިކަލަށް އެކިވަރުގެ ގެއްލުންތައް ވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެކްސިޑެންޓްވި ސައިކަލު މިހާރު ވަނީ ޓޯކޮށްފައެވެ. އަދި އެ މައްސަލައިގެ ތަހުގީގަށް ސައިކަލް ދުއްވި މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

kulli khabaru

ވަޒަންހުރި މެގަޒިނެއް ގެނައި މީހާގެ ބަންދަށް 10 ދުވަސް

police

މާލެ ބޭރުން ލޯންޗެއްގައި ޖެހި ފިލި ދޯނި ހޯދައި ކެޕްޓަންގެ ލައިސަންސް ހިފަހައްޓައިފި

ކަނޑުމަތީގެ އެކްސިޑެންޓެއްގައި މަޑުނުކޮށް ދިޔަ ދޯނި ހޯދައި، ކެޕްޓަންގެ ލައިސަންސް ހިފަހައްޓައިފި

ގާލްގައިޑް ކޭމްޕު ދަރިވަރުންނަށް ސައިބަރ ސޭފްޓީ ސެޝަނެއް ކުރިއަށް ގެންގޮސްފި