ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނުރައްކާތެރިކޮށް ދުއްވާ ފަރާތްތަކަށް އިތުރު އިންޒާރަކާ ނުލައި ޖިނާއީ ތަހުގީގު ހިންގަން ފުލުހުން ނިންމައިފި

988
Maldivian_Ads
STO_Ads
TTH_Ads
Advertisement

އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް މަގުމަތީގައި ތަކުރާރުކޮށް ނުރައްކާތެރިކޮށް އުޅަނދުފަހަރު ދުއްވާ ފަރާތްތަކަށް އިތުރު އިންޒާރެއް ދިނުމަކާ ނުލައި ޖިނާއީ ތަހުގީގު ހިންގަން ނިންމައި ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު އިންޒާރު ދީފިއެވެ.

މި ފިޔަވަޅަކީ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތައް ހުއްޓުވައި އެފަދަ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމަށް ފަށާފައިވާ ހާއްސަ މަސައްކަތްތަކުގެ ތެރެއިން ނިންމި ނިންމުމެކެވެ. ފުލުހުން ބުނި ގޮތުގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކުގެ މައުލޫމާތު މީގެ ކުރިން ވަނީ ޕްރޮފައިލް ކުރަން ފަށައިފައެވެ.

ދިވެހި ފުލުހުންގެ ހިދުމަތަށް ހާޒިރުކޮށް ނަސޭހަތްތެރިވުމަށްފަހުވެސް އެފަދަ އަމަލުތައް ތަކުރާރުކުރާ ފަރާތްތަކާމެދު، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކުގެ ދަށުން ކުރާ ޖޫރިމަނާގެ އިތުރުން ޖިނާއީ ތަހުގީގު ހިންގާނެ ކަމަށް ފުލުހުންގެ ބަޔާނުގައިވެއެވެ.

HajjCop_ads
Advertisement

ފުލުހުންގެ މިއެންގުމުގެ ދަށުން ބިރުވެރިކަން އުފެދޭގޮތަށް ޒިގްޒެގްކޮށް ދުއްވުމާއި، އުޅަނދަށް ބަދަލުގެނެސް ސައިލެންސަރު އަޑުގަދަކޮށް ދުއްވުމާއި، ހަރު ބިންމަތީގައި ގާނަމުން ދުއްވާ ފަރާތްތަކާމެދު ހާއްސަ ސަމާލުކަމެއް ދީގެން ފިޔަވަޅު އަޅާނެއެވެ. މީގެ އިތުރުން ދުވެލިމަތަތަކަށް މަޑުނުކޮށް ބާރު ސްޕީޑުގައި ދުއްވުމާއި، ކަމާގުޅޭ އިދާރާތަކުގެ ހުއްދަ ނުނަގައި ރޭސްޖެހުމާއި ހުނަރުދެއްކުމުގެ ހަރަކާތްތައް ހިންގުންވެސް ވަނީ މަނާކޮށްފައެވެ.

ނުރައްކާތެރިކޮށް އޯވަޓޭކްކުރުމާއި، މަސްތުގެ ހާލަތުގައި ދުއްވުމުގެ އިތުރުން، ފުލުހުން މަޑުކުރަން އެންގުމުން މަޑުނުކޮށް ފިލަން މަސައްކަތްކުރާ ފަރާތްތަކާމެދުވެސް ހަރުކަށި ފިޔަވަޅުތައް އެޅުމަށް ވަނީ ނިންމައިފައެވެ. މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް އާންމު ރައްޔިތުންގެ އެއްބާރުލުން ދިނުމަށް ފުލުހުން ވަނީ އެދިފައެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރާ ވިއްކަމުންދިޔަ ނެޓްވޯކުގަ ހިމެނޭ ދިވެހި މީހާ ހައްޔަރުކޮށްފި

police traffic

ސްކޫލުތަކާއި ހޮސްޕިޓަލް ސަރަހައްދުތަކުގެ ޓްރެފިކް ނިޒާމު ހަރުދަނާ ކުރުމަށް ފިޔަވަޅުތަކެއް!

WhatsApp Image 2026 10 14 at 10.58.34

ތިން މީހުންނާއެކު ސައިކަލް ދުއްވި ސައިފް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފި

88887

ގަލޮޅު އެޕާޓްމަންޓަކުން ތޫނު ހަތިޔާރުން ބިރުދައްކައި ފޭރުނު ދެ މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި