ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދީނީ އައު ޖީލެއް ބިނާކުރުމަށް ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ 5 ވަނަ ބުރު މި ފެށޭ ހަފުތާގައި ފަށަނީ

Zuvaan khatheeb
TTH_Ads
STO_Ads
Advertisement

ރަށްރަށަށް ދިމާވެފައިވާ ޚަޠީބުން ލިބުމުގެ ދަތިކަމަށް ޙައްލެއް ހޯދުމަށާއި، ޒުވާނުންނަށް ފުރުޞަތުތައް ފަހިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ކުރިއަށްގެންދާ “ޒުވާން ޚަޠީބުން” ޕްރޮގްރާމްގެ 5 ވަނަ ބުރު މި ފެށޭ ހަފުތާގައި ފެށުމަށް ހަމަޖެހިއްޖެއެވެ.

އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން އެންމެ އިސްކަމެއް ދީގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގެ 4 ބުރެއް މިހާތަނަށް ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ.

މި ފެށޭ 5 ވަނަ ބުރުގައި ޖުމްލަ 80 ޒުވާނުން ތަމްރީނުކުރުމަށް ވަނީ ހަމަޖެހިފައެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ ނައިބު އަލްއުސްތާޛު ޢަލީ ވަހީދު ހާމަކުރެއްވި ގޮތުގައި، މި ބުރުގައި ފުރުޞަތު ދީފައިވަނީ:

HajjCop_ads
Advertisement

  •  މާލެ ސަރަޙައްދުން: 40 ކުދިން (ތަމްރީނުތައް ކުރިއަށްދާނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި)
  •  އަތޮޅުތަކުން: 40 ކުދިން (ތަމްރީނުތައް ކުރިއަށްދާނީ އޮންލައިންކޮށް)

ޒުވާނުން ބާރުވެރިކޮށް ދީނީ ގޮތުން އައު ޖީލެއް ބިނާކުރުމުގެ މަސައްކަތުގެ ދަށުން، ކުރިއަށް އޮތް ސެޕްޓެމްބަރު މަހު ޒުވާން ޚަޠީބުންނަށް ޚާއްޞަކޮށްގެން ބޮޑު މަހާސިންތާއެއް ބޭއްވުމަށް ވެސް ވަނީ ރޭވިފައެވެ. ސަރުކާރުގެ ބޮޑު އަމާޒަކީ ޖުމްލަ 1,000 ޒުވާން ޚަޠީބުން ތަމްރީނުކުރުން ކަމަށްވާއިރު، މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް 600 އަށްވުރެ ގިނަ ޒުވާނުން ވަނީ ސަނަދު ޙާސިލްކޮށްފައެވެ.

މި ޕްރޮގްރާމަކީ ގްރޭޑް 10، 11، އަދި 12 އެއްގައި ކިޔަވަމުންދާ ދަރިވަރުންނަށާއި، ކިޔެވުން ނިމިފައިވާ 18 އަހަރު ނުފުރޭ ކުދިންނަށް އަމާޒުކޮށްގެން ހިންގާ، ދިވެހި ޒުވާނުންގެ މެދުގައި ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ މުހިންމު ޙަރަކާތެކެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

ޒުވާން ޚަޠީބު ތަމްރީން ޕްރޮގުރާމުގެ ފަސް ވަނަ ބުރުގައި 140 ބައިވެރިން، އިންޓަވިއު ފަށައިފި

zuvaan khatheebun

ޒުވާން ޚަޠީބުން: 600 އަށް ވުރެ ގިނަ ޒުވާނުން މިހާތަނަށް ސަނަދު ހާސިލްކޮށްފި