ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕެންޝަން އޮފީހުގެ ބޯޑަށް ޕްރައިވެޓް ސެކްޓާގެ ދެ މެންބަރުން ހޯދަނީ

Io
TTH_Ads
STO_Ads
Advertisement

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ޕެންޝަން އޮފީސް) ގެ ބޯޑަށް ޕްރައިވެޓް ސެކްޓަރގެ ދެ މެންބަރަކު ހޯދަން އިޢުލާންކޮށްފިއެވެ.

ޕެންޝަން އޮފީން މިއަދު ކުރި އިޢުލާނުގައި ބުނެފައިވަނީ ޕެންޝަން އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރައްވާ މެންބަރުންގެ ތެރެއިން ހުސްވެފައިވާ 2 މަޤާމަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ ކަމަށެވެ.

އެ އޮފީހުން ބުނީ ޕްރައިވެޓް ސެކްޓަރ ތަމްސީލު ކުރައްވާ ބޯޑު މެންބަރުން ހޮވުމުގެ ކަންކަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ޕްރައިވެޓް ސެކްޓަރ ތަމްސީލު ކުރައްވާ ބޯޑު މެންބަރުން ހޮވުމުގެ ކަންކަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އުސޫލު ނަންބަރު: 17-‎G‏/2026 (ޕެންޝަން އޮފީހުގެ ބޯޑަށް މެންބަރުން ހޮވުމާއި އައްޔަންކުރުމާބެހޭ އުސޫލު) އާ އެއްގޮތަށް ކަމަށެވެ.

MMA_Ads
HajjCop_ads
Advertisement

ޕެންޝަން އޮފީހުގެ ބޯޑަށް މެންބަރުން ޢައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިިއްޔާއެވެ.

ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ މައިގަނޑު ޝަރުޠުތައް:

ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ކަނޑައަޅާފައިވާ ޝަރުޠުތަކުގެ އިތުރުން، ކުރިމަތިލާ ފަރާތަކީ:

  • އުމުރުން 35 އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކަށް ވުން.
  • ޕެންޝަން، މާލީ، އިންވެސްޓްމަންޓް، އިޤްތިޞާދީ ނުވަތަ ޤާނޫނީ ފަދަ ދާއިރާއަކުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުމާއެކު، އެ ދާއިރާއެއްގައި މަދުވެގެން 5 އަހަރުގެ ތަޖުރިބާ ލިބިފައިވުން.
  • ވައްކަން، ޚިޔާނާތް ނުވަތަ ކޮރަޕްޝަން ފަދަ ކުށެއް ސާބިތުވެފައިވާ މީހަކަށް ނުވުން.
  • ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުމާއި، ސިޔާސީ މަޤާމެއް ފުރަމުންދާ ފަރާތަކަށް ނުވުން (ސިޔާސީ މަޤާމަކުން ނުވަތަ ޕާޓީއަކުން ވަކިވިތާ 1 އަހަރު ވެފައިވުން).
  • ޕްރައިވެޓް ސެކްޓަރގައި މަދުވެގެން 1 އަހަރު މެދުނުކެނޑި މަސައްކަތް ކުރަމުންދާ ފަރާތަކަށް ވުން.
  • ދައުލަތުގެ ނުވަތަ ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏެއްގެ ވަޒީފާއެއް އަދާކުރާ ފަރާތަކަށް ނުވުން.

މީގެ އިތުރުން، ބޯޑުގެ އެހެން މެންބަރަކާ އާއިލީ ގޮތުން ނުވަތަ ވިޔަފާރީގެ ގޮތުން ގުޅުން އޮތް ފަރާތްތަކަށް މި މަޤާމަށް ކުރިމަތި ނުލެވޭނެ ކަމަށްވެސް އެ އޮފީހުން މަޢުލޫމާތު ދެއެވެ.

ޕެންޝަން އޮފީހުން ވަނީ މި މަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އެކަމަށް ބޭނުންވާ ލިޔެކިޔުންތަކާއެކު 16 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ގޫގުލް ފޯމް މެދުވެރިކޮށް ހުށަހެޅުމަށް އެދިފައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
HajjCop_ads
MMA_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

43

ޕެންޝަން އޮފީހުގެ ސީއެސްއާރު ގްރާންޓަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ޕެންޝަން ބޯޑުގެ ޗެއާޕާސަންގެ މަގާމަށް އަބްދުލްމަޖީދު

66

ޕެންޝަން އޮފީހުގެ ބަސް: 2.4 ބިލިޔަން ރުފިޔާގެ ބޮންޑު އިންވެސްޓްކުރުމުން އެއްވެސް ގެއްލުން ނުވާނެ

civil service office

ބޮޑެތި ބަލިތަކަށް ޕެންޝަން ފައިސާ ނެގޭގޮތަށް ޤާނޫނު ބަދަލުކުރަން މަޖިލީހަށް ހުށަހަޅައިފި