ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މޭރީ މަރާލުމުގައި ބައިވެރިވިކަން ސާބިތުވެ ލަމްހާ 15 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

Igmh
STO_Ads
TTH_Ads
Maldivian_Ads
Advertisement

މޭރީ ގްރޭސް މަރާލި މައްސަލައިގައި ދައުވާ އުފުލުނު ހަލީމަތު ލަމްހާ އަބްދުއްރަހްމާން ފަނަރަ އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު މޭރީ ގްރޭސް މަރާލާފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ކޮޓަރި ތެރެއިންނެވެ. މޭރީގެ މަރު ރިޕޯޓްކޮށް، އޭނާގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައީ ފިރިމީހާ މާވިންއެވެ. އެންމެ ފުރަތަމަ މާވިން ބުނެފައިވަނީ މޭރީ ފެނުނީ އަމިއްލައަށް ދަންޖެހި މަރުވެފައި ހުއްޓާ ކަމަށެވެ. ނަމަވެސް ތަހުގީގަށް ފަހު މިއީ ބަޔަކު ރާވައިގެން ހިންގާފައިވާ ކުށެއްކަން ކަށަވަރުކުރެވުނެވެ.

މޭރީ މަރާލި ކަމުގެ ތުހުމަތުގައި މާވިން އަދި އޭނާގެ ލޯބިވެރިޔާ ލަމްހާގެ މައްޗަށް ދައުވާކޮށް، ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ ޝަރީއަތް ނިމި މިއަދު ވަނީ ހުކުމް އިއްވާފައެވެ. ކޯޓުން ކަނޑައެޅީ މޭރީ މަރާލުމުގެ ކުށް މާވިންގެ މައްޗަށް ސާބިތުވާ ކަމަށެވެ. އޭނާއަށް އިއްވީ އުމުރު ދުވަހުގެ ޖަލު ހުކުމެކެވެ.

HajjCop_ads
Advertisement

މޭރީ މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާގެ އިތުރުން އެހެން ދެ ދައުވާއެއް ލަމްހާގެ މައްޗަށް ވަނީ ސާބިތުވެފައެވެ. އެއީ އައިޖީއެމްއެޗްއިން ހުއްދަ ނަގައިގެން ނޫނީ ނުގެންދެވޭ ނުރައްކާތެރި ބޭސްތަކެއް ހުއްދަނެތި ގެންދިޔަ މައްސަލައިގައި އުފުލި ދެ ދައުވާއެވެ. މި ހުރިހާ ދައުވާއެއް ސާބިތުވުމާއެކު، ލަމްހާ ފަނަރަ އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

ޝިއާއު މަރާލި މައްސަލައިގައި ޝާހިލްގެ މައްޗަށް އުފުލި ދައުވާތަކުގެ އަޑުއެހުންތައް ނިންމާލައިފި

Qw

އަލަށް އައްޔަންކުރި ފަނޑިޔާރުންނާއެކު ސިވިލް އާއި ކްރިމިނަލް ކޯޓުގެ މަސައްކަތްތައް ހަލުއިވެގެންދާނެ: ޖޭއެސްސީގެ ރައީސް

8u

ކްރިމިނަލް ކޯޓުގެ ގާޒީކަމަށް ތިން ބޭފުޅަކު އައްޔަންކުރަން ޖޭއެސްސީން ނިންމައިފި

88887

8 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހިމެނޭ އިންޑިއާގެ ދެ މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި