ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގައިދީންނަށް އަމިއްލަ ކުންފުނި ހިންގޭ ފެންވަރުގެ ތަމްރީނު ދިނުމަކީ މުހިންމު ކަމެއް: އިހްސާން 

Io
STO_Ads
TTH_Ads
Maldivian_Ads
Advertisement

ގައިދީން އަނބުރާ މުޖުތަމައަށް ނުކުންނައިރު އަމިއްލަ ކޮންސްޓްރަކްޝަން ކުންފުނިތައް އުފައްދައި ހިންގޭނެ ފެންވަރަށް ތަމްރީނު ދިނުމަކީ މުހިންމު ކަމެއް ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން މިއަދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ޖަލު އޮފިސަރުންނާއި ގައިދީން ގުޅިގެން އައްސޭރި ޖަލުގައި ބިނާކުރި އައު އޮފީސް އިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މީގެ ކުރިން ކުޑަ ޖާގައެއްގައި ހިންގަމުން އައި އޮފީސް މި އައު އިމާރާތާއެކު ތަނަވެސްވެ މުވައްޒަފުންނަށް މަސައްކަތް ކުރުމުގައި ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ. މި އިމާރާތުގައި ކްލާސް ރޫމަކާއި މީޓިން ރޫމެއް ހުރެއެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ގައިދީން މިނިވަންވެ މުޖުތަމައަށް ނުކުންނައިރު ހަމައެކަނި އެހެން ބައެއްގެ ދަށުން މަސައްކަތް ކުރުމުގެ ބަދަލުގައި އަމިއްލަ ކުންފުނިތައް އުފައްދައި ލީޑުކުރުމަކީ އަމާޒެއް ކަމަށެވެ. އެހެންކަމުން މަސައްކަތުގެ ފަންނާއި ހުނަރު މެނޭޖުކުރާނެ ގޮތާއި ޕްރޮޖެކްޓުތައް ހިންގާނެ ގޮތުގެ އިތުރުން ފައިސާ މެނޭޖުކުރުންފަދަ ޕްރޮގްރާމުތައް ހިންގުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

HajjCop_ads
Advertisement

މި ޒިޔާރަތުގެ ތެރެއިން ވަޒީރު ވަނީ އައްސޭރި ޖަލުގައި އަލަށް ބިނާކުރާ ބަދިގެ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވާފައެވެ. މިއީ ޖަލުގެ ކެއިންބުއިމުގެ އިންތިޒާމުތަކަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ. މީގެ އިތުރުން ގައިދީންގެ ދުޅަހެޔޮކަމާއި އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށް ބާއްވާ ފުޓްސަލް މުބާރާތެއް ވެސް ވަޒީރު ވަނީ ފައްޓަވައިދެއްވާފައެވެ.

މި ރަސްމިއްޔާތުގައި ތަޢުލީމީ ދާއިރާއިން ވެސް މުހިންމު ކަންތައްތަކެއް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ކަރެކްޝަންސް އިންސްޓިޓިއުޓުން ހިންގާ ޤިރާތު ސެޓްފިކެޓް 1 ގެ ކޯސް އިފުތިތާޙްކޮށްފައިވާއިރު ކުރިން ހިންގި ތަފާތު ޕްރޮގްރާމުތައް ފުރިހަމަކުރި ގައިދީންނާއި އޮފިސަރުންނަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަ އޮފް ޕްރިޒަންސް ޙަސަން ޒަރީރުގެ އިތުރުން ދާޚިލީ ވުޒާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

ސާޖަންޓް ޢަލީ ނާފިޢުގެ މައިންބަފައިންނާ މިނިސްޓަރު އިޙްސާން އަދި ސީޕީ ބައްދަލުކުރައްވައިފި

90

ކަސްޓަމްސްގެ މަސްއޫލިއްޔަތުތައް ކުރިއަށްވުރެ މާފުޅާވެއްޖެ: ވަޒީރު އިޙްސާން

Ihsaan

ވަޒީފާ ހޯދާ ފަރާތްތަކާއި ވަޒީފާދޭ ފަރާތްތައް ގުޅުވައިދޭ ‘މައި ކެރިއަރ ޕޯޓަލް’ އިފްތިތާޙުކޮށްފި

445gf

ޓެކްނޮލޮޖީގެ ވަސީލަތްތަކާއެކު ހުނަރު ނެތްނަމަ ނާކާމިޔާބުވާނެ: އިޙްސާން