ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބީއެމްއެލްގައި ޑޮލަރު އިންވެސްޓްކޮށްގެން 25 ޕަސެންޓް ފައިދާ ލިބޭނެ

bml
ބީއެމްއެލް ހެޑް އޮފީސް —
STO_Ads
TTH_Ads
Advertisement

ބޭންކުގެ މުއާމަލާތްތަކަށް ބޭނުންވާ ޑޮލަރުގެ ދަތިކަން ހައްލުކުރުމަށް “އިންވެސްޓްމަންޓްސް ބައި ބީއެމްއެލް” ގެ ނަމުގައި އާ ހިދުމަތެއް މިއަދު އިފްތިތާހުކޮށްފިއެވެ.

ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އާންމުންނަށް ޑޮލަރު އިންވެސްޓްކޮށްގެން ބޮޑު ފައިދާއެއް ހޯދޭނެ “އިންވެސްޓްމަންޓްސް” ގެ ނަމުގައި އާ ހިދުމަތެއް މިއަދު ރަސްމީކޮށް ތައާރަފުކޮށްފިއެވެ. މި ހިދުމަތުގެ ދަށުން ޑޮލަރު އިންވެސްޓްކުރާ ކަސްޓަމަރުންނަށް 25 ޕަސެންޓްގެ ފައިދާއެއް ލިބޭނެކަމަށް އެ ބޭންކުން ވަނީ ހާމަކޮށްފައެވެ.

ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް މިއަދު ހޮޓެލް ޖެންގައި ނޫސްވެރިންނާ އެކު ބޭއްވި “ޗެޓު ވިތު ސީއީއޯ” ބައްދަލުވުމުގައި ވިދާޅުވި ގޮތުގައި، މި އާ ހިދުމަތަކީ ބޭންކަށް ދިމާވެފައިވާ ޑޮލަރުގެ ދަތިކަމަށް ހައްލެއް ހޯދުމުގެ މަގުސަދުގައި ފެށި ހިދުމަތެކެވެ. އިންވެސްޓް ކުރަން ބޭނުންވާ ފަރާތްތަކަށް ބީއެމްއެލް އިންޓަނެޓް ބޭންކިންގައި ގާއިމްކޮށްފައިވާ ހާއްސަ ޕޯޓަލްއެއް މެދުވެރިކޮށް ފަސޭހަކަމާއެކު މުއާމަލާތް ކުރިއަށް ގެންދެވޭނެއެވެ.

HajjCop_ads
MMA_Ads
Advertisement

މި ޕްލެޓްފޯމް މެދުވެރިކޮށް ޑޮލަރު އިންވެސްޓްކުރާ ދުވަހު އެ ފައިސާއަށްވާ ދިވެހި ރުފިޔާ ކަސްޓަމަރުގެ އެކައުންޓަށް ވަގުތުން ޖަމާކޮށްދޭނެއެވެ. އަދި މުއާމަލާތް މުޅިން ފުރިހަމަވުމުން، އެއަށް ލިބޭ 25 ޕަސެންޓްގެ ފައިދާވެސް އެކައުންޓަށް ޖަމާކޮށްދޭނެކަމަށް ސީއީއޯ ވިދާޅުވިއެވެ.

މި ހިދުމަތް ތައާރަފްކުރުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ސީއީއޯ މުހައްމަދު ޝަރީފް ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއިން ބޭރުން ހިދުމަތް ހޯދުމަށާއި ތަކެތި ގަތުމަށް ޑެބިޓް އަދި ކްރެޑިޓް ކާޑުން ކުރާ މުއާމަލާތްތަކަށް މަހެއްގެ މައްޗަށް ވިއްކޭ ޑޮލަރުގެ އަދަދު ފާއިތުވި ފަސް އަހަރުގެ ތެރޭގައި ވަނީ 3.7 ގުނަ އިތުރުވެފައެވެ. މިގޮތުން، އެވްރެޖްކޮށް މަހަކަށް 39.3 މިލިއަން ޑޮލަރު ބޭންކުން ވިއްކަމުންދާކަމަށް އޭނާ ހާމަކުރެއްވިއެވެ.

މީގެ އިތުރުން، މި ހިދުމަތް ލިބިގަންނަ ކަސްޓަމަރުންގެ އަދަދު ދެގުނައަށްވުރެ ބޮޑުވެފައިވާއިރު، ކޮންމެ މަހަކު 250،000 އާއި 300،000 އާ ދެމެދުގެ އަދަދަކަށް މީހުން ރުފިޔާ ކާޑުތަކުން ރާއްޖެއިން ބޭރުގެ މުއާމަލާތްތައް ކުރަމުންދާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ބީއެމްއެލް އިން ފާހަގަކުރާ ގޮތުގައި ޑޮލަރުގެ މުއާމަލާތްތައް މިހާ ބޮޑަށް އިތުރުވެފައިވާ އެންމެ މުހިންމު އެއް ސަބަބަކީ ދިވެހިން ބޭރުގެ ގައުމުތަކުން އޮންލައިންކޮށް މުދާ ގަތުމުގެ މުއާމަލާތްތައް (ކްރޮސް-ބޯޑަރ އީ-ކޮމާސް) ފުޅާވެގެން ދިއުމެވެ. މިއީ ރާއްޖެއިން ޑިޖިޓަލް އީޖާދުތައް ހަލުވިކަމާއެކު ބަލައިގަންނަމުންދާ ކަމުގެ ސާފު ހެއްކެކެވެ.

ޑިޖިޓަލްކޮށް ފައިސާ ދެއްކުމުގެ ނިޒާމުތަކަށް އައި ކުރިއެރުންތަކާއި، ދުނިޔޭގެ އޮންލައިން ބާޒާރުތައް ފުޅާވުމުގެ އިތުރުން މުވާސަލާތީ އަދި ލޮޖިސްޓިކްސް ނިޒާމަށް އައި ބޮޑެތި ކުރިއެރުންތަކުގެ ސަބަބުން ބޭރުގެ ގައުމުތަކުން ވިޔަފާރިކުރުން ވަނީ ވަރަށް ބޮޑަށް ލުއިފަސޭހަވެފައެވެ. މި ބަދަލުތަކާއެކު، ދިވެހިން އަންނަނީ ޓެކްނޮލޮޖީގެ ކުރިއެރުންތައް މެދުނުކެނޑި ބަލައިގަންނަމުންކަމަށާއި، ބޭރުން މުދާ ގަތުމަށް ކުރަންޖެހޭ ހޭދަ ކުޑަވަމުން ދިއުމަކީ މި އާދަ އިތުރަށް ހަލުވިވެގެންދިޔަ މައިގަނޑު ސަބަބުކަމަށް ބޭންކުން ވަނީ ފާހަގަކޮށްފައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MMA_Ads
HajjCop_ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

463681 3513c2ee 2

ބީއެމްއެލް ކާޑު ލިމިޓަށް ލުއިތަކެއް ގެނެސްދޭނަން: ރައީސް

BML shareef

ބީއެމްއެލްގެ އެފޯޑަބަލް ހައުސިން މަޝްރޫއުގެ ދަށުން އިތުރު 710 ޔުނިޓް އިމާރާތްކުރަނީ

bml

ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ވިސާ ފީ ދެއްކުމަށް ބީއެމްއެލްގެ ކާޑަށް ލިމިޓު ދެނީ

90

ބޭންކް އޮފް މޯލްޑިވްސްއިން 30 ފުރޮޅުލީ ގޮނޑި ހަދިޔާކޮށްފި