ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާލެ ސިޓީގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް “އާބަން މޮބިލިޓީ ސާވޭ” ފަށައިފި

Igmh
STO_Ads
TTH_Ads
Maldivian_Ads
Advertisement

މާލެ ސިޓީގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ތޮއްޖެހުން ކުޑަކުރުމުގެ މަގުސަދުގައި މާލެ ސިޓީ ކައުންސިލާއި ޔޫއެންއެސްކެޕް ގުޅިގެން “އާބަން މޮބިލިޓީ ސާވޭ” ގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މާލޭގެ ދަތުރުފަތުރުގެ ހާލަތު ބަދަލުކޮށް، ދާއިމީ ހައްލުތަކެއް ހޯދުމަށް ފެށި މި މަޝްރޫއަކީ މާލެ ސިޓީ ކައުންސިލާއި ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ދަ ޕެސިފިކް ގުޅިގެން ކުރިއަށްގެންދާ މުހިންމު ދިރާސާއެކެވެ. މި މަސައްކަތަށް ބޭނުންވާ މާލީ އެހީތެރިކަން ޔޫއެންއެސްކެޕުން ފޯރުކޮށްދޭއިރު، އެ ޖަމިއްޔާގެ ޓްރާންސްޕޯޓް ޑިވިޝަންގެ ސެކްޝަން ޗީފް ކެޓްރިން ލޫގާ ވަނީ މިއަހަރުގެ އޭޕްރީލް މަހުގެ ނަވާވީސް ވަނަ ދުވަހު މާލޭގެ މޭޔަރު އާދަމް އަޒީމްއާ ބައްދަލުކުރައްވައި ރަސްމީކޮށް މަޝްވަރާކުރައްވާފައެވެ.

މި ދިރާސާގެ މަރުހަލާގައި މައިގަނޑު ގޮތެއްގައި ދެނެގަންނަނީ ގްރޭޓާ މާލެ ސަރަހައްދުގެ ރައްޔިތުން ގެންގުޅޭ އުޅަނދުތަކުގެ އަދަދާއި، ދަތުރުފަތުރު ކުރުމުގައި ބޭނުންކުރާ ވަސީލަތްތަކުގެ އިތުރުން ދިމާވާ ދަތިތަކެވެ. މި މަސައްކަތުގައި ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމަންޓް ޔުނިޓުގެ ވިހި މުވައްޒަފުން އަމަލީ ގޮތުން ހަރަކާތްތެރިވަމުންދާއިރު، މިހާތަނަށް މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ އެއްހާހަށްވުރެ ގިނަ ގޭބިސީއަށް ޒިޔާރަތްކޮށް ވަނީ މައުލޫމާތު އެއްކޮށްފައެވެ. ގޭގެއަށް ހިނގައިގެން މައުލޫމާތު އެއްކުރުމުގެ އިތުރުން، ވީހާވެސް ގިނަ ރައްޔިތުންގެ ހިޔާލު ހޯދުމަށްޓަކައި ސިޓީ ކައުންސިލުން އާންމުކޮށްފައިވާ ހާއްސަ ފޯމެއް މެދުވެރިކޮށް އޮންލައިންކޮށް ބައިވެރިވުމުގެ ފުރުސަތުވެސް މިހާރު ވަނީ ހުޅުވާލާފައެވެ.

HajjCop_ads
Advertisement

މި ދިރާސާއިން އެއްކުރެވޭ މައުލޫމާތުތަކަށް ބިނާކޮށް، ދަތުރުފަތުރުގެ ދާއިރާގެ ފަންނީ ބޭފުޅުންނާއެކު ކުރިއަށްގެންދާ ހާއްސަ މަސައްކަތު ބައްދަލުވުމެއް ބޭއްވުމަށްވެސް މިހާރު ވަނީ ތާވަލުކުރެވިފައެވެ. މީރުމާ ހޮޓެލްގައި އަންނަ ޖުލައި މަހުގެ ވިހިން އެކާވީހަށް ބޭއްވުމަށް ހަމަޖެހިފައިވާ މި ބައްދަލުވުމުގައި، ދިރާސާގެ ހޯދުންތަކުގެ މައްޗަށް ބަހުސްކޮށް، މާލޭގެ މަގުތަކަކީ ތޮއްޖެހުން ކުޑަ އަދި ހިނގާ މީހުންނަށް އަމާން ތަނަކަށް ހެދުމަށްޓަކައި އަޅާނެ ފިޔަވަޅުތައް ކަނޑައަޅާނެއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

88887

މާލޭގެ އުސް އިމާރާތްތަކުގެ ފެނުގެ ޕްރެޝަރުގެ މައްސަލައަށް ހައްލެއް ހޯދުމަށް މާލެ ސިޓީ ކައުންސިލުން މަސައްކަތް ފަށައިފި

88887

މާލޭގައި ދިރިއުޅޭ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރުމަށް ކައުންސިލްތަކަށް ހިލޭ ޖާގަ ދޭން ނިންމައިފި

Io

މާލޭގައި އަލަތު ކައިވެނީގެ ވަލީމާއަށް ހިލޭ ޖާގަ ދޫކުރަން ސިޓީ ކައުންސިލުން ނިންމައިފި

Igmh

ވިލިމާލެއިން 37.7 ޓަނުގެ ކުނި ނަގައި، ސާފުކުރުމުގެ ބޮޑު ހަރަކާތެއް ކުރިއަށް ގެންގޮސްފި