ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕޭޕަލްގެ ޚިދުމަތާ 3،280 ފަރާތަކުން ގުޅިއްޖެ: ރައީސް

raees muiz
TTH_Ads
Maldivian_Ads
STO_Ads
Advertisement

ރާއްޖެއަށް އަލަށް ތަޢާރަފުކުރި ޕޭޕަލްގެ ޚިދުމަތާ 3280 ފަރާތަކުން ގުޅިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެއަށް ޕޭޕަލް ތަޢާރަފުކުރުމާ ގުޅިގެން ނޫސްވެރިއަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޕޭޕަލްގެ ޚިދުމަތް ރާއްޖެ ގެނައުމަކީ ކުރީގެ ސަރުކާރުތަކުން މަސައްކަތް ކުރި ނަމަވެސް ކާމިޔާބުނުވެ އޮތް ކަމެއް ކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ސަރުކާރުން ފުރަތަމަ ދުވަހުން ފެށިގެން ކުރެއްވި މަސައްކަތުން މިއަދު އެކަން ކާމިޔާބު ކުރެވިފައިވާ ކަމަށާއި ދެން މަސައްކަތް ކުރައްވާނީ އެ ޚިދުމަތް އިތުރަށް ފުޅާ ކުރުމަށް ކަމަށްވެސް ވިދާޅުވިއެވެ.

HajjCop_ads
Advertisement

ރައީސް ވިދާޅުވީ، ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ތަޢާރަފުކުރެވުނުތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ތަރުޙީބެއް ލިބިފައިވާ ކަމަށެވެ. މިހާތަނަށް 3،280 ފަރާތަކުން އެ ޚިދުމަތުގައި ބައިވެރިވުމަށް އެކައުންޓު ލިންކުކޮށްފައިވާއިރު 2،159 ފަރާތަކުން ވޮލެޓް އެކްޓިވޭޓްކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“ހަގީގަތުގައި ރާއްޖޭގެ މައިކްރޯ އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި ވަރަށް ބޮޑުކުރިއެރުމެއް ލިބޭކަމެއް ދުނިޔޭގެ އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރާ އެއްޗަކީ ޕޭޕަލް ކަމަށްވާއިރު މިކަން ރާއްޖެއަށް ތަޢާރަފުވެގެން ދިޔުމަކީ. ދެން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ދާނީ އިތުރު ކުރިއެރުންތައް ހޯދަމުން މީގެ ތެރެއިން. ޕޭޕަލްއާ ގުޅިގެން، އުރީދުއާ ގުޅިގެން، އަޅުގަނޑުމެން ގެންދާނީ އިތުރު ކަންކަން ތަޢާރަފުކުރުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށްގެންދަމުން.” ރައީސް

ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ރަސްމީކޮށް ތަޢާރަފުކުރި މި މަހުގެ 15ވަނަ ދުވަހުއެވެ. ޒަމާނީ އޮންލައިން ޕޭމެންޓް ސިސްޓަމްތައް ހިމެނޭހެން އީވޮލެޓް ތާޢަރްފްކުރުމާއި، މާލީ މުޢާމަލާތުތަކަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.

ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ދޭންފެށީ ޕޭޕަލްއާއި އުރީދޫ އާ ދެމެދު ޤާއިމުކޮށްފައިވާ ސީމްލަސް އިންޓަގްރޭޝަންގެ ތެރެއިން އުރީދޫ އެމް-ފައިސާ މެދުވެރިކޮށެވެ. ޕޭޕަލްގެ ޚިދުމަތް ރާއްޖޭގައި ޤާއިމުކުރުމާއެކު މިހާރު ރާއްޖެ ހިމެނިގެން ދަނީ މި ސަރަޙައްދުގެ އެންމެ ކުރިއަރާފައިވާ ޑިޖިޓަލް އިޤްޠިޞާދުތަކުގެ ލިސްޓުގައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

SIDS GBN Forum

ކުދި ޖަޒީރާ ޤައުމުތަކުގެ އިޤުތިޞާދުތަކަކީ އީޖާދުކުރުމަށް ހުރި ވަސީލަތްތަކެއް: ރައީސް

muiz

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ ގާނޫނަށް ގެނައި އިސްލާހު ރައީސް ތަސްދީގު ކުރައްވައިފި

raees muiz

ނޭޝަނަލް ޕޭމަންޓް ސްވިޗް ޤާއިމުކުރުމުގެ ބިލު ތަސްދީޤުކުރައްވައިފި

raees muiz

ކުނި މެނޭޖުކުރުމުގެ ގާނޫނަށް ގެނައި އިސްލާހު ރައީސް ތަސްދީގުކުރައްވައިފި