ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފަހުވަގުތު ދެކުނު އެފްރިކާ ބަލިކޮށް ގަދަ 16 ޔަޤީންކުރި ފުރަތަމަ ޤައުމަކަށް ކެނެޑާ

Download (6)
STO_Ads
Maldivian_Ads
TTH_Ads
Advertisement

ފީފާ ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ފުރަތަމަ ކަށަވަރުކުރި ޤައުމަކަށް މުބާރާތް ބާއްވާ އެއް ޤައުމުކަމަށްވާ ކެނެޑާ ވެއްޖެއެވެ.

މުބާރާތުގެ ދެވަނަ ބުރު ރޭ ވަނީ ފަށާފައެވެ. ނޮކްއައުޓް މިބުރުގައި ފުރަތަމަ ބައްދަލުކުރީ ކެނެޑާއާއި ސައުތު އެފްރިކާއެވެ. މި މެޗު ކެނެޑާ ކާމިޔާބުކުރީ ދެކުނު އެފްރިކާގެ މައްޗަށް 0-1އިން ކުރި ހޯދައިގެންނެވެ. މެޗުގެ ހަމައެކަނި ލަނޑު، އިތުރު ވަގުތުގެ 2ވަނަ މިނެޓުގައި ކެނެޑާއަށް ކާމިޔާބުކޮށްދިނީ ސްޓީފަން އެސްޓާކިއޯއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ނަތީޖާ ނެރުމަށް އިތުރު ވަގުތުގެ ދެ ހާފަށް ތައްޔާރުވެފައި ވަނިކޮށް، އެސްޓާކިއޯ ވަނީ ޕެނަލްޓީ އޭރިއާގެ ބޭރުން ފޮނުވާލި ބާރު ހަމަލާ ގޯލުގެ ތިރީ ކަނަށް ވަށްދާ ކެނެޑާއަށް މުހިންމު މޮޅެއް ހޯދައިދީފައެވެ.

ކެނެޑާއަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ، އަނިޔާގެ ސަބަބުން ގްރޫޕް ސްޓޭޖުގެ މެޗުތައް ގެއްލުނު އަލްފޮންސޯ ޑޭވީސް އަލުން ޓީމާ ގުޅުމެވެ. ބަޔާން މިއުނިކަށް ކުޅޭ ޑޭވީސްއަށް އަނިޔާވީ މިދިޔަ މެއި މަހު ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ޕީއެސްޖީ އާ ދެކޮޅަށް ކުޅުނު މެޗުގައެވެ.

HajjCop_ads
Advertisement

މި މުބާރާތުގެ ކުރިން ކެނެޑާ ކުޅުނު ވޯލްޑް ކަޕްގެ ހުރިހާ މެޗަކުން އެ ގައުމު ވަނީ ބަލިވެފައެވެ. ނަމަވެސް މި ފަހަރުގެ މުބާރާތުގައި އެ ޓީމުން އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

6a892d02a3106bc5df926f9e (1)

ޕަރޭޑޭސް 10 މެޗަށް، އަޔާލާ 3 މެޗަށް ސަސްޕެންޑުކޮށް، އާޖެންޓީނާ 321،000 ޑޮލަރުން ޖޫރިމަނާކޮށްފި

172882787cb5b5fc4723e9a8ed737981

ފީފާގެ ވިޔަފާރި ކުންފުންޏަށް އިންވެސްޓްކުރަނީ ޓްރަމްގެ އާއިލާ ކުންފުންޏަކުން!

QQE6U73G7VLQFAQV6RS5CL324U

އިންފަންޓީނޯގެ ޕްލޭނަށް ތާޢީދުކުރާ ކޮންމެ ޤައުމަކަށް 40 މިލިޔަން ޑޮލަރު ދެނީ!

Screenshot 2026 07 23 at 20.05.52

ފީފާގެ ޑްރީމް ޓީމުގައި އެމްބާޕޭ، މެސީ، ރޮޑްރީ، އަދި ކާބޯވޭޑޭގެ ކީޕަރު