ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވޯލްޑްކަޕް ތާރީޚުގެ ފުރަތަމަ މޮޅާއެކު ކެނެޑާ މުބާރާތުގެ ދެވަނަ ބުރަ ގާތަށް

Images (1)
STO_Ads
TTH_Ads
Advertisement

ވޯލްޑްކަޕް ތާރީޚުގެ ފުރަތަމަ މޮޅާއެކު ކެނެޑާއިން މުބާރާތުގެ ދެވަނަ ބުރުގެ އުންމދީދު އައުކޮށްފިއެވެ. މިއީ ކެނެޑާ ވޯލްޑްކަޕްގައިި ކުޅޭ ތިންވަނަ ފަހަރެވެ.

މީގެ ކުރިން ކެނެޑާ ވޯލްޑްކަޕްގައި ކުޅެފައި ވަނީ އެންމެ ފަހުން އޮތް 2022ގެ އިތުރުން 1986 ގައި މެކްސިކޯގައި ބޭއްވި މުބާރާތުގައެވެ. އެ ދެމުބާރާތުންވެސް ކެނެޑާއަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

9 ކުޅުންތެރިންނާއެކު ކުޅެމުންދިޔަ ޤަތަރުގެ މައްޗަށް ކެނެޑާ ކުރި ހޯދީ 0-6ގެ ނަތީޖާއަކުންނެވެ. ތާރީހީ މޮޅާ އެކު ކެނެޑާ ވަނީ މި އަހަރުގެ މުބާރާތުން ދެވަނަ ބުރުގެ ޖާގައަކާ ގާތަށް ޖެހިލައިފައެވެ. ގްރޫޕް ބީގައި ކެނެޑާއާއި ސްވިޒަލެންޑްވެސް ވަނީ ދެ މެޗުން ހަތަރު ޕޮއިންޓް ހޯދާފައެވެ. މި ގުރޫޕްގައި ދެން ހިމެނޭ ގަތަރާއި ބޮސްނިއާ އެންޑް ހާޒިގޮވީނާއަށްވެސް ދެ މެޗުން ލިބިފައި ވަނީ އެއް ޕޮއިންޓެވެ.

MMA_Ads
HajjCop_ads
Advertisement

ޤަތަރާ ދެކޮޅަށް ކުޅުނު މެޗުގެ 16 ވަނަ މިނިޓުގައި ކެނެޑާއަށް ލީޑު ނަގައިދިނީ، ފުރަތަމަ މެޗުގައިވެސް އެ ޓީމަށް ޖަނޑު ޖަހައިދިން ސައިލް ލާރިންއެވެ. އަދި ޖޮނަތަން ޑޭވިޑް ވަނީ 29 ވަނަ މިނިޓުގައި ކެނެޑާއަށް ލީޑު ފުޅާ ކޮށްދީފައެވެ. ލީޑު ފުޅާ ކުރިތާ ހަތަރު މިނިޓް ފަހުން ގަތަރުގެ ހުމާމް އަލް އަމީން މުހައްމަދު އަހުމަދު ވަނީ ކެނެޑާގެ ޓޯޔާން ބުޗްނާންއަށް ފައުލް ކުރުމާ ގުޅިގެން ރެފްރީ ރީނދޫ ކާޑެއް ދައްކައި، ކެނެޑާއަށް ޕެނަލްޓީއެއް ދޭން ނިންމި ނަމަވެސް ވީއޭއާރު ރިވިއުއަށް ފަހު، ފައުލް ކުރީ އޭރިއާ ރޮނގު މަތިންކަމަށް ބަލައި ހިލޭ ޖެހުމަކަށް ބަދަލުކޮށް، ހުމާމް އަށް ވަނީ ސީދާ ރަތް ކާޑެއް ދައްކައިފައެވެ.
443494 3 5ba58b6c52944dfe894e0d70eb2dc9bf31255916

ޖޮނަތަން ޑޭވިޑް ވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އޭނާގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްފައެވެ.

ޤަތަރުން ނުވަ ކުޅުންތެރިންނަށް ބަދަލުވީ 50 ވަނަ މިނިޓުގައި އާސިމް މާދީބޫ ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން އޭނާއަށް ސީދާ ރަތް ކާޑެއް ދެއްކުމާއި ގުޅިގެންނެވެ. ކެނެޑާގެ އިސްމާއިލް ކޯނޭ އަށް ކުރި މި ފައުލާ ގުޅިގެން ކޯނޭ، 24ގެ ފައި ބިނދިފައި ވާތީ ސާޖަރީ ކުރަން ޖެހިފައިވާ ކަމަށް ކޯޗު ޖެސީ މާޝް ވަނީ މެޗަށް ފަހުބުނެފައެވެ.

ކެނެޑާގެ ހަތަރުވަނަ ލަނޑު 64 ވަނަ މިނިޓުގައި ހިލޭޖެހުމަކުން ކާމިޔާބު ކުރީ ޒުވާން މިޑްފީލްޑަރު ނޭތަން ސަލިބާއެވެ. އަދި ފަސްވަނަ ލަނޑަކީ 75 ވަނަ މިނިޓުގައި ގަތަރުގެ މުހައްމަދު މަނާއީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.  އޭނާގެ ހެޓްރިކް ފުރިހަމަ ކުރީ މެޗުގެ އިތުރު ވަގުތުގެ ދެވަނަ މިނިޓުގައެވެ.

MWSC_ads
MPL_Ads
Advertisement
MMA_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Download (1)

ނޮކްއައުޓުން ޖާގަ ކަށަވަރުކުރި ފުރަތަމަ ޓީމަކަށް މެކްސިކޯ

A1a8b542 4907 495e 8bfa f6a7eb1bfeb9

މިރޭގެ މެޗުގެ ހުރިހާ ޕްރެޝަރެއްވެސް އޮތީ ކެނެޑާއަށް

2282082954

ތަރިންގެ ޕޯޗްގަލްއަށް އާދައިގެ ފެށުމެއް

Screenshot 2026 06 18

ކާބޯ ވާޑޭގެ ކީޕަރުގެ މަންމައަށް އެންމެފަހުން އެމެރިކާއިން ވިސާ ދީފި