ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ކޮންގް ޝިންހުއާ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަޙްމަދު ސަލީމްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުން އޮތީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގަ އެވެ.
މި ބައްދަލްވުމާއި ގުޅޭ އިތުރު ތަފްސީލެއް މަޖިލީހުގެ އިދާރާއަކުން ހާމައެއް ނުކުރެ އެވެ. ބައްދަލްވުމުގެ ފޮޓޯތައް ހިއްސާކޮށް އެ އިދާރާއިން ބުނީ ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ކޮންގް ޝިންހުއާ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަޙްމަދު ސަލީމްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާފައިވާ ކަމަށެވެ.
މި ބައްދަލްވުމުގައި ނާއިބު ރައީސް އަޙްމަދު ސަލީމްގެ އަރިހުގައި މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނައުފަލް ބައިވެރިވެވަޑައިގެންނެވި އެވެ.












ކިޔުންތެރިންގެ ހިޔާލު