ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މުލީ ފިޓްނަސް ސެންޓަރުގެ މަސައްކަތުގެ 70 އިންސައްތަ ނިމިއްޖެ

Igmh
TTH_Ads
STO_Ads
Advertisement

މ. މުލީގައި ގާއިމުކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތުގެ 70 އިންސައްތަ ނިމި، އެ ރަށުގެ ކުޅިވަރުގެ ވަސީލަތްތައް ތަރައްގީކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާކަން ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވި ގޮތުގައި، އެ ވުޒާރާގެ ވަޒީރު އަބްދުﷲ ރާފިއު ވަނީ މުލީގައި މިހާރު ކުރިއަށްދާ ކުޅިވަރު މަޝްރޫއުތައް ބައްލަވާލައްވައި، މަސައްކަތްތަކުގެ ފެންވަރާއި ކުރިއެރުމާ ގުޅޭގޮތުން މައުލޫމާތު އޮޅުންފިލުއްވާފައެވެ. މި މަޝްރޫއުގެ ތެރެއިން އެންމެ ބާރު ސްޕީޑުގައި ކުރިއަށްދާ އެއް މަސައްކަތަކީ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތްކަމަށްވާއިރު، މިހާރު އޭގެ 70 އިންސައްތަ ނިމިފައިވާކަމަށް އެ ވުޒާރާއިން ބުނެއެވެ.

ފިޓްނަސް ސެންޓަރުގެ އިތުރުން، މުލީގައި ގާއިމުކުރާ ކުޅިވަރުގެ އެހެނިހެން ވަސީލަތްތަކުގެ މަސައްކަތްތައްވެސް ހަލުވިކަމާއެކު ކުރިއަށްދާކަން ފާހަގަކުރެވެއެވެ. އެގޮތުން، ރަށުގެ އައުޓްޑޯ ޖިމްގެ މަސައްކަތްތަކާއި ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތްތައް މިހާރުވަނީ ނިމިފައެވެ. ފުޓްބޯޅަ ދަނޑުގެ ބާކީ ހުރި މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ފެންސް ޖެހުމާއި، ދަނޑަށް ބޭނުންވާ ލައިޓިން ނިޒާމު ހަރުކުރުމުގެ މަސައްކަތެވެ.

HajjCop_ads
Advertisement

ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ރައްޔިތުންގެ ދުޅަހެޔޮކަން އިތުރުކޮށް، ކަސްރަތުކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫއުތަކަކީ ޒުވާނުންނާއި ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ހިތްވަރު ދިނުމަށް ކުރާ ބޮޑު އިންވެސްޓްމެންޓެއްކަމަށް ސަރުކާރުން ފާހަގަކުރައްވައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޓްރީޓޮޕް ހޮސްޕިޓަލުގެ ހެލްތު ކޭމްޕް މ. މުލީ ރީޖަނަލް ހޮސްޕިޓަލުގައި ކާމިޔާބުކަމާއެކު ނިންމާލައިފި

423442 6a9b6e94 9

މުލީގައި އެޅުމަށް ހަމަޖެހިފައިވާ 300 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް އަންނަ އަހަރު ފެށޭނެ: ރައީސް

Uuuuuuuuuuuus

މުލީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި

Mal

މުލީ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި