ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕެންޝަން އޮފީހުގެ ސީއެސްއާރު ގްރާންޓަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

43
TTH_Ads
Maldivian_Ads
STO_Ads
Advertisement

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ކުރިއަށް ގެންދާ ސީއެސްއާރު ގްރާންޓުގެ ދަށުން، 2 ލައްކަ ރުފިޔާއާ ހަމައަށް މާލީ އެހީތެރިކަން ހޯދުމުގެ ފުރުސަތު އެ އޮފީހުން ހުޅުވާލައިފިއެވެ.

މި ޕްރޮގްރާމަކީ ތަފާތު ދާއިރާތަކުން އިޖުތިމާއީ ފެންވަރުގައި ހިންގާ ހަރަކާތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޕެންޝަން އޮފީހުން ކުރިއަށް ގެންދާ ހަރަކާތެކެވެ. މި މަސައްކަތުގެ މައިގަނޑު އަމާޒަކީ މުޖުތަމައުއަށް ފައިދާހުރި ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ހިތްވަރު ދިނުމާއި އެ ފަދަ މަޝްރޫއުތައް ކާމިޔާބުކަމާއެކު ހިންގުމަށް އެހީތެރިވުމެވެ.

ޕެންޝަން އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، މި ގްރާންޓުގެ ދަށުން އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ އަމިއްލަ ޖަމިއްޔާތަކާއި ތައުލީމާއި ތަމްރީނު ދޭ ފަރާތްތަކުން ހިންގާ ޕްރޮގްރާމްތަކަށެވެ. މީގެ އިތުރުން، މާލީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ހިންގާ ޕްރޮގްރާމްތަކަށް ވެސް މި އެހީގެ ދަށުން ފުރުސަތު ލިބިގެންދާނެއެވެ. ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް 2 ލައްކަ ރުފިޔާއާ ހަމައަށް މާލީ އެހީ ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

HajjCop_ads
Advertisement

މި ގްރާންޓަށް ޕްރޮޕޯސަލް ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހުގެ ސުންގަޑިއަކީ އަންނަ ޖުލައި މަހުގެ 23 ވަނަ ދުވަހުގެ 16:00 އެވެ. މި މުއްދަތުގެ ކުރިން ޕްރޮޕޯސަލްތައް ހުށަހެޅުމަށް ޕެންޝަން އޮފީހުން އިލްތިމާސްކުރެއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

88887

ޕެންޝަން އޮފީހުގެ ސީއޯއޯގެ މަގާމުން ޝިއުނާ ސަސްޕެންޑުކޮށްފި

Yazmeed

ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު

Yazmeed

ޕެންޝަން އޮފީހުގެ ސީއީއޯއަކަށް ޔަޒްމީދު

Io

ޕެންޝަން އޮފީހުގެ ބޯޑަށް ޕްރައިވެޓް ސެކްޓާގެ ދެ މެންބަރުން ހޯދަނީ