ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ވިސާ ފީ ދެއްކުމަށް ބީއެމްއެލްގެ ކާޑަށް ލިމިޓު ދެނީ

bml
ބީއެމްއެލް ހެޑް އޮފީސް —
TTH_Ads
Maldivian_Ads
STO_Ads
Advertisement

ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ވިސާ އަށް ފައިސާ ދެއްކުމަށް ބޭންކަށް އެދި ހުށަހެޅުމުން ކާޑަށް ލިމިޓް ދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ނިންމައިފިއެވެ.

މިކަމާ ގުޅޭގޮތުން ބީއެމްއެލްގެ ސްޕޯކްސްޕާސަން މުހައްމަދު ސައީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުން ވިސާ އަށް ފައިސާ ދެއްކުމުގައި މީގެކުރިން އަމަލުކުރަމުން އައީ “ކޭސްބައި ކޭސް” އުސޫލުން ބެލުމަށްފަހު ކާޑަށް ލިމިޓް ދޫކުރުމުގެ އުސޫލުން ކަމަށެވެ. ނަމަވެސް، މިއަދުން ފެށިގެން އެ އުސޫލަށް ބަދަލު ގެނެސް، ހުރިހާ ދަރިވަރުންނަށްވެސް ފަސޭހަކަމާއެކު ވިސާ ފީ ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ބަދަލާއެކު، ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުން ވިސާ އަށް ފައިސާ ދެއްކުމަށް ބޭންކަށް އެދި ހުށަހެޅުމުން، ކާޑަށް ލިމިޓް ދިނުމަށް މިހާރު ވަނީ ނިންމާފައެވެ. ސައީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ބަދަލު ގެނެސްފައިވަނީ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އެހީތެރިކަމާއެކުގައެވެ.

HajjCop_ads
Advertisement

މީގެ ކުރިންވެސް ބޭންކުން ވަނީ ދަރިވަރުންނަށް ބޭނުންވާ ޓިއުޝަން ފީ އާއި ދިރިއުޅުމުގެ ހަރަދުތަކަށް ބޭރު ފައިސާ ފަސޭހަކަމާއެކު ހަމަޖެއްސޭނެ އިންތިޒާމުތަކެއް ގާއިމުކޮށްފައެވެ.

އެގޮތުން، ބޭރު ފައިސާއިން މުއާމަލާތް ކުރުމަށްޓަކައި ދަރިވަރުންގެ ރުފިޔާ ކާޑަށް މަހަކު 1,200 ޑޮލަރުގެ ލިމިޓެއް ކަނޑައަޅާފައިވާއިރު، ދަރިވަރުން ނުވަތަ ބެލެނިވެރިޔާގެ ރުފިޔާ އެކައުންޓުން ޓިއުޝަން ފީ އާއި ތައުލީމާ ގުޅުންހުރި އެހެން ހަރަދުތަކަށް ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) މެދުވެރިކޮށް ފައިސާ ފޮނުވުމުގެ ފުރުސަތުވެސް ބޭންކުން އަންނަނީ ދެމުންނެވެ.

މީގެ އިތުރުން، ހަޔާ އެޑިއުކޭޝަނުން ކަނޑައަޅާފައިވާ ސްޓައިޕެންޑާއި ދަރިވަރުންގެ އެހެން ބޭނުންތަކަށް ބޭނުންވާ ފައިސާ، ރާއްޖޭގެ ރުފިޔާ އެކައުންޓުން ދަރިވަރުން ބޭރުގައި ބޭނުންކުރާ އެކައުންޓަށް ފޮނުވޭނެ އިންތިޒާމުވެސް ބޭންކުން ވަނީ ހަމަޖައްސައިދީފައެވެ. ބޭންކުން ބުނީ މިއީ ކިޔެވުމާއި ދިރިއުޅުމުގެ އެކި ކަންކަމަށް ބޭނުންވާ ފައިސާ އެއްވެސް މެދުކެނޑުމެއް ނެތި ދަރިވަރުންނަށް ލިބޭނެކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތެއް ކަމަށެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ލޯނުތައް އިސްލާމިކް ފައިނޭންސިން ފެސިލިޓީއަށް ބަދަލުކުރުމަށް ޚާއްސަ އޯޕަން ޑޭއެއް ބާއްވަނީ

bml

ކަސްޓަމަރުންނަށް ކޮންމެ މަހަކު 81 މިލިޔަން ޑޮލަރު ވިއްކާފައިވޭ: ބީއެމްއެލް

bml

އާންމު ފަރުދުން އަލަށް ހުޅުވާ އެކައުންޓްތަކާއި ލޯނުތައް އިސްލާމިކް ބޭންކިންގ އުސޫލުން ފޯރުކޮށްދިނުމަށް ބީއެމްއެލް އިން ނިންމައިފި

bml

އީ-ކޮމާސް މުއާމަލާތްތަކަށް މަހަކަށް 16 މިލިއަން ޑޮލަރު ބީއެމްއެލްއިން ކަނޑައަޅައިފި