ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުޑަކުޑަ ކޭޕް ވާޑޭއިން އުރުގުއޭވެސް ހިފަހައްޓައިފި

Images
TTH_Ads
STO_Ads
Advertisement

ކުޑަކުޑަ ކޭޕް ވާޑޭއިން ވޯލްޑުކަޕްގައި ކުޅުނު ދެވަނަ މެޗުގައި ވަރުގަދަ އުރުގުއޭވެސް ހިފަހައްޓައިފިއެވެ.

ވޯލްޑް ކަޕްގައި މުޅިން އަލަށް ވާދަކުރާ، އަދި މުބާރާތުގައި ބައިވެރިވި އެންމެ ކުޑަ އެއް ގައުމު ކަމަށްވާ ކޭޕް ވާޑޭއިން ވަނީ އެ ޓީމުން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ސްޕެއިންއާ އެއްވަރުކޮށް ޕޮއިންޓެއް ހޯދާފައެވެ. ކޭޕް ވާޑޭ އިން މެޗު އެއްވަރުކުރީ 2-2ގެ ނަތީޖާއަކުންނެވެ. ވާދަވެރި ކުޅުމެއް ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީވެސް ކޭޕް ވާޑޭއިންނެވެ. ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެވިން ޕިނާއެވެ.

މެޗުގައި އުރުގުއޭއިން ނަތީޖާ ހަމަހަމަކުރީ ފުރަތަމަ ހާފުގެ 45 މިނެޓުގެ ކުޅުން ހަމަވާޏް މިނެޓަކަށްވެފައި ވަނިކޮށް، މެކްސިމިލިއާނޯ އަރައުހޯ ކާމިޔާބުކުރި ލަނޑުންނެވެ. އަދި މި ހާފުގެ ފުރިހަމަވަގުތު ހަމަވެ ދެއްކި އިތުރުވަގުތުގެ ހަވަނަ މިނެޓުގައި އެގަސްޓިން ކެނޯބިއޯ ވަނީ މެޗުގައި އުރުގުއޭއަށް ލީޑުނަގައިދީފައެވެ. މެޗުގެ ނަތީޖާ ކޭޕް ވާޑޭއިން ހަމަހަމަކުރީ ދެވަނަ ހާފުގައި، މެޗުގެ 61 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހީލިއޯ ވަރޭލާއެވެ. މި ނަތީޖާއާއެކު ގްރޫޕް އެޗްގެ އެއްވަނައިގައި 4 ޕޮއިންޓާއެކު ސްޕެއިން އޮތްއިރު، އުރުގުއާއީ އަދި ކޭޕް ވާޑޭއަށްވެސް ލިބިފައިވަނީ 2 ޕޮއިންޓެވެ.

HajjCop_ads
MMA_Ads
Advertisement

MWSC_ads
MPL_Ads
Advertisement
MPL_Ads
MMA_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Afp 6a38a62ca3f7

ސަލާޙްގެ ލަނޑާއެކު ވޯލްޑްކަޕްގައި މިޞްރަށް ފުރަތަމަ މޮޅު

2429

އީރާނުން ބެލްޖިއަމް މޮޅުވިޔަ ނުދީ ހިފަހައްޓައިފި

4724000

ސްޕެއިންގެ ސްޓައިލްގައި ސަޢުދީގެ މައްޗަށް ކުރިހޯދައި ގްރޫޕްގެ އެންމެ ކުރިއަށް

Images (1)

ވޯލްޑްކަޕް ތާރީޚުގެ ފުރަތަމަ މޮޅާއެކު ކެނެޑާ މުބާރާތުގެ ދެވަނަ ބުރަ ގާތަށް