ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގިރިފުށީގެ ބިން ހިއްކުމާއި ބަނދަރު އަޕްގްރޭޑްކުރުމުގެ ބޮޑު މަޝްރޫޢު ރަސްމީކޮށް އިފުތިތާހުކޮށްފި

Photo 6176797549231017894 y
STO_Ads
TTH_Ads
Advertisement

ކ. ގިރިފުށީގައި ދިވެހި އަސްކަރިއްޔާގެ ތަމްރީނުތަކަށް ޚާއްޞަކޮށްގެން ހިންގާ ބިން ހިއްކުމާއި، ބިން ހިމާޔަތްކުރުމުގެ އިތުރުން ބަނދަރު އަޕްގްރޭޑްކުރުމުގެ ބޮޑު މަޝްރޫޢު، ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު އޮނަރަބަލް ޙަސަން ރަޝީދު މިއަދު ރަސްމީކޮށް އިފުތިތާހުކޮށްދެއްވައިފިއެވެ.

މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި އެކަށައަޅުއްވާފައިވާ އިސްތިރާޖީ ލަނޑުދަނޑިތަކުގެ ދަށުން ފެށިގެންދާ އެންމެ ބޮޑު އެއް މަޝްރޫޢެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤުޞަދަކީ ޤައުމީ ދިފާޢީ ބާރަށް ބޭނުންވާ ތަމްރީނުގެ ޒަމާނީ ވަސީލަތްތައް ޤާއިމުކޮށް، ސިފައިންގެ ހުނަރާއި ޤާބިލުކަން އިތުރުކޮށްދިނުމެވެ. އަދި މި މަޝްރޫޢު ނިމުމުން ގިރިފުށި ވެގެންދާނީ ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނުތަކުގެ މައި މަރުކަޒަށް ކަމުގައި ދިފާޢީ ވުޒާރާއިން ފާހަގަކުރެއެވެ.

މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، މިހާރު ގިރިފުށީގައި އޮތް 5.7 ހެކްޓަރުގެ ބިމުގެ ތެރެއަށް އިތުރު 13.3 ހެކްޓަރުގެ ބިން ހިއްކައިގެން އިތުރުކުރެވޭނެއެވެ. މިއާއެކު އައްސޭރިފަށުގެ ހިމާޔަތަށް ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި، ރަށްގިރުން ހުއްޓުވުމަށް ބޭރުތޮށްޓާއި ގްރޮއިންސް ޤާއިމުކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާނެއެވެ. މީގެ އިތުރުން އުޅަނދުފަހަރު ކައިރިކުރުމަށް އެލް-ބްލޮކް ކީ-ވޯލްއެއް ހެދުމާއި، 40 މީޓަރު އަދި 12 މީޓަރުގެ ދެ ޖެޓީ ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިހާރު ބޭނުންކުރަމުންދާ 100 މީޓަރުގެ ފަޔަރިންގ ރޭންޖުގެ ބަދަލުގައި، 300 މީޓަރުގެ ސްމޯލް އާމްސް ރޭންޖެއް މި ރަށުގައި ތަރައްޤީކުރެވިގެންދާނެއެވެ.

HajjCop_ads
Advertisement

Photo 6176797549231017893 y

މި މަޝްރޫޢުގެ މަސައްކަތްތައް ނިމުމުން، ދިވެހި އަސްކަރިއްޔާގެ އޮފިސަރ ޓްރޭނިންގ ވިންގާއި އެންސީއޯ އެކެޑަމީގެ ތަމްރީނުތަކަށް ބޭނުންވާ ފުރިހަމަ އުމްރާނީ ވަސީލަތްތަކާއި އެކޮމޮޑޭޝަން ފެސިލިޓީތައް ގިރިފުށީގައި ޤާއިމުކުރެވޭނެއެވެ. މި މުހިންމު މަޝްރޫޢު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އަދި އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްގެ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް ޑޮކްޓަރ ޙުސައިން އިބްރާހީމް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފް ނަޞްރުﷲ ވަސީމާއި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީގެ އިތުރުން ދިފާޢީ ވުޒާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MNDF

ފްރެންޑް 4 ދޯނިން ގެއްލުނު މީހުން ހޯދަން ބޭރުގެ އެހީތެރިކަން ހޯދަނީ

ލ. މާމެންދޫ ކަނބަލުންނަށް ސިފައިން ކުރިއަށްގެންދިޔަ މޫދު ކަސްރަތު ޕްރޮގްރާމް ނިންމާލައިފި

ދޯންޏެއް އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު މީހުން ހޯދުމަށް ވަޔާއި ކަނޑުމަގުން ބޮޑު ސަރަޙައްދެއް ބަލައިފި

moosun

މުދާ އުފުލާ ދޯންޏެއް އަޑިއަށް ގޮސް އެ ދޯނީގެ ކެޕްޓަނާއި ސިފައިންގެ ބޭކަލަކާއި ފުލުހަކު ގެއްލިގެން ހޯދަން ފަށައިފި