ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މޭ މަހު ރާއްޖެއިން ދަޅުމަސް ބޭރުކުރި މިންވަރު އިތުރުވެއްޖެ

Igmh
TTH_Ads
STO_Ads
Advertisement

މިދިޔަ މޭ މަހު ރާއްޖެއިން ބޭރުކުރި ދަޅުމަހުގެ ނިސްބަތް އޭޕްރީލް މަހާ އަޅާބަލާއިރު ބޮޑުތަނުން އިތުރުވެފައިވާކަން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ކަސްޓަމްސްއިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، މޭ މަހު ރާއްޖެއިން ޖުމްލަ 98 މިލިޔަން ރުފިޔާގެ މުދާ ވަނީ ބޭރުކޮށްފައެވެ. ރާއްޖެއިން ބޭރުކުރާ މުދަލުގެ އެންމެ ބޮޑުބައެއް ހިއްސާކުރަނީ މަހުގެ ބާވަތްތަކެވެ. މީގެ ތެރޭގައި އެންމެ ގިނައިން ބޭރުކުރަނީ ދަޅުގައި ބަންދުކުރި މަހާއި، ގަނޑުކުރި ކަޅުބިލަ މަހުގެ އިތުރުން ކަންނެލީގެ ބާވަތްތަކެވެ. ތަފާސްހިސާބުތަކުން އެނގޭގޮތުގައި މޭ މަހު ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓުކޮށްފައިވަނީ ދަޅުގައި ބަންދުކުރި މަހެވެ. އަދި ދެވަނައަށް އެންމެ ގިނައިން ބޭރުކޮށްފައިވަނީ ގަނޑުކުރި ކަޅުބިލަ މަހެވެ.

މިދިޔަ އޭޕްރީލް މަހާ އަޅާބަލާއިރު މޭ މަހު ދަޅުމަސް ބޭރުކުރި މިންވަރު ވަނީ 22.5 އިންސައްތަ އިތުރުވެފައެވެ. އޭޕްރީލް މަހު 31 މިލިޔަން ރުފިޔާގެ ދަޅުމަސް ބޭރުކޮށްފައިވާއިރު، މޭ މަހު މި އަދަދު ވަނީ 38 މިލިޔަން ރުފިޔާއަށް އަރާފައެވެ. ރާއްޖޭގެ އިޤްތިޞާދުގައި މުހިންމު ދައުރެއް އަދާކުރާ މަސްވެރިކަމުގެ އުފެއްދުންތައް ބޭރުގެ ބާޒާރުތަކަށް ފޮނުވާ މިންވަރު އިތުރުވުމަކީ ރާއްޖެއަށް ވަންނަ ބޭރު ފައިސާ އިތުރުވުމަށް މަގުފަހިވާނެ ކަމެކެވެ.

HajjCop_ads
Advertisement

މޭ މަހު ރާއްޖެއިން އެންމެ ގިނައިން މަސް ބޭރުކޮށްފައިވަނީ އިނގިރޭސިވިލާތަށެވެ. އެގޮތުން އިނގިރޭސިވިލާތަށް 36 މިލިޔަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓުކޮށްފައެވެ. ދެވަނައަށް އެންމެ ގިނައިން މަސް ބޭރުކޮށްފައިވަނީ ތައިލޭންޑަށެވެ. ތައިލޭންޑަށް 35 މިލިޔަން ރުފިޔާގެ މުދާ ވަނީ ފޮނުވާފައެވެ. މީގެ އިތުރުން ފަރާންސޭސިވިލާތަށް 6 މިލިޔަން ރުފިޔާގެ މުދާ، އިންޑިޔާއަށް 5 މިލިޔަން ރުފިޔާގެ މުދާ އަދި ޖަރުމަންވިލާތަށް 4 މިލިޔަން ރުފިޔާގެ މުދާ ވަނީ ބޭރުކޮށްފައެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

mifco

މިފްކޯ މަސްފިހާރަ ހިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސްފި

Ew

ކަނޑުއޮތްގިރިން މަސްވެރިންނަށް އައިސް ވިއްކަން ފަށައިފި

Igmh

ހުޅުމާލޭގައި ތަރައްގީކުރާ ކަންނެލި ޕެކިން ފެކްޓަރީ 18 މަސްތެރޭގައި ނިމޭނެކަމަށް ވަޒީރު ވިދާޅުވެއްޖެ

Igmh

ކަނޑުއޮތްގިރީގައި އައިސް ޕްލާންޓަކާއި ހިކިމަސް ކާރުޚާނާއެއް ހުޅުވައިފި