ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސަޢުދި ޢަރަބިއްޔާއާއި އުރުގުއޭގެ ކުރިމަތިލުން މިރޭ

Hq720
STO_Ads
TTH_Ads
Advertisement

މިއީ ސަޢުދި ޢަރަބިއްޔާއިން ފީފާ ވޯލްޑްކަޕްގައި ވާދަކުރާ ހަތްވަނަ ފަހަރެވެ. އެޤައުމުން އެންމެ ފުރަތަމަ ވޯލްޑް ކަޕްގައި ވާދަކޮށްފައިވަނީ 1994 ވަނަ އަހަރުއެވެ.

އެމެރިކާގައި ބޭއްވި ވޯލްޑްކަޕްގެ ދެވަނަ ބުރުގެ ޖާގައެއް ސަޢުދީން ހޯދި ފަހުން މިހާތަނަށް އެ ޓީމަށް ގްރޫޕް ސްޓޭޖް ފަހަނައަޅާ ދެވިފައެއް ނުވެއެވެ. އެހެންކަމުން މިފަހަރު އެމެރިކާއާއި ކެނެޑާގެ އިތުރުން މެކްސިކޯގައި ބާއްވާ ވޯލްޑްކަޕްގައި ވާދަކުރަނީ އެކަން ބަދަލުކުރުމުގެ އަޒުމުގައެވެ.

2022 ވަނަ އަހަރު ޤަތަރުގައި ބޭއްވި ފީފާ ވޯލްޑް ކަޕުގައި މުބާރާތުގެ ޗެމްޕިއަން އާޖެންޓީނާއަށް، އެ ޓީމުގެ ފުރަތަމަ މެޗުގައި ސަޢުދީ އަރަބިއްޔާއިން ވަނީ އާޖެންޓީނާ ބަލިކޮށްފައެވެ.

HajjCop_ads
Advertisement

މިރޭ  އުރުގުއޭއާއި ދެކޮޅަށް ނިކުންނަ ސަޢުދީގެ ޓީމުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވެނީ އެ ޓީމުގެ ކެޕްޓަން ސާލެމް އަލް ދޮސާރީއެވެ. އޭގެ އިތުރުން ފްރާންސްގެ ލީގުގައި ކުޅޭ ސައުދު އަބްދުލް ހާމިދުގެ އިތުރުން 23 އަހަރުގެ މުއްސަބު އަލް ޖުވެއިރު ހިމެނެއެވެ.

އަނެއްކޮޅުން މިރޭ ސައުދީއާއި ދެކޮޅަށްކުޅޭ އުރުގުއޭ މިއީ ވޯލްޑްކަޕްގައި ޖެހިޖެހިގެން ކުޅޭ ފަނަރަވަނަ ފަހަރެވެ. މީގެ ކުރިން ދެ ފަހަރު މަތިން ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން އުރުގުއޭ ވަނީ ހޯދާފައެވެ.

ފަހަކަށް އައިސް ހޯދިފައިވާ އެންމެ ރަނގަޅު ކާމިޔާބީ އަކީ 2010 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ހަތަރުވަނަ މަގާމް ހޯދުމެވެ. 2018 ވަނަ އަހަރުގެ ކުއާޓަރ ފައިނަލަށް ދިޔަ ނަމަވެސް 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖުން އުރުގުއޭ ވަނީ ކަޓާފައެވެ.

އުރުގުއޭ އިން އެންމެ ފަހުން ކުޅުނު ފަސް މެޗަށް ބަލާއިރު އެ ޓީމު މޮޅުވެފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހު އުޒްބެކިސްތާނާ ދެކޮޅަށް ކުޅުނު މެޗުންނެވެ. އޭގެ ފަހުން މެކްސިކޯ އާއި ދެކޮޅަށް ކުޅުނު މެޗާއި އިންގްލެންޑްގެ އިތުރުން އަލްޖީރިޔާއާ ދެކޮޅަށް ކުޅުނު މެޗުތައް ވަނީ އެއްވަރުވެފަ އެވެ. ނަމަވެސް އެމެރިކާ އަތުން 5-1 ގެ ނަތީޖާއަކުން ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހު ބަލިވެފައެވެ.

އުރުގުއޭ ޓީމުގައި ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ރެއާލް މެޑްރިޑާއެކު ކުލަބު ފެންވަރުގެ އެތައް ކާމިޔާބީއެއް ހޯދާފައިވާ ވަލްވާޑޭއާއި ސަޢުދީގެ އަލް ހިލާލަށް ކުޅެމުންދާ ޑާވިން ނޫނޭޒް, މެންޗެސްޓަރ ސިޓީގެ މެނުއެލް އުގާޓޭ, ބާސެލޯނާގެ ރޮނަލްޑް އަރައުހޯއާއި މެންޗެސްޓަރ ޔުނައިޓެޑްގ މެނުއެލް އުގާޓޭއެވެ.

އުރުގުއޭއާއި ސައުދި ވާދަކުރާ މެޗު އޮންނަނީ ރާއްޖެ ގަޑިން މިރޭ 03:00ގައެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
HajjCop_ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

172882787cb5b5fc4723e9a8ed737981

ފީފާގެ ވިޔަފާރި ކުންފުންޏަށް އިންވެސްޓްކުރަނީ ޓްރަމްގެ އާއިލާ ކުންފުންޏަކުން!

QQE6U73G7VLQFAQV6RS5CL324U

އިންފަންޓީނޯގެ ޕްލޭނަށް ތާޢީދުކުރާ ކޮންމެ ޤައުމަކަށް 40 މިލިޔަން ޑޮލަރު ދެނީ!

Screenshot 2026 07 23 at 20.05.52

ފީފާގެ ޑްރީމް ޓީމުގައި އެމްބާޕޭ، މެސީ، ރޮޑްރީ، އަދި ކާބޯވޭޑޭގެ ކީޕަރު

Big Fn04qOjhen80FLFzcPBtigO6Q

އާޖެންޓީނާއަށް ނުގޮސް މެސީ އެމެރިކާގައި