ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕީއެންސީ ދާއިރާތަކުގެ އިންތިޚާބު ޖުލައި 11ގައި

Big CCAfUaIpz3vt6ieSCJyX2MrDI
STO_Ads
Maldivian_Ads
TTH_Ads
Advertisement

ޕީއެންސީގެ ދާއިރާތަކުގެ އިންތިހާބު، އަންނަ ޖުލައިމަހުގެ 11 ވަނަ ދުވަހު ދުވަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ.

މިއަދުޕީއެންސީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޗެއަރޕަރސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޕީއެންސީގެ ދާއިރާތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ޖޫން 15 ވަނަ ދުވަހުގެ ނިޔަލަށް ޕާޓީގައި ދެމިތިބި މެމްބަރުންނަށްކަމަށެވެ. އަދި ޕާޓީގެ ދާއިރާތަކަށް މީހުން ހޮވުމަށް ބާއްވާ އިންތިޚާބުގައި ވޯޓުލެވޭނީވެސް ޖޫން 15އާ ހަމައަށް އެ ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށްކަމަށް އޭނާ ވިދާޅުވިއެވެ.

ޕީއެންސީގެ ދާއިރާތަކުގެ އިންތިޚާބުގައި، އިންތިޚާބުކުރާނީ ދާއިރާ ރައީސާއި ދާއިރާގެ ނައިބު ރައީސާއި އަންހެނުންގެ ހަރަކާތުގެ ރައީސާ އާއި ޒުވާނުންގެ ހަރަކާތުގެ ރައީސާ އަދި ސްޓިއަރިން ކޮމިޓީގެ ރައީސްއެވެ. އެ އިންތިޚާބަށް ކުރިމަތިލެވޭނީ އެކަމަށްޓަކާ އެކުލަވާލާފައިވާ ޚާއްސަ ޕޯޓަލްއަކުންނެވެ.

HajjCop_ads
Advertisement

އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޕީއެންސީގެ ދާއިރާތަކަށް ވާދަކުރުމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކަށް އެކަމަށް އެދި ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ، އަންނަ ސެޕްޓެމްބަރު މަހުގެ 15 އިން 18 އަށް އެ ޕާޓީގެ މަތީ މަޖިލީސް ބާއްވަން ހަމަޖެހިފައި ވާތީ، އޭގެ ކުރިން ޕީއެންސީގެ ދާއިރާތަކުގެ އިންތިޚާބު ބާއްވަން ޖެހޭ ކަމަށެވެ.

ޕީއެންސީގެ ހިންގާ ޤަވާއިދު އޮތްގޮތުން ޕީއެންސީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެފައި ތިއްބެވި މެމްބަރުންނަކީ އެ ދާއިރާތަކުގެ ރައީސުންކަމަށް ވަނީ ކަނޑައަޅާފައެވެ. އެހެންކަމުން، އެ ޕާޓީގެ ދާއިރާތަކުގެ ރައީސުން އިންތިހާބުކުރާނީ އެ ޕާޓީގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގައި ނެތް ދާއިރާތަކުގައި އެކަންޏެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC 2347 (2)

ޕީއެންސީގެ ސިޔާސަތަކީ އަބަދުވެސް “ފުރަތަމަ ޤައުމު” އިސްކުރުން ކަމަށް ރައީސް ވިދާޅުވެއްޖެ

abdulraheem

ކާމިޔާބީ ގުޅިފައިވަނީ އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކު ކުރާ މަސައްކަތުގެ މައްްޗަށްކަމަށް: އަބްދުއްރަޙީމް

muiz

އެންމެ ފުރަތަމަ ޤައުމު ނޫން ގޮތެއް ނެތް، އެހެންވީމަ އޮތީ ޕީއެންސީއާއެކު ކުރިއަށް ދިއުން: ރައީސް

Download 2026 09 18T155550.812 1536x1024

ޕީއެންސީގެ އިސް މަގާމުތަކަށް އިންތިޚާބުވި ބޭފުޅުން ހުވާކުރައްވައިފި