ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިހާރު ރާއްޖޭގެ ކޮންމެ ތަނެއްގައި އިންތިހާބެއް ބޭއްވިޔަސް އަޅުގަނޑުމެން ކާމިޔާބުކުރާނަން: ސަލީމް

TTH_Ads
STO_Ads
Maldivian_Ads
Advertisement

މިހާރު ރާއްޖޭގެ ކޮންމެ ތަނެއްގައި އިންތިހާބެއް ބޭއްވިޔަސް އަޅުގަނޑުމެން ކާމިޔާބުކުރާނަން ކަމަށާއި ކުރިއަށް އޮތް ތަނުގައި ބާއްވާ ހުރިހާ ބައި-އިލެކްޝަނެއް ކާމިޔާބުކޮށް، 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު ފަސޭހަކަމާއެކު ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އިން ކާމިޔާބުކުރާނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމު ވިދާޅުވެއްޖެއެވެ.

އިއްޔެ ކުރިއަށްގެންދިޔަ އިންތިހާބަކީ މީދޫ ކައުންސިލުގެ ރައީސް އިންތިހާބުކުރުމަށް އޭޕްރީލު ހަތަރުވަނަ ދުވަހު ނެގި ވޯޓުގައި ޖެހުނު މައްސަލަތަކަކާ ގުޅިގެން ހައިކޯޓުން ނިންމި ނިންމުމަކާއެކު އެ އިންތިހާބުގައި ވާދަކުރެއްވި ދެ ކެންޑިޑޭޓުންނަަށް ލިބިވަޑައިގަތް ވޯޓު އެއްވަރުވުމާ ގުޅިގެން ބޭއްވި އިތުރުބުރުގެ އިންތިހާބެވެ.

އެ އިންތިހާބުގެ ދާއިމީ ނަތީޖާ މިއަދު އިއުލާނުކޮށްފައިވާއިރު 54.09 އިންސައްތައިގެ އަޣުލަބިއްޔަތުން މީދޫ ކައުންސިލުގެ ރައީސްކަން ކާމިޔާބުކުރެއްްވީ ޕީއެންސީގެ ކެންޑިޑޭޓު ސުހާ އިބްރާހީމެވެ. އެއާއެކު އެ ރަށު ކައުންސިލުގެ ތިން ގޮނޑިވެސް އެ ޕާޓީއަށް ކާމިޔާބުވެފައިވެއެވެ.

HajjCop_ads
Advertisement

އެ ކާމިޔާބީ އިހުތިފާލުކުރުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސްގެ ދެކަނބަލުން މީދޫއަށް ވަޑައިގެންނެވި ވަގުތު އެރަށުގައި ހުންނަވައިގެން އެމްއެމްޓީވީއަށް ދެއްވި ބަސްދީގަތުމުގައި ސަލީމު ވިދާޅުވީ މީދޫން ޕީއެންސީއަށް ލިބުނު ކާމިޔާބަކީ ވަރަށް މުހިއްމު ކާމިޔާބެއް ކަމަށެވެ.

އަދި އޭޕްރީލު މަހުގައި ބޭއްވި ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމީޓިތަކުގެ އިންތިހާބުގައި ޕީއެންސީން އެންމެ އެދޭ ނަތީޖާ ނުނެރެވުނީ ހުރިހާ ދާއިރާއަކަށް ކެމްޕެއިންކުރަމުންދިޔައިރު، ގާނޫނުއަސާސީއަށް ގެނައި އިސްލާހަކާމެދު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަށް ކެމްޕެއިން ކުރަންޖެހުމުން އެންމެ އެކަށީގެންވާ ގޮތަށް ސަމާލުކަންދީގެން މަސައްކަތްނުކުރެވުމުގެ ސަބަބުން ކަމަށެވެ. އަދި އެ ނަތީޖާއަކީ ރައީސަށާއި ޕީއެންސީއަށް ތާއީދު ނެތްކަމަށް ދަލީލުކުރާ ނަތީޖާއެއް ނޫންކަމަށް ސިޔާސީ މައިދާނުގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވާ ތަޖުރިބާކާރު ލީޑަރު ވިދާޅުވިއެވެ.

“ލޯކަލް ކައުންސިލު އިންތިހާބުގައި އަޅުގަނޑުމެން ހުރިހާ ދާއިރާއެއްގައި މަސައްކަތްކުރިއިރުގައި ފެންނަ ނުފެންނަ ވޯޓުގައި، މިދެއެއްޗާއެކު މަސައްކަތްކުރުމުގެ ނަތީޖާއަކީ ކޮންމެެވެސް މިންވަރެއްގެ އުނިކަން އައުން. އެހެންނޫންނަމަ 80 ޕަސެންޓް ނަގާނެ. މިހާރު ރާއްޖޭގެ ކޮންމެ ތަނެއްގައި އިންތިހާބެއް ބޭއްވިޔަސް އަޅުގަނޑުމެން ކާމިޔާބުކުރާނަން،” ސަލީމު

އިތުރަށް ސަލީމު ވިދާޅުވީ ކުރިއަށް އޮތް ހުރިހާ ބައި-އިލެކްޝަނެއްގަައިވެސް ޕީއެންސީން ކާމިޔާބު ހޯދާނެ ކަމަށެވެ. އަދި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެ ޕާޓީން ތައްޔާރުވެ އެ އިންތިހާބުވެސް ތަފާތު ބޮޑުކޮށް ކާމިޔާބުކުރާނެ ކަމަށެވެ. އަދި ކޯލިޝަނަކާ ނުލައި އިންތިހާބު ކާމިޔާބުކުރެއްވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމުގައިވެސް ސަލީމު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިއަދު ހަވީރު މީދޫއަށް ވަޑައިގަތުމުން އެ ރަށުގެ ގިނަ ބަޔަކު އެ ދެކަނބަލުންނަށް ހޫނު މަރުހަބާއެއް ދަންނަވާފައިވެއެވެ. އަދި ޕީއެންސީއަށް އެ ރަށުން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މިރޭ ހާއްސަަ ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. ރައީސްގެ ދެކަނބަލުން މިޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC 2347 (2)

ޕީއެންސީގެ ސިޔާސަތަކީ އަބަދުވެސް “ފުރަތަމަ ޤައުމު” އިސްކުރުން ކަމަށް ރައީސް ވިދާޅުވެއްޖެ

abdulraheem

ކާމިޔާބީ ގުޅިފައިވަނީ އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކު ކުރާ މަސައްކަތުގެ މައްްޗަށްކަމަށް: އަބްދުއްރަޙީމް

muiz

އެންމެ ފުރަތަމަ ޤައުމު ނޫން ގޮތެއް ނެތް، އެހެންވީމަ އޮތީ ޕީއެންސީއާއެކު ކުރިއަށް ދިއުން: ރައީސް

Download 2026 09 18T155550.812 1536x1024

ޕީއެންސީގެ އިސް މަގާމުތަކަށް އިންތިޚާބުވި ބޭފުޅުން ހުވާކުރައްވައިފި