ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްއެންޔޫ ވެލްނަސް ސެންޓަރު ހިންގައިދޭނެ ބަޔަކު ހޯދަނީ

MNU Maldives National University
TTH_Ads
STO_Ads
Advertisement

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ވެލްނަސް ސެންޓަރު ކުއްޔަށް ހިފައިގެން ހިންގައިދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފިއެވެ.

މި ސެންޓަރަކީ ދަރިވަރުންނާއި މުވައްޒަފުންގެ އިތުރުން އާންމުންނަށް ބޭނުންވާ ނަފްސާނީ ދުޅަހެޔޮކަމާއި ކައުންސެލިންގ އަދި ނަފްސާނީ އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޤާއިމުކޮށްފައިވާ މަރުކަޒެކެވެ. މީގެ އިތުރުން، މިއީ ދަރިވަރުންނަށް ބޭނުންވާ ޢަމަލީ ތަމްރީނާއި އިންޓާންޝިޕްގެ ފުރުޞަތުތައް ފަހިކޮށްދޭ ތަނެއްވެސް މެއެވެ.

އެމްއެންޔޫއިން ބުނިގޮތުގައި، ސެންޓަރު ހިންގާ ފަރާތުން ދޭ ޚިދުމަތްތަކަކީ ދަރިވަރުންނާއި މުވައްޒަފުންނަށް ފަސޭހައިން ލިބޭނެ އަގުހެޔޮ އަދި ފެންވަރު ރަނގަޅު ޚިދުމަތްތަކަކަށް ވާންޖެހޭނެއެވެ.

HajjCop_ads
MMA_Ads
Advertisement

ސެންޓަރުން ދޭނެ މައިގަނޑު ޚިދުމަތްތައް:

  • ވަކިވަކި ފަރުދުންނަށާއި ގްރޫޕްތަކަށް ދޭ ކައުންސެލިންގ، ސައިކޯތެރަޕީ އަދި ނަފްސާނީ އެސެސްމަންޓްތައް ހެދުން.

  • އާއިލާތަކަށާއި ޒުވާނުންނަށް ޚާއްސަ ކައުންސެލިންގ ދިނުން.

  • ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކުރުމާއި، ސްޓްރެސް މެނޭޖްމަންޓް ޕްރޮގްރާމްތަކާއި ވޯކްޝޮޕްތައް ހިންގުން.

މި ސެންޓަރު ހިންގާ ފަރާތުން ކޮންމެ ސެމެސްޓަރެއްގައި މަދުވެގެން 10 ދަރިވަރުންނަށް އަމަލީ ތަމްރީނުގެ ފުރުސަތު ދޭންޖެހެއެވެ. އަދި ސެންޓަރަށް މުވައްޒަފުން ނަގާއިރު، ޝަރުތު ހަމަވާ އެމްއެންޔޫގެ ދަރިވަރުންނާއި ދަސްވެނިންނަށް އިސްކަންދޭންޖެހޭނެ ކަމަށްވެސް އިއުލާނުގައިވެއެވެ.

މުހިންމު ތާރީޚުތައް:

  • ޕްރީ ބިޑް މީޓިންގ: 14 ޖޫން 2026 ވާ އާދިއްތަ ދުވަހުގެ 10:00 ގައި، އެމްއެންޔޫގެ ފެކަލްޓީ އޮފް ހެލްތް ސައިންސަސްގައެވެ.

  • ބީލަން ހުށަހެޅުން: 29 ޖޫން 2026 ވާ ހޯމަ ދުވަހުގެ 10:00 ގައި، އެމްއެންޔޫގެ އިދާރީ މަރުކަޒުގައެވެ.

MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HKdNL01XEAARJ3Y

ޤައުމީ ޔުނިވަރސިޓީގެ މަލްޓިޕާޕަސް އިމާރާތުގެ ބިިންގާ އަޅައިފި

IMG

ޤައުމީ ޔުނިވަރސިޓީގެ އެގްރިކަލްޗަރ ފެކަލްޓީގެ ޑީންގެ މަޤާމަށް ޝަބާއު

އެމްއެންޔޫ ވަޒީފާގެ ބާޒާރުގައި ބައިވެރިވުމުގެ މުއްދަތު 14 މޭ އަށް އިތުރުކޮށްފި

Photo 2026 04 29 16 29

ޤައުމީ ޔުނިވާސިޓީން އަންނަނީ އިލްމީ އައު އުސްމިންތަކަށް ވާސިލުވަމުން: ޑރ. ޝަހީމް