ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާލޭގެ މަގުތައް ސާފުކޮށް ބޭއްވުމަށް ރައްޔިތުންގެ އެއްބާރުލުމަށް ސިޓީ ކައުންސިލުން އެދިއްޖެ

Sstv FORM FOR EC
TTH_Ads
MPL_Ads
STO_Ads
Advertisement

މާލޭ ސިޓީގެ މަގުތަކަކީ ސާފުތާހިރު އަދި ހިތްފަސޭހަ ތަންތަނުގެ ގޮތުގައި ބޭއްވުމަށް ޓަކައި ހުރިހައި ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

މަގުމައްޗަށް ކުނި އެޅުމުގެ މައްސަލަ ހައްލުކުރުމަށް ޓަކައި، މާލެ ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުން ދަނީ އާންމުކޮށް ކުނި ބަހައްޓާ ސަރަހައްދުތައް ދެނެގަނެ، އެ ތަންތަން ފާހަގަކުރަމުންނެވެ. މަގުތަކުގައި ކުނި ބެހެއްޓުމުގެ ސަބަބުން މަގުން ހިނގާބިނގާވެ އުޅޭ މީހުންނަށާއި ދުއްވާ ތަކެއްޗަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހެއެވެ. މީގެ އިތުރުން، މަގުތަކުގައި ހުންނަ ކާނުތަކަށް ކުނި އެޅި ކާނުތައް ބެދުމަކީ ރައްޔިތުންނަށް ދިމާވާ ވަރަށް ބޮޑު އުނދަގުލެއްގެ ގޮތުގައި ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

މާލެ ސަރަހައްދުގައި ކުނި އުކާލުމަށް ޚާއްޞަ ތަނެއް ގާއިމްކޮށްފައިވާއިރު، އާންމު ތަންތަނަށް ކުނި އެޅުމަކީ މަނާ ކަމެކެވެ. މިކަން ހުއްޓުވުމުގެ ގޮތުން، މަގުތަކަށް ކުނި އަޅާ ފަރާތްތައް ހޯދައި، އެ ފަރާތްތައް ޖޫރިމަނާ ކުރުމުގެ މަސައްކަތް ކައުންސިލުން މިހާރު ވެސް ދަނީ ކުރަމުންނެވެ. މިއީ ތިމާވެއްޓާއި، އާންމު ޞިއްޙަތު ރައްކާތެރިކުރުމަށް ޓަކައި އަޅަމުންދާ މުހިންމު ފިޔަވަޅެއް ކަމަށް ކައުންސިލުން ބުނެއެވެ.

HajjCop_ads
MPL_Ads
Advertisement

މަގުތަކަށް ކުނިއަޅާ މީހުންގެ ތެރޭގައި ބިދޭސީން ގިނަ އަދަދަކަށް ހިމެނޭކަން ކައުންސިލަށް ވަނީ ފާހަގަކުރެވިފައެވެ. އެހެންކަމުން ގޭގޭގައި މެއިޑުންގެ ގޮތުގައި މަސައްކަތްކުރާ ބިދޭސީންނާއި އަދި ކުންފުނިތަކުގައި މަސައްކަތްކުރާ ބިދޭސީންނަށް ވެސް، މި ނާތަހުޒީބު ޢަމަލު ހުއްޓާލުމަށް ބާރު އަޅައިދިނުމަށް މާލެ ސިޓީ ކައުންސިލުން ވަނީ އެދިފައެވެ. މާލެ ސިޓީ ކައުންސިލްގެ އަމާޒަކީ މާލޭގެ ކޮންމެ މަގެއް ވެސް، ހިތްފަސޭހަ ކަމާއެކު ބޭނުންކުރެވޭނެ މަގަކަށް ހެދުމެވެ. މި މަޤްޞަދު ޙާޞިލްކުރުމަށް ޓަކައި، ކުނި މެނޭޖުކުރުމުގައި ހުރިހައި ފަރާތްތަކަކުން ވެސް ޒިންމާދާރުވުމަށް އެ ކައުންސިލުން ގޮވާލައެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
HajjCop_ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މ މޫސާ ރަޝީދު
Bidhey seen ulhen jehey

ގުޅުންހުރި

Io

މާލޭގައި އަލަތު ކައިވެނީގެ ވަލީމާއަށް ހިލޭ ޖާގަ ދޫކުރަން ސިޓީ ކައުންސިލުން ނިންމައިފި

Igmh

ވިލިމާލެއިން 37.7 ޓަނުގެ ކުނި ނަގައި، ސާފުކުރުމުގެ ބޮޑު ހަރަކާތެއް ކުރިއަށް ގެންގޮސްފި

Io

މާވެޔޮމަގުގައި ފްރިޖެއް ބެހެއްޓި މީހަކު ހޯދަނީ

Igmh

މާލެ ސިޓީގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް “އާބަން މޮބިލިޓީ ސާވޭ” ފަށައިފި