ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އީރާނުން ދިން ހަމަލާތަކުން ޒަޔަނިސްޓުންނާއި އެމީހުންގެ ސަޕޯޓަރުން ފިލާވަޅު ލިބިގަންނަންޖެހޭ: އީރާނު އަސްކަރިއްޔާ

އީރާނުން އިސްތިއުމާރީ އިސްރާއީލަށް މިއަދު ދިން މިސައިލް ހަމަލާއެއް
TTH_Ads
STO_Ads
Maldivian_Ads
Advertisement

އީރާނުން އިސްރާއީލަށް ދިން ހަމަލާތަކުން ޒަޔަނިސްޓުންނާއި، ޒަޔަނިސްޓުންގެ ސަޕޯޓަރުން ފިލާވަޅު ލިބިގަންނަން ޖެހޭ ކަމަށް އީރާނު އަސްކަރިއްޔާއިން ބުނެފިއެވެ.

އީރާނު އަސްކަރިއްޔާއިން މިހެން ބުނެފައިވަނީ، އިސްތިއުމާރީ އިސްރާއީލަށް ދޭންފެށި ހަމަލާތައް ހުއްޓާލިކަން އިއުލާން ކުރަމުންނެވެ.

އީރާނު އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އީރާނުން އިސްރާއީލަށް ދިން ހަމަލާތަކަކީ ރައްދު ހަމަލާތަކެއް ކަމަށާއި، އެއީ ޒަޔަނިސްޓުންނާއި އެމީހުންގެ ބައިވެރިން ފިލާވަޅު ލިބިގަންނަންޖެހޭ ކަމެއް ކަމަށެވެ.

HajjCop_ads
Advertisement

ހަމަ އެއާއެކު އީރާނު އަސްކަރިއްޔާއިން ފެށި އޮޕަރޭޝަން، ރޭވިފައިވާގޮތަށް މިވަގުތަށް ހުޓާލިކަން އިއުލާންކުރާ ކަމަށް ބުނެފައި ވެއެވެ.

އެހެން ނަމަވެސް، ލުބުނާނުގެ ދެކުނަށް އަލުން ހަލާތައްދީ އުދުވާނު ފަށައިފިނަމަ ކުރިއަށްވުރެ މާ ހަރުކަށި އަދި ދުޝްމަނުން ފުނޑުފުނޑުކޮށްލާފަދަ ހަމަލާތަކެއް އީރާނުން ދޭނޭ ކަމަށް، އަސްކަރިއްޔާގެ ބަޔާނުގައި އިންޒާރު ކޮށްފައި ވެއެވެ.

އީރާނާއި އިސްރާއީލާ ދެމެދު ރޭ ފަތިހުން ފެށިގެންވަނީ ވަރުގަދަ ހަމަލާތަކެއް ބަދަލުކޮށްފައެވެ.

އީރާނުން އިސްރާއީލުގެ އުތުރުގައި ހުންނަ އިސްތިއުމާރީ ސިފައިންގެ ބޭސްތަކަށް މިސައިލް ހަމަލާތައް ދިނުމުން އިސްތިއުމާރީ ސިފައިންވަނީ އީރާނުގެ ވެރިރަށް ތެހެރާނާއި، ތަބްރީޒާއި، ކަރާޖާއި، އިސްފަހާނަށް ބޮންއަޅާފައެވެ.

އީރާނުންވެސް ފަހުންވަނީ އިސްތިއުމާރީ އިސްރާއީލުގެ އެތައް ތަނަކަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފައެވެ.

އީރާނުން އިސްރާއީލަށް މިސައިލް ހަމަލާތައް ދޭންފެށީ، ހަމަލާތައް ހުއްޓާލުމަށް އީރާނާއި އެމެރިކާއާ ދެމެދު ވެފައިވާ އެއްބަސްވުމާ ޚިލާފްވެ އިސްތިއުމާރީ ސިފައިން ލުބުނާނަށް ބޮންއަޅަމުންދިއުމާއި، ވެރިރަށް ބެއިރޫތަށްވެސް ހަމަލާދިނުމާ ގުޅިގެން އެކަމުގެ ރައްދުގައެވެ.

އިސްތިއުމާރީ ދައުލަތުގެ އޮފިޝަލުން މިހާރު ބުނަމުންދަނީ އިސްރާއީލުންވެސް އީރާނަށް ހަމަލާދިނުން މިހާރު ހުއްޓާލާފައިވާ ކަމަށާއި، ހަމަލާތައް ހުއްޓާލީ އެމެރިކާގެ ރައީސް ޓްރަމްޕް އެދިގެން ކަމަށެވެ.

އަދި ހިޒްބުﷲއިން އިސްރާއީލުގެ އަވަށްތަކަށް ހަމަލާ ދީފިނަމަ އިސްރާއީލުން ބެއިރޫތަށް ހަމަލާ ދޭނޭ ކަމަށްވެސް އިންޒާރު ކޮށްފައި ވެއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމެރިކާ ރައްޔިތުން ސައުދީ އަރަބިއްޔާއަށް ދަތުރުކުރާނަމަ އަލުން ވިސްނުމަށް އެމެރިކާއިން އަންގައިފި

އީރާނުން ގަލްފްގެ ގައުމުތަކާ ބައްދަލުކުރިޔަސް ފަރުވާލެއް ނެތް: އެމެރިކާގެ ރައީސް

ވިޔަފާރި އުޅަނދަށް އެމެރިކާއިން ދިން ހަމަލާ އީރާނުން ވަރަށް ބޮޑަށް ކުށްވެރިކޮށްފި، ހަމަލާގައި އެކަކު މަރުވި

އެމެރިކާއިން ސަރަހައްދީ ފުލުހެއްގެ ދައުރު އަދާކުރާކަށް ނުޖެހޭ: އީރާނުގެ ރައީސް