ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މެރިއަޓް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ 3 ވަނަ ބުރުން 40 ކުދިން ދަސްވެނިވެއްޖެ

TTH_Ads
MPL_Ads
STO_Ads
Advertisement

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމާ ގުޅިގެން ކުރިއަށްގެންދިޔަ “މެރިއަޓް އިންޓަރނޭޝަނަލް މޯލްޑިވްސް އެޕްރެންޓިސްޝިޕް ޕްރޮގްރާމް” ގެ ތިންވަނަ ބުރުން 40 ކުދިން ދަސްވެނިވެއްޖެ އެވެ.

ޝެރަޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް އެންޑް ސްޕާގައި ބޭއްވި މި ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނާ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް އެވެ.

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން އިސްނަގައިގެން، ވަޒީފާދޭ ފަރާތްތަކާ ގުޅިގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ހިންގާ މަޝްރޫއެކެވެ. މީގެ ބޭނުމަކީ ދިވެހި ޒުވާނުންނަށް އަމަލީ ހުނަރާއި، ދާއިރާގެ ތަޖުރިބާގެ އިތުރުން ގައުމީ ފެންވަރުގައި ބަލައިގަންނަ ސަނަދުތައް ހޯދައިދިނުމެވެ. މެރިއަޓްގެ މި ޕްރޮގްރާމްގެ ތެރެއިން ބައިވެރިން ވަނީ ފަތުރުވެރިކަމުގެ ދާއިރާގެ މުހިންމު ބައިތަކަކުން ތަމްރީނު ހާސިލްކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

HajjCop_ads
MPL_Ads
Advertisement

ކޮމާޝަލް ކުކަރީ (ކައްކަން ދަސްކޮށްދިނުން)
ފުޑް އެންޑް ބެވަރޭޖް ސާވިސަސް
ފްރަންޓް އޮފީސް ސާވިސަސް
ހައުސްކީޕިން
ލޯންޑްރީ އޮޕަރޭޝަންސް
އިލެކްޓްރިކަލް އިންސްޓަލޭޝަން އެންޑް މެއިންޓެނަންސް
މި ޕްރޮގްރާމްގެ މިހާތަނަށް ބޭއްވުނު ތިން ބުރުން ޖުމްލަ 114 ކުދިން ވަނީ ތަމްރީނު ފުރިހަމަކޮށް ދަސްވެނިވެފަ އެވެ. މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ކޮމިޝަނާ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް ވަނީ ދަސްވެނިވީ ހުރިހާ ކުދިންނަށް މަރުޙަބާ ވިދާޅުވެ، ޒުވާނުންނަށް ފުރުސަތުތައް ހޯދައިދިނުމުގައި ހުނަރު ތަރައްގީކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެޕްރެންޓިސްޝިޕް ޕްރޮގްރާމްތަކަކީ އަމަލީ ތަޖުރިބާ އާއި ދާއިރާއަށް ބޭނުންވާ ގާބިލުކަން ފޯރުކޮށްދީ، ޒުވާނުން ވަޒީފާގެ މާހައުލަށް ތައްޔާރުކޮށްދޭ މުހިންމު ވަސީލަތެކެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ޒުވާނުންގެ ތަރައްގީއަށާއި ހުނަރު އިތުރުކުރުމަށް ސަރުކާރުން ދެއްވާ އަހަންމިއްޔައްކަން ކޮމިޝަނާ ފާހަގަކުރެއްވި އެވެ.

މި ޕްރޮގްރާމްގެ ކާމިޔާބީ އެންމެ ބޮޑަށް ހާމަވަނީ ކުރީގެ ބުރުތަކުން ދަސްވެނިވި ކުދިންނަށް ވަޒީފާ ލިބިފައިވާ މިންވަރުން ނެވެ. އެގޮތުން ފުރަތަމަ ދެ ބުރުން ދަސްވެނިވި 74 ކުދިންގެ ތެރެއިން 71 ކުދިންނަށް މިހާރު ވަނީ ރާއްޖޭގައި ހުރި މެރިއަޓްގެ އެކި ރިސޯޓްތަކުން ދާއިމީ ވަޒީފާ ކަށަވަރުވެފަ އެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
HajjCop_ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

darivarun

ދަރިވަރުން ފުރަތަމަ ޓާމްގެ ޗުއްޓީއަށް

މަތީ އަރުތަވެރިންގެ އިނާމު 2025: ފަސްވަނަ ދަންފަޅި ރައީސް ޝަރަފުވެރިކޮށްދެއްވައިފި

education minister

ވޯލްޑްކަޕް ފެށިފަހުން ސްކޫލަށް ނުދާ ކުދިންގެ އަދަދު 8000 އިން މައްޗަށް

މުޅިން އަލަށް ހަތަރު ސުކޫލެއްގައި މަތީ ސާނަވީ ފަށައިފި