ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނައިބު ރައީސް ވަކިކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގު: ރައީސް

raees Muiz
STO_Ads
TTH_Ads
Maldivian_Ads
Advertisement

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް މަގާމުން ވަކިކުރަން އުޅޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް “ބުހުތާނު ދޮގު” ތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

“ސިޔާސީ ގޮތުން ޑެސްޕަރޭޓްވެގެން ފަތުރާ ގޮސިޕް”
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ، ނައިބު ރައީސް ވަކިކުރާ ވާހަކައަކީ ހަމައެކަނި “ގޮސިޕް” އެއް ކަމަށާއި، މިއީ ސިޔާސީ ގޮތުން މީހުން މާ ބޮޑަށް “ޑެސްޕަރޭޓް” ވެގެން ކުރާ ކަންކަން ކަމަށެވެ. އަދި އެއްވެސް ލަދުވެތިކަމެއް ނެތި މިފަދަ ހަގީގަތާ ހިލާފު ވާހަކަތައް ފަތުރަމުންދިއުމަކީ ރާއްޖޭގެ ސިޔާސީ މައިދާން ގޮސްފައިވާ ދަށު ދަރަޖަ ހާމަކޮށްދޭ ކަމެއް ކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ.

“އެހެންވީމާ ދޮގުގެ ވެސް، ބުހުތާނު ދޮގަށް ވުރެ ވެސް އެހެން ލެވެލް އެއް، އެހެން ނަމެއް ކިޔަން ޖެހިއްޖެ މިއަށް. ބުހުތާނު ދޮގު، އަޅުގަނޑު ހީކުރަނީ އެންމެ މައްޗަށް ހުންނަނީ. އެއަށް ވުރެ ވެސް މައްޗަށް މި ދިޔައީ،” – ރައީސް މުއިއްޒު

HajjCop_ads
Advertisement

ރާއްޖޭގައި މިވަގުތު ޒިންމާދާރު އިދިކޮޅު ފަރާތްތަކެއް ނެތްކަން ފާހަގަކުރައްވައި، ގައުމުގެ މަތީ މަގާމުތައް އަދާކޮށްފައި ތިއްބެވި ބޭފުޅުން މިފަދަ ދޮގު ވާހަކަތައް ދައްކަވާތީ ހިތާމަކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރަން ނިންމުމާ ގުޅިގެން ސިންގަޕޫރުގައި އޭނާއާ ބައްދަލުކުރެއްވި ކަމަށް ބުނެ ދެކެވޭ ވާހަކަތައްވެސް ރައީސް ވަނީ ދޮގު ކުރައްވައިފައެވެ. ރައީސް ވިދާޅުވީ ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަކީ އާއިލާއާ އެކު ޗުއްޓީ ހޭދަކުރެއްވުމަށް މާ ކުރިއްސުރެ ރާއްވަވާފައި އޮތް ދަތުރެއް ކަމަށާއި، އެ ދަތުރުފުޅުގައި އެއްވެސް ސިޔާސީ މަޝްވަރާއެއް ނުވަތަ ބައްދަލުވުމެއް ބާއްވާފައި ނުވާނެ ކަމަށެވެ.

މި ދަތުރުފުޅަކީ އާއިލީ ދަތުރެއްކަން ސިންގަޕޫރުގައި ހުންނަވާ ރާއްޖޭގެ ސަފީރާއި ހައިކޮޝަނުގެ މުވައްޒަފުންނަށް އެނގިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ، ރައީސް ވަނީ އެފަދަ ދަށު ދަރަޖައިގެ އަމަލުތައް ހުއްޓާލުމަށް އިދިކޮޅު ފަރާތްތަކަށް ގޮވާލައްވާފައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Sembe naib raees

ރާއްޖޭގެ ތަރައްގީގައި ޗައިނާގެ އެހީތެރިކަމަށް ނައިބު ރައީސް ޝުކުރުއަދާކުރައްވައިފި

naib raees

އދގެ ސަލާމަތީ މަޖިލިސް މިހާރަށްވުރެ ފުޅާކުރަންޖެހޭ: ނައިބު ރައީސް

naib raees

ޤުރްއާން ތިލާވަތުކުރުމާއި އެ ފޮތުގެ މަތިވެރި ޢިލްމު އުނގެނުމުގައި ދެމިތިއްބަވާ: ނައިބު ރައީސް

naaib raees

ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް ބަދަލު ގެނައީ ވިޔަފާރިތަކާއި ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރުމަށް: ނައިބު ރައީސް